ޕޮގްބާ ގެނައުމާ ދެކޮޅަށް ޕީއެސްޖީ ސަޕޯޓަރުން އަޑުުއުފުލަނީ

Jul 26, 2021, 8:49 AM
ޕޮގްބާ ގެނައުމާ ދެކޮޅަށް ޕީއެސްޖީ ސަޕޯޓަރުން އަޑުުއުފުލަނީ

ޕެރިސް (ޖުލައި 26) - މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މި ފަހަރުގެ ޓްރާންސްފާގައި ޕީއެސްޖީ އަށް ގެންނަން މަސައްކަތް ކުރަމުން އަންނަ އަޑުތައް ގަދަވެފައި ވަނިކޮށް އެކަމާ ދެކޮޅަށް ޕީއެސްޖީގެ ސަޕޯޓަރުން ކެނޑިނޭޅި އަޑުއުފުލަން ފަށައިފި އެވެ.

އުމުރުން 28 އަހަރުގެ ޕޮގްބާ މި ފަހަރުގެ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާތަކުން ރިޕޯޓްކުރަން ފެށުމާ އެކު ޕީއެސްޖީ ސަޕޯޓަރުން އަންނަނީ ޕެރިހުގެ އެކި ސަރަހައްދުތަކުގައި އަންނަނީ ޕޮގްބާގެ ޓްރާންސްފާއާ ދެކޮޅު ބެނާތަކެއް ހަރުކުރަމުންނެވެ.

ގިނަ ބެނާތަކުގައި ޖަހާފައިވާ ލިޔުންތަކުގައި ހިމެނެނީ ދާދި އެއް ވާހަކައެކެވެ. އެއީ ޕޮގްބާގެ މަންމަ އެދެނީ ޕޮގްބާ ޕީއެސްޖީ އަށް ނުކުޅެން ކަމަށާއި ޕީއެސްޖީ ސަޕޯޓަރުން ވެސް ބޭނުންވަނީ އެ ގޮތް ކަމަށެވެ. އަދި ޕީއެސްޖީ އަށް ލޯތްބެއް ނެތް ފްރާންސްގެ ކުޅުންތެރިއަކު އެެ ޓީމަށް ކުޅެން ސަޕޯޓަރުން ނޭދޭ ކަމަށް ބެނާތަކުގައި ލިޔެފައިވެ އެވެ.

ޕޮގްބާއާ މެދުގައި ޕީއެސްޖީ ސަޕޯޓަރުން ނުރުހުންވާ އެންމެ ބޮޑު ސަބަބަކީ 2018 ވަނަ އަހަރު އޭނާ ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ކެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނެފައިވަނީ ޕީއެސްޖީ އަށް އޭނާ ދުވަހަކު ވެސް ނުކުޅޭނެ ކަމަށާއި އޭގެ ސަބަބެއް ވެސް އެބައޮތް ކަމަށެވެ.

"ޕީއެސްޖީ އަށް ކުޅުމުގެ ޝައުގުވެރިކަމެއް ނެތް. އަހަރެންގެ މަންމަ އާއި ބައްޕަ އަކީ މާސޭގެ ސަޕޯޓަރުން. އެހެންވެ ޕީއެސްޖީއެއް އަހަރެންގެ ޕްލޭންތަަކަށް ފިޓެއް ނުވޭ،" ޕޮގްބާ ބުނެފައިވެ އެވެ.

ޕީއެސްޖީގެ ސަޕޯޓަރުން ވަނީ މި އިންޓަވިއުއާ ހެދި ޕޮގްބާ ފްރާންސް ގައުމީ ޓީމަށް ކުޅުނު ބައެއް މެޗުތަކުގައި ވެސް އަޑުއުފުލައިފަ އެވެ. އެކަން ހިނގަން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑުން ޕީއެސްޖީ ދަނޑުގައި މޮޅުވާ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާގައި ޕީއެސްޖީއާ ދެކޮޅަށް ޕޮގްބާ ފާޅުކުރާ ޝުއޫރުތަކުގެ ސަބަބުންނެވެ.

ޕޮގްބާ ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ. އަންނަ ޖެނުއަރީ މަހުގެ ކުރިން ޔުނައިޓެޑާ އެކު ޕޮގްބާ އާ އެއްބަސްވުމެއްގައި ސޮއިނުކުރާނަމަ އެ މަހުން ފެށިގެން އޭނާ ބޭނުން ކޮންމެ ކްލަބަކާ މަޝްވަރާކޮށް ހިލޭ ޓްރާންސްފާއެއްގައި ސީޒަން ނިންމާފައި އެ ޓީމަކާ ގުޅެން ޕްރީ އެގްރީމެންޓެއް ހެދޭނެ އެވެ.

ޔުނައިޓެޑުން ޕޮގްބާ ލައްވައި އާ އެގްރީމެންޓެއްގައި ސޮއިކުރުވަން މަސައްކަތް ކުރަމުން އަންނައިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާ ދޫކޮށްލާނެ ކަމަށް ބެލެވެނީ މަދުވެގެން 55 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް އައިސްފިނަމަ އެވެ. އެކަމަކު، ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަކި ފީ އަކަށް ޑިމާންޓްކުރާތީ ޕޮގްބާގެ ޓްރާންސްފާ މި ފަހަރު ހިނގުމުގެ ފުރުސަތު ކުޑަކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން ޕޮގްބާގެ ސޮއި ހޯދީ 2016 ވަނަ އަހަރު ޔުވެންޓަސް އަށް 116 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެއީ އޭރަށް ބަލާނަމަ ދުނިޔޭގެ ރެކޯޑް ފީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox