ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ޗުއްޓީއަށް ސްރީލަންކާއަށް މިއަދު ވަޑައިގެންފި އެވެ.
މިއަދު ފެއްޓެވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.
ފަޒްނާގެ އާއިލާ ދިރިއުޅުއްވަނީ ލަންކާގަ އެވެ. މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންފައިވެ އެވެ.
ރައީސްގެ ދެކަނބަލުން މިދިޔަ ހަފްތާ ބަންދުގައި ވަނީ ހދ. ގެ ތިން ރަށަކަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.
އީދު ބަންދާއި މިނިވަން ދުވަހާ ދިމާވާތީ 16 ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. ދިގު ޗުއްޓީއަކަށް ފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.














