ނަޝީދު އަވަހާރަކޮށްލަން ރާވަން ފެށީ 2019 ގައި، ތިން ފަހަރެއް މަތިން ބޮން ގޮއްވާލަން އުޅުނު: ފުލުހުން

މިރޭގެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މިރޭގެ ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން, ހަރުކަށި ފިކުރުގެ މީހުން 2019 ވަނަ އަހަރުން ފެށިގެން ރާވަމުން އައި ކަމަށާއި އަދި ތިން ފަހަރެއްގެ މަތިން ހަމަލާ ދިނުމަށް މަސައްކަތް ކުރި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ހަމަލާ ދިން މީހުން ގަބޫލު ކުރާ ކުރުންތަކެއްގެ މައްޗަށް ނަޝީދުގެ އަވަހާރަކޮށްލަން ނިންމައި އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން އައީ ވަމުން ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހަމަލާ ދިނުމުގެ ގޮތުން އަމަލީ މަސައްކަތް ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހައެއް މޭ ގައި ދެވުނު ހަމަލާއަކީ މިގޮތުން ހަމަލާ ދޭން އުޅުނު ތިން ވަނަ ފަހަރު،" ސީޕީ ވިދާޅުވި އެވެ.

ހަމަލާގެ ރޭވުންތައް ފެށުނު ގޮތުގެ ތަފްސީލް ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި މޭ 6 ގައި ހަމަލާދިނުމަށް ބޭނުން ކުރި ސައިކަލް ގަނެފައިވަނީ 2019 ވަނަ އަހަރުގައި ކަމަށެވެ. ކުރިން ނަޝީދު ދިރިއުޅުއްވަމުން ގެންދެވި މ. ޔާގޫތުގޭގެ ކައިރި ބޮން ހަރުކޮށް ސައިކަލް ބަހައްޓައިގެން ވެސް ގޮއްވާލަން މަސައްކަތް ކުރި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މިގޮތުން ހަތަރު ދުވަހެއްގެ މަތިން އެތަނުގައި ސައިކަލް ބަހައްޓައިގެން އައިޑީ ހަރުކޮށްފައި ބަހައްޓައިގެން ސައިކަލް ގޮއްވާލުމަށްޓަކައި އެ މީހުން މަސައްކަތް ކޮށްފައިވާކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ،" އޭނާ ވިދާޅުވި އެވެ.

އެފަހަރު ވެސް މަސައްކަތް ކޮށްފައިވަނީ ޖާނުންފިދާވެގެން ވެސް ހަމަލާ ދޭން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެތަނުގައި ބަހައްޓައިގެން ހަމަލާދޭން ދަތިވުމުން އެ ސަރަހައްދުން ސައިކަލް ނަގައި އައިއީޑީވެސް ނެގި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ދެ ވަނަ ފަހަރަށް ހަމަލާ ދޭން މަސައްކަތް ކުރީ ނަޝީދު ކަސްރަތަށް ނުކުންނަވާ ގަޑީގައި މޭރީބުރައުން ރެސްޓޯރެންޓް ކައިރި އޮންނަ ސައިކަލް ޒޯންގައި ސައިކަލް ބަހައްޓައި ބޮން ގޮއްވާލައިގެން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މިކަމަށްޓަކައި އެމީހުން ބައެއް މަޝްވަރާކޮށް އެތަން ބެލުމަށް ފަހު އެ މީހުން ބެލިބެލުމުން ފާހަގަ ކުރެވުނު ކަންތައްތަކަށް ބަލާފައި އެ ތަނުގައި އެންމެ އެކަށީގެންވާގޮތަށް އެކަން ނުކުރެވިދާނެ ކަމަށް ފެނިގެން އެ ހަމަލާ އެތަނުގައި ކުރިއަށް ނުގެންދާގޮތަށް ނިންމީ،" ރިޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދެވި ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ސައިކަލް ބަހައްޓައިގެން ގޮއްވާލި ބޮން ތައްޔާރު ކުރުމުގެ މަޝްވަރާތައް ފެށީ މާޗް މަހުގެ ތެރޭގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"މިކަމަށްޓަކައި މި މީހުން މިގަތް ސައިކަލް 2021 ވަނަ އަހަރުގެ މާޗް މަހުގެ މެދުތެރޭގައި ހުޅުމާލޭގައި ހުރި ގަރާޖަކުން ސާވިސްކޮށް ތައްޔާރުކުރިކަން ވެސް އަޅުގަނޑުމެންނަށް ތަހުގީގަށް ހޯދިފައިވޭ،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަންކަން ކުރުމަށް ފައިސާ ދައުރު ކުރިގޮތް ވެސް ތަހުގީގަށް ވަނީ ހޯދިފަ އެވެ.

ރިޔާޒު ވިދާޅުވިގޮތުގައި ހަމަލާ ދިނުމަށް ސައިކަލްގައި ބޮން ހަރުކުރުމުގެ މަސައްކަތް ކުރީ، ހަމަލާ ދިނުމުގެ ތިން ދުވަސް ކުރިން މޭ 3 ގައި ކަމަށާއި، އެކަމާ ގުޅޭ ހެކި ލިބިފައިވާ ކަމަށާއި ސައިކަލްގައި ބޮން ހަރުކުރީ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އަލީ ހައިޝަމްކަން ރިޔާޒު ވިދާޅުވި އެވެ.

ހަމަލާއާ ގުޅޭކަންކަން ރޭވުމަށް މޭ ހަތަރު ވަނަ ދުވަހު ސެލްގެ ބައިވެރިން ބައްދަލުކޮށް ބްރީފިން ދީފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ނަޝީދުގެ ލޭ ހުއްދަވެއްޖެ ކަމަށް ކަނޑައަޅައި ބޮމެއް ގޮއްވާލިއިރު, ޖާނުންފިދާވުމުގެ ހަމަލާއަކުން ވެސް އެމަނިކުފާނު އަވަހާރަކޮށްލަން ހަރުކަށި ފިކުރުގެ މީހުން ތިބީ ތައްޔާރަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް 11 ރޭޒާ ފުއް ވަދެފައިވޭ
ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް 11 ރޭޒާ ފުއް ވަދެފައިވޭ

ހަމަލާގައި ނަޝީދުގެ ހަށިކޮޅަށް 11 ރޭޒާ ފުއް ވަދެފައިވޭ

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox