ރައްޓެއްސެއްގެ ލެންސުން; ލ. ކުނަހަންދޫގެ ބޮޑު އީދު ދަތުރު

ރައްޓެއްސެއްގެ ލެންސުން; ލ. ކުނަހަންދޫގެ ބޮޑު އީދު ދަތުރު

ބޮޑު އީދު ޗުއްޓީ އަށް މާލެއިން ބޭރަށް ނުދެވި ވައި ވެފައި ހުންނަން ޖެހުމުން މި ފަހަރުގެ އީދު އުފާ ހޯދީ ޗުއްޓީ ގައި އެކި ތަންތަނަށް ގޮސް މަޖާ ނަގާފައި ރައްޓެހިން ސޯޝަލް މީޑިއާ ސްޓޯރީ ތަކަށް ލީ ފޮޓޯ ތަކުންނެވެ. ދިގު ޕެންޑެމިކްގެ މެދުން ލިބުނު އެއްވެ އުޅުމުގެ ލުއި ތަކާއެކު މިފަހަރު ގިނަ ރަށްރަށުގައި އެ ރަށެއްގެ ފެންވަރުން ބޮޑު އީދުގެ ހަރަކާތްތައް ބޭއްވި އެވެ. އީދު ފާހަގަކުރި އެވެ.

މި ހިމަނާލަނީ ބޮޑު އީދު ބަންދާއި ދިމާކޮށް ލ. ކުނަހަންދޫގެ ހިތްގައިމުކަމުގައި ޗުއްޓީ ހޭދަކުރި ރައްޓެއްސެއްގެ ކެމެރާ އިން ދަތުރުގެ އެންމެ ހިތްގައިމު މަންޒަރުތައް ކުލަކޮށެވެ.

ކުނަހަންދޫގެ ބަނދަރު މަތި:  ކުނަހަންދޫ އަކީ ލ އަތޮޅުގެ އެންމެ މީސް މަދު، ރީތި ރަށްތަކުގެ ތެރެެއިން އެއް ރަށް
ކުނަހަންދޫގެ ބަނދަރު މަތި: ކުނަހަންދޫ އަކީ ލ އަތޮޅުގެ އެންމެ މީސް މަދު، ރީތި ރަށްތަކުގެ ތެރެެއިން އެއް ރަށް

ކުނަހަންދޫގެ ބަނދަރު މަތި: ކުނަހަންދޫ އަކީ ލ އަތޮޅުގެ އެންމެ މީސް މަދު، ރީތި ރަށްތަކުގެ ތެރެެއިން އެއް ރަށް

Advertisement

އާބާދީގައި 900 އެއް ހާ މީހުން ދިރިއުޅޭ ކުނަހަންދޫ އަކީ އާންމުކޮށް ކުލަ ގަދަކޮށް އީދު ފާހަގަކުރާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ.

މީހަކު ގެއެއްގެ ގޯތިތެރޭގައި ކުނިކަހަނީ:  އާދައިގެ މަތިން ބޮޑު އީދަށް ތައްޔާރުވުމާއި ކާއެއްޗެހި ހެދުން އީދަށް ދުވަސްކޮޅެއް އޮއްވައި ކުނަހަންދޫގައި ފަށާ
މީހަކު ގެއެއްގެ ގޯތިތެރޭގައި ކުނިކަހަނީ: އާދައިގެ މަތިން ބޮޑު އީދަށް ތައްޔާރުވުމާއި ކާއެއްޗެހި ހެދުން އީދަށް ދުވަސްކޮޅެއް އޮއްވައި ކުނަހަންދޫގައި ފަށާ

މީހަކު ގެއެއްގެ ގޯތިތެރޭގައި ކުނިކަހަނީ: އާދައިގެ މަތިން ބޮޑު އީދަށް ތައްޔާރުވުމާއި ކާއެއްޗެހި ހެދުން އީދަށް ދުވަސްކޮޅެއް އޮއްވައި ކުނަހަންދޫގައި ފަށާ

އީދު އަންނަން ވާއިރަށް ތަފާތު ވައްތަރުގެ ކާއެއްޗެހި ތައްޔާރުކުރުމަކީ އާދަކާދައިގެ ތެރޭގައި ޒަމާނުއްސުރެ ރަށުގައި ކުރާ ކަމެކެވެ. އީދު ކާއެއްޗެހީގެ ތެރޭގައި ކުދި ގުޅައާއި އެކި ވައްތަރުގެ ފޮނި ކާއެއްޗެހި ގިނައިން ތައްޔާރުކުރެ އެވެ.

މި ހުރިހާ އެއްޗެއް ރައްޓެހިންނަށް ބެހުމާއި ކެއުން އޮންނާނީ އީދު ތެރޭގަ އެވެ.

އީދު ނަމާދުން ފައިބައިގެން އައިސް އެންމެން އެކުގައި އީދުގެ ސައިގައި ބައިވެރިވެލުމަކީ ރަށުގައި އަދިވެސް އޮންނަ ރީތި ސަގާފަތެކެވެ.

އީދު ހީނާފަތް އަޅައިގެން އަންހެންކުދިންތަކެއް
އީދު ހީނާފަތް އަޅައިގެން އަންހެންކުދިންތަކެއް

އީދު ހީނާފަތް އަޅައިގެން އަންހެންކުދިންތަކެއް

އީދު ހީނާފަތް އެޅުމަކީ މިއަދާ ހަމައަށް ވެސް ރަށްރަށުގައި ކޮށްއުޅޭ ކަމެކެވެ. އީދު ހީނާފަތް އަޅައި އުޅެނީ އާންމުކޮށް ހައްޖުދުވަހުގެ ރޭ ނުވަތަ އީދު ވިލޭރޭގަ އެވެ. ހީނާފަތް އަޅާނަމަ ހައްޖު ދުވަހު ހީނާފަތް ފުނޑައި ފަތް ހޯދައި ތައްޔާރުކުރާނެ އެވެ.

ކުޑަކުއްޖަކު ފަންވަތް ދުންމާރިއެއް ގފުމެނީ: އީދު ކުޅިވަރު ފެށޭ ވަގުތަކީ ރަށުތެރެއަށް އާދަޔާ ހިލާފު ދިރުމެއް އަންނަ ވަގުތެއް
ކުޑަކުއްޖަކު ފަންވަތް ދުންމާރިއެއް ގފުމެނީ: އީދު ކުޅިވަރު ފެށޭ ވަގުތަކީ ރަށުތެރެއަށް އާދަޔާ ހިލާފު ދިރުމެއް އަންނަ ވަގުތެއް

ކުޑަކުއްޖަކު ފަންވަތް ދުންމާރިއެއް ގފުމެނީ: އީދު ކުޅިވަރު ފެށޭ ވަގުތަކީ ރަށުތެރެއަށް އާދަޔާ ހިލާފު ދިރުމެއް އަންނަ ވަގުތެއް

އީދު ދުވަހުގެ އީދު ނަމާދުން ފައިބައިގެން ފުރަތަމަ އިދު ހަރަކާތަކަށް އޮންނާނީ އީދު ކޯޑި ހެދުމެވެ. ކޯޑި ހަދައި ނިމިގެން ހަވީރު ވުމުން ރަށު ތެރޭގައި ކޯޑި ދުއްވާނެ އެވެ. ކޯޑި ދުއްވައި ނިމުމަށްފަހު އިޝާ ނިމިގެން ކޯޑި އުލަށް ޖަހާނެ އެވެ. އެއާ އެކު ދެން އޮންނާނީ ކޯޑި ކެނޑުމުގެ ފޯރި އެވެ.

ކުނަހަންދޫގެ ބޮޑު އީދު ކޯޑި
ކުނަހަންދޫގެ ބޮޑު އީދު ކޯޑި

ކުނަހަންދޫގެ ބޮޑު އީދު ކޯޑި

އީދުގެ ދެ ވަނަ ދުވަހު އޮންނަ އެންމެ މަޖާ އެއް ހަރަކާތަކީ އީދު ކެނޑި މީހުން ހޯދައިގެން ގޮސް އެމީހުން މޫދަށް ލުމާއި އެމީހުންގެ ގައިގައި ކުރަހައިގެން އެމީހުން މާއްޔަށް ހެދުމެވެ.

ކުނަހަންދޫގެ އީދު ފޯރީގެ ތެރެއަށް މި ފަހުން ތައާރަފްވި އެންމެ ފޯރިގަދަ އެއް ހަރަކާތަކީ ރަށުގެ އަންހެންވެރިންގެ ޕެރޭޑެވެ. މި ޕެރޭޑު ވެސް މި ފަހަރު އީދުގައި އެރަށުގައި ބޭއްވި އެވެ. އަންހެން ވެރިންގެ ޕެރޭޑުގައި ހުރިހާ ކުޅިވަރުތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވާނީ އަންހެނުންނެވެ. ބެރުޖަހައި، ލަވަކިޔައި، ނަށާނީ ވެސް އެވެރިންނެވެ.

މި ހުރިހައި ފޯރިއަކާ އެކު ކުނަހަންދޫގެ މި ދަތުރެއްގެ އެންމެ ސަޅި ހައިލައިޓް އަކީ އެރަށުގެ ވަޅާތެރެ އެވެ. ކުނަހަންދޫ ވަޅާތެރެ އަކީ މޫދުން ރަށު ތެރެއަށް 700 އެއްހައި މީޓަރަށް ދެމިފައި އޮންނަ ފެންގަނޑެކެވެ. މިތަނުގައި ކެނޯ ދުއްވުމާއި ޑިންގީ ދުއްވުމަކީ ރަށަށް ދަތުރު ދާ މީހުންގެ އެންމެ ފޭވަރިޓް އެއް ކަންތަކެވެ.

ކުނަހަންދޫ ވަޅާތެރެ: މިއީ މޫދުން ރަށުތެރެއަށް 700 އެއްހައި މީޓަރަށް ދެމިފައި އޮންނަ ފެންގަނޑެއް. މިތަނުގައި ކެނޫ ދުއްވުމާއި ޑިންގީ ދުއްވުމަކީ ރަށަށް ދަތުރު ދާ މީހުންގެ އެންމެ ފޭވަރިޓް އެއް ކަންތައް
ކުނަހަންދޫ ވަޅާތެރެ: މިއީ މޫދުން ރަށުތެރެއަށް 700 އެއްހައި މީޓަރަށް ދެމިފައި އޮންނަ ފެންގަނޑެއް. މިތަނުގައި ކެނޫ ދުއްވުމާއި ޑިންގީ ދުއްވުމަކީ ރަށަށް ދަތުރު ދާ މީހުންގެ އެންމެ ފޭވަރިޓް އެއް ކަންތައް

ކުނަހަންދޫ ވަޅާތެރެ: މިއީ މޫދުން ރަށުތެރެއަށް 700 އެއްހައި މީޓަރަށް ދެމިފައި އޮންނަ ފެންގަނޑެއް.

ފޮޓޯ: އައިމިނަތު އަމީނާ (އަނާ)

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox