ކޭން ދޫކޮށްލަން ޓޮޓެންހަމް އިން ތައްޔާރުވަނީ؟

Jul 23, 2021, 4:53 AM
ކޭން ދޫކޮށްލަން ޓޮޓެންހަމް އިން ތައްޔާރުވަނީ؟

ލަންޑަން (ޖުލައި 23) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ހެރީ ކޭން މެންޗެސްޓާ ސިޓީ އަށް ވިއްކާލަން ޓޮޓެންހަމް ހޮޓްސްޕާސް އިން ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ކޭން ވަނީ ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު، ޓޮޓެންހަމް އޭރު އޮތީ ކޭން ވިއްކާލާ ގޮތަކަށް ނޫނެވެ.

ސްކައިސްޕޯޓްސް އިން ރިޕޯޓްކުރި ގޮތުގައި ސިޓީން ވަނީ މިދިޔަ މަހު ކޭން ގަންނަން 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ ކުޅުންތެރިންތަކެއް ވެސް ހިމެނޭ ގޮތަށް ހުށަހެޅި ޑީލެކެވެ. ޓޮޓެންހަމް އިން އެ ގޮތަށް އެއްބަސްނުވުމުން ކޭންގެ ޓްރާންސްފާ ވާހަކަތައް ދާދި ފަހަކާ ޖެހެންދެން އޮތީ މަޑުޖެހިފަ އެވެ.

އެކަމަކު މިދިޔަ ހަފްތާގައި ބޭއްވި މަޝްވަރާތަކުގައި ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލިވީ ވަނީ ކޭން އެދޭ ގޮތަށް އޭނާ ދޫކޮށްލަން އަނގަބަހުން އެއްބަސްވެފައި ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު، ލިވީގެ ޝަރުތަކީ ކޭން އަށް ޓޮޓެންހަމް އިން ޑިމާންޑްކުރާ ފީ ދެވޭނެ ގޮތެއް ސިޓީން ކަނޑައެޅުމެވެ. ކޭން ދޫކޮށްލަން ޓޮޓެންހަމް އިން ކިޔާ އަގަކީ 150 މިލިއަން ޕައުންޑް (200 މިލިއަން ޑޮލަރު) އެވެ. ސިޓީން ބޭނުންނަމަ ބަހާލައިގެން ވެސް މި ފީ ދެއްކިދާނެ އެވެ.

ޓޯކްސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ސިޓީން ކޭންގެ ޓްރާންސްފާ ފީ ދަށް ކުރަން އެ ޓީމުގެ ރަހީމް ސްޓާލިން ނޫނީ ގަބްރިއެލް ޖީސޫސް ޓޮޓެންހަމަށް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

ކޭން މި ވަގުތު ޓޮޓެންހަމްގައި ހުރި ކޮންޓްރެކްޓްގައިވާ ގޮތުން ސީޒަނަކަށް އޭނާ އަށް ލިބެނީ 10 މިލިއަން ޕައުންޑެވެ. ސިޓީން ވަނީ އޭނާ އަށް ސީޒަނަކަށް 16 މިލިއަން ޕައުންޑް ދޭން ނިންމައިފަ އެވެ.

ޓޮޓެންހަމްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ ކޭން އަކީ އެ ޓީމުގެ މުހިއްމު ކުުޅުންތެރިއެއް ކަމަށާއި އޭނާގެ ޓްރާންސްފާ ވާހަކަތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެއީ ޓްރާންސްފާ ވާހަކަތަކާ ބެހޭގޮތުން ވާހަކަ ދައްކާނީ ކްލަބްގެ ވެރިން ކަމަށްވާތީ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސިޓީން ގަންނަން ޝައުގުވެރިވާ ފޯވާޑުންގެ އަގު ހުރީ އަތްނުފޯރާ ފަށުގައި ކަމަށް ބުނެފަ އެވެ. ސިޓީން މަސައްކަތް ކުރަނީ ކޭން ނުލިބިއްޖެނަމަ ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް ގަންނާށެވެ. ދެ ކުޅުންތެރިންގެ އަގު ވެސް އުޅެނީ 150 މިލިއަން ޕައުންޑްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox