އޮލިމްޕިކް ގޭމްސް ކުރިއަށްދާ ޖަޕާނަށް ތޫފާނެއް އަރައިފި

ޖަޕާނަށް އަރާފައިވަނީ ތޫފާން ނެޕަރްތަކް.-- ފޮޓޯ: އޭއެފްޕީ

ޖަޕާނަށް އަރާފައިވަނީ ތޫފާން ނެޕަރްތަކް.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (ޖުލައި 28) - މިހާރު ފަށައިގެން ކުރިއަށްދާ އޮލިމްޕިކް ގޭމްސް އޮންނަ ޖަޕާނުގެ އުތުރަށް ތޫފާން ނެޕަރްތަކް އަރައިފި އެވެ.

އެ ތޫފާނު އެރީ ޖަޕާނު ގަޑިން ހެނދުނު 06:00 ގައި މިޔާގީ ސަރަހައްދަށެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ އެމެޖެންސީ ހިޔާތައް ގާއިމްކޮށްފަ އެވެ.

ޖަޕާން މިޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ އިވާޓޭ ޕްރީފެކްޗާގެ މޮރިއޮކާ ސިޓީގެ ދެކުނުން ތޫފާން ދަތުރު ކުރަމުން ދަނީ ގަޑިއަކު 90 ކިލޯމީޓަރުގެ ގަދަ ވަޔާ އެކު ކަމަށެވެ.

ތޫފާން ދަތުރު ކުރަމުންދާ ސަރަހައްދުގައި ހިމެނޭ މިޔާގީގައި ބުދަ ދުވަހު އޮލިމްޕިކް ގޭމްސްގެ ބައެއް ފުޓްބޯޅަ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވެ އެވެ.

ތޫފާނުގެ ސަބަބުން މެޗުތަކަށް އަސަރު ނުކުރާނެ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ. އެ މެޗުތަކަކީ މި ފަހަރުގެ ގޭމްސްގައި ސަޕޯޓަރުންނަށް ވަނުމުގެ ހުއްދަ ލިބޭ މަދު އިވެންޓުތަކުގެ ތެރޭގައި ހިމެނޭ މެޗުތަކެކެވެ.

ބޯކޮށް ވާރޭ ވެހެމުން ދާތީ އިވާޓޭގައި ހިމެނޭ ބައެއް އަވަށްތަކުން ވަނީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފާނެ ކަމަށް ބަލައި އިންޒާރު ނެރިފަ އެވެ.

އޭގެ އިތުރުން ބައެއް ރޭލު ދަތުރުތައް ވެސް ސަސްޕެންޑު ކުރި އެވެ. ނަމަވެސް ބުލެޓް ރޭލުގެ އެއްވެސް ދަތުރަކަށް އަސަރުކޮށްފައެއް ނުވެ އެވެ.

ޖަޕާނުގެ ހުޅަނގު އުތުރަށް ދަތުރު ކުރާ ވަރަކަށް ތޫފާނުގެ ބާރު ކުޑަވަމުން ދާނެ ކަމަށް ބެލެވެ އެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ޖަޕާނު ކަނޑަށް ތޫފާނު ފައިބާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

އަންގާރަ ދުވަހު މޫސުން ގޯސްވުމުގެ ސަބަބުން އޮލިމްޕިކް ގޭމްސްގެ ބައެއް އިވެންޓުތަކަށް އަސަރުކޮށްފައި ވެ އެވެ. އެގޮތުން ޖަޕާނުގެ އިރުމަތީ އައްސޭރިފަށަށް ގަދަ ވަޔާ އެކު ވާރޭ ވެހުމުން އަންހެނުންގެ ޓްރައިއެތްލޯން އިވެންޓަށް ގޮންޖެހުންތަކާ ދިމާވި އެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ރޯވިންގް އަދި އާޗެރީގެ ބައެއް އިވެންޓުތައް ރީޝެޑިއުލް ކޮށްފަ އެވެ. އޭގެ އިތުރުން މިހާރު އުފެދިފައިވާ ކަނޑުގެ ރާޅުތަކުގެ ފައިދާ ހިފުމުގެ ގޮތުން ސާފިން އިވެންޓުތައް ވަނީ ކުރިޔަށް ޖައްސާލާފަ އެވެ.

ޖަޕާނަށް ކޮންމެ އަހަރަކު ވެސް ތޫފާން މޫސުމާ ދިމާވަނީ މޭ މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށެވެ. އެ މުއްދަތުގައި އެންމެ ބާރުގަދަ ތޫފާނުތައް އަރަނީ އޯގަސްޓް އަދި ސެޕްޓެމްބަރުގަ އެވެ.

ދެހާށް ނަވާރަ ވަނަ އަހަރު ޖަޕާނުގައި ރަގްބީ ވޯލްޑް ކަޕް ބާއްވަމުން ދިޔައިރު އެރި ތޫފާން ހަގިބިސްގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox