އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ އަށް ސައުދީ ކޭމްޕެއް

އޭއެފްސީ ކަޕަށް މާޒިޔާ އިން ބާއްވަމުން އަންނަ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އޭއެފްސީ ކަޕަށް މާޒިޔާ އިން ބާއްވަމުން އަންނަ ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަންނަ މަހު ކުޅޭ އޭއެފްސީ ކަޕްގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަަ ކުރާގޮތަށް ހަމަޖެހިއްޖެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ އެފްއޭއެމުން ކުރެވުނު މަޝްވަރާތަކަށް ފަހު ސައުދީ އަރަބިއްޔާ އިން ދޭ ފުރުސަތެއްގައި މާޒިޔާ އިން ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މާޒިޔާ ޓްރެއިނިން ކޭމްޕަށް ފުރާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ރާއްޖެ އެނބުރި އަންނަ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.

އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ އިން ޕްރެކްޓިސް ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ސައުދީ އަރަބިއްޔާގައި މާޒިޔާ އަށް ފެންވަރު ރަނގަޅު ވަސީލަތްތަކުގައި ދެ ހަފްތާ އަށް ވުރެ ގިނަ ދުވަހު ފަރިތަކުރުންތައް ކުރިއަށްގެންދެވޭނެ އެވެ.

އަންނަ މަހު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ބާއްވަން އޭއެފްސީން މިހާރު ފުރުސަތު ދީފައިވަނީ ރާއްޖެ އަށެވެ.

މި ވަގުތަށް ބަލާއިރު، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިފައި އޮތީ މާޒިޔާ އަށެވެ. ރާއްޖޭގެ އަނެއް ކްލަބް، އީގަލްސް އިން ކޮލިފައިން ޕްލޭއޮފްގައި ކުޅޭނީ އިންޑިއާގެ ބެންގަލޫރާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އީގަލްސް އަށް ވެސް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.

މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 18 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ. ދެ ވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ބައްދަލުކުރުމަށް ފަހު އޭގެ ތިން ދުވަސް ފަހުން އަންނަ މަހުގެ 24 ވަނަ ދުވަހު ކުޅޭނީ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އީގަލްސް އާއި ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ވަރުގަދަ މެޗުތަކަކަށް ތައްޔާރުވުމުގެ ކުރިން މާޒިޔާ އިން ސައުދީގައި ކޭމްޕް ޖަހާއިރު، މިއީ ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު މާޒިޔާ އިން ސައުދީގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރާނެ ދެ ވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް އެފްއޭއެމުން ހޯދައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ޓްރެއިނިން ކޭމްޕެއް ފުރިހަަމަކޮށްފަ އެވެ.

މާޒިޔާ އަށް އެ ފަހަރު ޓްރެއިނިން ކޭމްޕް ދިނީ އެ އަހަރު ކްލަބް ލައިސަންސް މައްސަލަ ޖެހިގެން އޭއެފްސީ ކަޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނު ދިވެހި ދެ ކްލަބް ތެރޭގައި މާޒިޔާ ހިމެނޭތީ އެވެ. މާޒިޔާގެ އިތުރުން އެ ފަހަރު ޓްރެއިނިން ކޭމްޕް ދިނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox