ހަނިމާދޫ ރައްޔިތުން އެދުނު ގޮތަށް ކުޑަ ބިމަކަށް ސަރުކާރުން އެއްބަަސްވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ: އެދުނު ބިމަށް ވުރެން ކުޑަ ބިމެއް ހަމަޖައްސަން އެއްބަސް ވެވުނު-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނިމާދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ: އެދުނު ބިމަށް ވުރެން ކުޑަ ބިމެއް ހަމަޖައްސަން އެއްބަސް ވެވުނު-- ފޮޓޯ: ރައީސް އޮފީސް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރަން ސަރުކާރުން ބޭނުންވި ވަރުގެ ބޮޑު ބިމެއް ދޭން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ބަލައި, ކުޑަ ބިމަކަށް ސަރުކާރުން އެންމެ ފަހުން މިއަދު އެއްބަސްވެއްޖެ އެވެ.

މިދިޔަ މާޗް މަހު ޕްލޭނިން މިނިސްޓްރީން އެ ރަށު ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ އެއާޕޯޓަށް އިތުރު ކުރާ ބިމުގައި ސިފައިންގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް ވެސް އަޅަން ހަމަޖައްސާފައިވާތީ އެރަށުން 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށެވެ. އެއާއެކު ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕެޓިޝަންތައް ހުށަހެޅި އެވެ.

އެހާ ބޮޑު ބިމެއް އެއާޕޯޓް ތަރައްގީކުރަން ދޫކޮށްލާކަށް ރައްޔިތުންނާއި ކައުންސިލުން ބޭނުމެއް ނުވެ އެވެ. މި މައްސަލައިގައި, ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އޮތީ އެކަށީގެންވާ ހައްލަކާ ހަމައަށް ނާދެވި އެވެ.

އެކަމަކު, ހަނިމާދޫގެ ރައްޔިތުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ ރަށުގައި ބޭއްވެވި ބައްދަލުވުމުގައި, އެމަނިކުފާނު އެއްބަސްވެވަޑައިގަތީ ރައްޔިތުން އެދޭ މިންވަރުގެ ބިމެއް ސަރުކާރުން ނެގުމަށެވެ. އެއާޕޯޓު ސަރަހައްދުން އެހާ ބޮޑު ބިމެއް ދޭން ބޭނުން ނުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިއަދު ވެސް އެމަނިކުފާނަށް ހުށަހެޅި އެވެ.

ހަނިމާދޫ ރައްޔިތުންގެ ނުތަނަވަސްކަން ހުރި ބިމުގެ މައްސަލަ ރައީސް މި ހައްލުކޮށްދެއްވީ, ހދ.ގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ހަނިމާދު އަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ބިން ކަނޑައެޅުމުގައި ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކޮށް، މިހާރު ވަނީ ރައްޔިތުން އެދޭ ފަދަ ހައްލެއް ހޯދިފައި ކަމަށެވެ.

އެކަމުގެ ތަފްސީލް "އަދަދު" އަށް ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ ސަރުކާރުން އެދުނީ ސިފައިންގެ މައި މަރުކަޒު އެޅުމަށާއި ސިޓީ ހޮޓަލެއް އެޅުމަށް އެއާޕޯޓާ ދިމާލުން އެރަށު އިރުމަތި ފަރާތު ގޮނޑުދޮށް ހިމެނޭގޮތަށް 853،937 އަކަފޫޓުގެ ބިމެއް ހަމަޖައްސައި ދިނުމަށް ކަމަށާއި ނަމަވެސް މިއަދު ރައީސްއާއެކު އެއްބަސްވީ އެ ރަށު އެއާޕޯޓް ސަރަހައްދުން ކަސްޓަމްސްއާ ޖެހިގެން 420،316 އަކަފޫޓުގެ ބިމެއް ރަށު ތެރެއިން ދިނުމަށް ކަމަށެވެ.

"ސިފައިންގެ މަރުކަޒު އަޅަން ބިން މިދިނީ އެއީ ވެސް މުހިންމު ކަމަކަށް ވާތީ. ރަށު ތެރޭން މިދިނީ. މި ދުވަސްވަރަށް ސިޓީ ހޮޓާ ނާޅާގޮތަށް ހަމަޖައްސައިފައި،" ސައްތާރު ވިދާޅުވި އެވެ.

ހަނިމާދޫ ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރައްޔިތުން އެދުނުގޮތަށް ބިން ވަނީ ހަމަޖައްސައިފައި-- ފޮޓޯ: ރައީސް އޮފީސް
ހަނިމާދޫ ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރައްޔިތުން އެދުނުގޮތަށް ބިން ވަނީ ހަމަޖައްސައިފައި-- ފޮޓޯ: ރައީސް އޮފީސް

ހަނިމާދޫ ރައްޔިތުންނާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ރައްޔިތުން އެދުނުގޮތަށް ބިން ވަނީ ހަމަޖައްސައިފައި-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރު އެދުނު ބިން ނުދޭން ރައްޔިތުން ނިންމީ އެއީ ގޮނޑުދޮށް ކަމަށް ވެފައި ޓޫރިޒަމަށް ބޭނުން ކުރެވޭނެތީ ކަމަށް ސައްތާރު ވިދާޅުވި އެވެ. މިހާރު ރަށު ތެރޭން ބިން ދިނުމާއެކު ރައްޔިތުންގެ އެ ކަންބޮޑުވުންތަކަށް ހައްލު ލިބިފައިވާ ކަމަށް ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ އެއާޕޯޓް އިތުރަށް ފުޅާ ކުރުމަށް އެއާޕޯޓް ސަރަހައްދުން ދޭ ބިން ދިނުމަށް ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އެއީ 11.7 ހެކްޓަރުގެ ބިމެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް މަސައްކަތް ނިމުމުން އުތުރުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި އިގްތިސާދުގެ މައިދޮރަށް ހަނިމާދު ވެެގެން ދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox