އިޒްރޭލުން ޒީރޯ ކާބަން އަމާޒަށް

ވައި ތަގައްޔަރުވުމުގެ މައްސަލަ އިޒްރޭލަށް ވަނީ ކުރިމަތިވެފައި.-- ފޮޓޯ: ފްލޭޝް90

ވައި ތަގައްޔަރުވުމުގެ މައްސަލަ އިޒްރޭލަށް ވަނީ ކުރިމަތިވެފައި.-- ފޮޓޯ: ފްލޭޝް90

ގުދުސް (ޖުލައި 24) - ދެހާސް ފަންސާސް ވަނަ އަހަރު އައުމުގެ ކުރިން އިޒްރޭލުން ބޭރު ކުރާ ކާބަންގެ މިންވަރު 85 ޕަސެންޓު މަދު ކުރަން ކަނޑައަޅައިފި އެވެ.

ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އާއި ގިނަ މިނިސްޓަރުން ތާއީދު ކުރައްވާ އެ ނިންމުމާ ގުޅޭ ގޮތުން ޕާލިމެންޓުގައި އާދީއްތަ ދުވަހު ވޯޓަކަށް އަހާނެ އެވެ.

"އިޒްރޭލު ސަރުކާރުން ބޭނުން ވަނީ 2050 ވަނަ އަހަރުގެ ކުރިން އިޒްރޭލަކީ ލޯ ކާބަން އިގްތިސާދަކަށް ހަދަން،" އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ޕެރިސް އެގްރީމެންޓުގައިވާ ކަންކަމަށް ބަލައި އަދި މޫސުމީ ބަދަލު ކުޑަ ކުރަން އިޒްރޭލުގެ ދައުރު އަދާ ކުރުމުގެ ގޮތުން 2050 ގެ ކުރިން ޒީރޯ ކާބަން އަމާޒަށް ވާސިލްވާން ބޭނުންވޭ."

ބެނެޓްގެ އިތުރުން ތިމާވެށީގެ މިނިސްޓަރާއި، ފޮރިން މިނިސްޓަރު އަދި މާލީ ކަންކަމާއި، ހަކަތަ އަދި ދަތުރުފަތުރާއި އިގްތިސާދު އަދި ދާހިލީ މިނިސްޓަރު ވެސް އެ ނިންމުމަށް ތާއީދު ކުރައްވަ އެވެ.

އެ ނިންމުމުގެ ދަށުން 2015 ވަނަ އަހަރު ކާބަން ބޭރު ކުރަމުން ދިޔަ މިންވަރާ އަޅާ ބަލާއިރު، 2050 ވަނަ އަހަރާ ހަމައަށް ދާން ވާ އިރަށް މަދުވެގެން 85 ޕަސެންޓު ކުޑަ ކުރަން ޖެހެ އެވެ.

"ކާބަން ބޭރު ކުރުން މަދު ކުރަން ގައުމީ ލަނޑުދަނޑިއެއް އިޒްރޭލުން މީގެ ކުރިން ދުވަހަކު ވެސް ކަނޑައަޅާފައެއް ނުވޭ. މިއީ ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގައުމަކާއި އިގްތިސާދެއް ބިނާކުރެވޭނެ ސްޓްރެޓެޖީއެއް އިޒްލޭރުން އިއުލާނު ކުރި ފުރަތަމަ ފަހަރު،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އިޒްރޭލުން މީގެ ކުރިން ވަނީ 2015 ވަނަ އަހަރު ގާއިމްކުރި ޕެރިސް އެގްރީމެންޓުގައި ސޮއިކޮށް، 2030 އާ ހަމައަށް ކާބަން ބޭރު ކުރާ މިންވަރު އިތުރުވިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް އެއްބަސްވެފަ އެވެ.

ދެހާސް ފަންސާސް ވަނަ އަހަރުގެ ކުރިން ހާސިލްކުރަން ކަނޑައެޅި ޓާގެޓުތަކުގެ ދަށުން ދަތުރުފަތުރުގެ ދާއިރާއިން ގްރީންހައުސް ގޭސް ބޭރު ކުރުން 96 ޕަސެންޓު، ކަރަންޓާ ގުޅޭ ދާއިރާއިން 85 ޕަސެންޓު އަދި ކުންޏާ ގުޅޭ ދާއިރާއިން 92 ޕަސެންޓު ކުޑަ ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox