އުމުރުން 13 އަހަރުގައި އޮލިމްޕިކްސް އިން ރަން މެޑަލެއް!

Jul 26, 2021, 8:24 AM
ސްޓްރީޓް ސްކޭޓްބޯޑިން އިވެންޓުން ރަން މެޑަލް ހޯދި ޖަޕާނުގެ މޮމީޖީ.-- ފޮޓޯ: އޭއެފްޕީ

ސްޓްރީޓް ސްކޭޓްބޯޑިން އިވެންޓުން ރަން މެޑަލް ހޯދި ޖަޕާނުގެ މޮމީޖީ.-- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ޖުލައި 26) - އޮލިމްޕިކްސް އިން މި ފަހަރު އަލަށް ހިމެނި އިވެންޓެއް ކަމަށްވާ ސްޓްރީޓް ސްކޭޓްބޯޑިންގެ އަންހެން ބައިން ރަން މެޑަލް ހޯދައި ޖަޕާނުގެ އުމުރުން 13 އަހަރުގެ މޮމީޖީ ނިޝީޔާ ތާރީހީ ކާމިޔާބީއެއް ހާސިލްކޮށްފި އެވެ.

މޮމީޖީ އަކީ އޮލިމްޕިކްސްގެ ދިގު ތާރީހުގައި އިވެންޓަކުން ރަން މެޑަލް ހޯދި ދެ ވަނަ އަށް އެންމެ ހަގު އެތުލީޓެވެ. އޭނާ ރަން މެޑަލް ހޯދިއިރު އުމުރަކީ 13 އަހަރާއި 330 ދުވަހެވެ. އެންމެ ޅަ އުމުރުގައި އޮލިމްޕިކްގެ ރަން މެޑަލް ހޯދީ 1936 ވަނަ އަހަރު ބާލިންގައި ބޭއްވި އޮލިމްޕިކްސްގެ ސްޕްރިންގްބޯޑު އިވެންޓުން ރަން މެޑަލް ހާސިލްކުރި މާޖޯރީ ގެސްޓްރިން އެވެ. ރަން މެޑަލް ހޯދިިއިރު، އޭނާގެ އުމުރަކީ 13 އަހަރާއި 267 ދުވަހެވެ.

ވިމެންސް ސްޓްރީޓް ސްކޭޓްބޯޑިން އަކީ މި ފަހަރުގެ އޮލިމްޕިކްސްގައި އަލަށް ފެށި އިވެންޓެކެވެ. މި އިވެންޓްގެ ގަދަ ތިނެއްގައި ވެސް ހިމެނެނީ އެވްރެޖް އުމުރު 14 އަހަރުގެ އެތުލީޓުންނެވެ. މިއީ އޮލިމްޕިކްގެ ދިގު ތާރީހުގައި ވެސް އިވެންޓެއްގެ ގަދަ ތިނެއްގެ އެންމެ ހަގު އެވްރެޖް އުމުރެވެ.

ތިން ވަނަ ހޯދި ޖަޕާނުގެ ފޫނާ (ކ)، އެއް ވަނަ ހޯދި މޮމީޖީ (މ) އަދި ދެ ވަަނަ އަށް ދިޔަ ބްރެޒިލްގެ ރޭއިސާ މެޑަލް ކަރުގައި އަޅުވައިގެން ޕޯޑިއަމްގައި.-- ފޮޓޯ: އޭއެފްޕީ

އިވެންޓުގެ ދެ ވަނަ އަށް ދިޔައީ އުމުރުން 13 އަހަރުގެ ބްރެޒިލް އެތުލީޓް ރޭއިސާ ލީލް އެވެ. ލީލް އެއް ވަނަ އަށް ދިޔަ ނަމަ އޭނާ ވެގެންދާނީ އޮލިމްޕިކްސް އިވެންޓަކުން ރަން މެޑަލް ހޯދި އެންމެ ޒުވާން އެތުލީޓަށެވެ. އެކަމަކު ރިހި މެޑަލް އިން ފުއްދާލަން ޖެހުނީ އެެވެ. އެ އިވެންޓުގެ ތިން ވަނަ ހާސިލްކުރީ އުމުރުން 16 އަހަރުގެ ޖަޕާނުގެ ފޫނާ ނަކަޔާމާ އެވެ.

ފިރިހެނުންގެ ސްޓްރީޓް ސްކޭޓްބޯޑިން އިވެންޓުން ރަން މެޑަލް ހޯދީ ވެސް ޖަޕާނުގެ އެތުލީޓެކެވެ. އެއީ ޔޫޓޯ ހޮރިގޯމޭ އެވެ. ސްޓްރީޓް ސްކޭޓްބޯޑިންގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ވެސް ގިނައިން ވާދަކޮށްފައިވަނީ ޒުވާން އެތުލީޓުންނެވެ.

ސްޓްރީޓް ސްކޭޓްބޯޑިންގެ އިތުރުން މި ފަހަރުގެ އޮލިމްޕިކްސް އަށް އާ ހަަތަރު އިވެންޓެއް ވަނީ އިތުރުކޮށްފަ އެވެ. ދެން ހިމެނެނީ ސޮފްޓްބޯލް، ކަރާޓޭ، ސްޕޯޓްސް ކްލައިމްބިން އަދި ސާފިން އެވެ. މީގެ އިން ކޮންމެ އިވެންޓެއްގައި ވެސް ގިނަ އަދަދެއްގެ އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. އެންމެ ބޮޑު ސަބަބަކީ މީގެ އިން ކޮންމެ އިވެންޓެއް ވެސް ކާމިޔާބުކުރެވޭ އެތުލީޓަކަށް ތާރީހީ ކާމިޔާބެއް ހާސިލްކުރެވޭނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox