ހާލަންޑް ނުލިބިއްޖެނަމަ ޗެލްސީން ބޭނުންވަނީ ލެވަންޑޯސްކީ

Jul 20, 2021, 8:52 AM
ހާލަންޑް ނުލިބިއްޖެނަމަ ޗެލްސީން ބޭނުންވަނީ ލެވަންޑޯސްކީ

ލަންޑަން (ޖުލައި 20) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ފޯވާޑެއް ހޯދަން ކުރާ މަސައްކަތުގައި ބޮރުޝީއާ ޑޯޓްމަންޑް އާލިން ބްރައުޓް ހާލަންޑް ނުލިބިއްޖެނަމަ ބަޔާން މިއުނިކްގެ ތަރި ރޮބަޓް ލެވަންޑޯސްކީ ގެންނަން މަސައްކަތް ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ހޯދަން ޗެލްސީން ކުރާ މަސައްކަތުގައި މިހާތަނަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވެ އެވެ. ޑޯޓްމަންޑުން ހާލަންޑް ވިއްކާލަން ބޭނުމެއް ނުވެ އެވެ. އެހެންވެ، އެ ޓީމުން އަންނަނީ ހާލަންޑް ވިއްކާލަން ކިޔާ އަގު ބޮޑު ކުރަމުންނެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހާލަންޑް ގަންނަނަމަ އެ ޓީމެއް އަތުން މަދުވެގެން 170 މިލިއަން ޑޮލަރުގެ ފީއަކަށް ޑޯޓްމަންޑުން ޑިމާންޑް ކުރާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ހާލަންޑްގެ ސޮއި ހޯދާ ކްލަބެއްގެ އަތުން އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ މަދުވެގެން 20 މިލިއަން ޑޮލަރުގެ ފީއެއް ނަގަން އޮތީ ނިންމައިފަ އެވެ. އެހެންވެ، މަޝްހޫރު އެހެން ކްލަބްތަކެކޭ އެއްގޮތަށް ޗެލްސީން ވެސް ހާލަންޑްގެ ޑީލް މި ފަހަރު ކުރިއަށް ނުގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ހާލަންޑް ހޯދުމުގެ މަސައްކަތް މަޑުޖައްސާލުމަށް ފަހު ފެންވަރު ރަނގަޅު އެހެން ފޯވާޑެއް ލިބޭނެ ގޮތެއްވޭތޯ ޗެލްސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ޗެލްސީން ފާރަލާ އެއް ފޯވާޑަކީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލެވަންޑޯސްކީ އެވެ. އުމުރުން 32 އަހަރުގެ ލެވަންޑޯސްކީ މި ވަގުތު ބަޔާނުގެ ކޮންޓްރެކްޓްގައި ހުރީ 2023 ވަނަ އަހަރުގެ ނިޔަލަށެވެ.

ލަނޑު ޖެހުމުގެ ގިނަ ރެކޯޑްތަކެއް މުގުރާލަމުން އަންނަ ލެވަންޑޯސްކީ ކްލަބް ބަދަލުކުރަން ބޭނުން ނަމަ ޗެލްސީން އޮތީ އޭނާ އަށް 50 މިިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރަށެވެ. ލެވަންޑޯސްކީގެ އުމުރާއި ބަޔާނުގައި އޭނާގެ ކޮންޓްރެކްޓްގެ މުއްދަތަށް ބަލާއިރު، މިއީ އެކަށީގެންވާ އަގެއް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.

މިދިޔަ ސީޒަނުގައި ލެވަންޑޯސްކީ ވަނީ ޖަރުމަނު ލީގުގައި 49 އަހަރުވީ ރެކޯޑަކާ ހަމަކޮށްފަ އެވެ. ލީގުގެ އެއް ސީޒަނެއްގައި 40 ގޯލު ޖަަހައިގެން ކުރީގެ އެއް ވަަނަ ފޯވާޑް ގާޑް މުލާ ރެކޯޑް ހެދީ 1972 ވަނަ އަހަރު އެވެ. ލެވަންޑޯސްކީ މިދިޔަ ސީޒަނު ލީގުގައި 41 ގޯލު ޖެހީ 29 މެޗުންނެވެ. އަނިޔާގެ ސަބަބުން ލެވަންޑޯސްކީ އަށް މެޗުތަކެއް ގެއްލުނު ނަމަވެސް ބޮޑު ރެކޯޑް މުގުރާލުމުގައި އޭނާ ކާމިޔާބު ހޯދި އެވެ.

ކުޑަ އަގެއްގައި ފެންވަރު ރަނގަޅު ފޯވާޑެއް ހޯދަން ޗެލްސީން މަސައްކަތް ކުރާނަމަ ބާސެލޯނާގެ ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ލިބުމުގެ ފުރުސަތު އެބައޮތެވެ.

ބާސެލޯނާގެ ޖުމްލަ މުސާރަތައް ލަލީގާގެ ގަވާއިދަށް ފެއްތުމުގެ ގޮތުން ބޮޑު މުސާރައިގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލާން ވަނީ ނިންމައިފަ އެވެ. އެ ގޮތަށް ދޫކޮށްލާ ކުޅުންތެރިންގެ ތެރޭގައި ގްރީޒްމަން ހިމެނެ އެވެ. ޗެލްސީން ބޭނުންނަމަ ބާސެލޯނާ އަށް 25 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު ގްރީޒްމަންގެ ސޮއި ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox