ޕީއެސްއެމްގެ މުވައްޒަފުންގެ އަަދަދު މަދުކުރަނީ

ޕީއެސްއެމްގެ ދެ ނޫސްވެރިން ނިއުސް ސްޓޫޑިއޯގައި.

ޕީއެސްއެމްގެ ދެ ނޫސްވެރިން ނިއުސް ސްޓޫޑިއޯގައި.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މަދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕީއެސްއެމްގައި މިހާރު އުޅެނީ 400 މުވައްޒަފުންނެވެ. މީގެ ތިން އަހަރު ކުރިން އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެތަނުގައި ގާތްގަނޑަކަށް 521 އަށް ވުރެ ގިނަ މުވައްޒަފުން އުޅުނެވެ.

"އަދަދު" އާ ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އަލީ ހާލިދު ވިދާޅުވީ މުވައްޒަފުން މަދު ކުރަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ތިން ފަހަރެއްގެ މަތިން [ޕީއެސްއެމް ހިންގުމުގެ] ސްޓްރަކްޗާއެއް ކުރަހައިފިން. ގާތްގަނޑަކަށް 360 މުވައްޒަފުންނަށް އަދަދު މަދު ކުރަން މި މަސައްކަތް ކުރަނީ،" ހާލިދު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ހާލިދު ވިދާޅުވި އެވެ. އެގޮތުން މިހާރު ޕީއެސްއެމް ހިންގަމުންދާ އިމާރާތުގެ ގޯތި ތެރޭގައި އިތުރު އިމާރާތެއް އަޅައި ހުރިހާ މުވައްޒަފުން އެއް އިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުން އެއް އިމާރާތަކަށް ބަދަލު ކުރީމަ ވެސް (ހަރަދު) ކުޑަ ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ،" ހާލިދު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ މީޑިއާތަކަކީ ޓީވީއެމް، ދިވެހިރާއްޖޭގެ އަޑު، ދިވެހި އެފްއެމް، ޔެސް ޓީވީ، މަލްދީބް މަޖައްލާ، ދީނުގެ އަޑު، މަޖްލިސް ޓީވީ، މުންނާރު އަދި މޯލްޑިވްސް ޓީވީ އެވެ. މީގެ ތެރެއިން ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑަކީ ރާއްޖޭގެ އެންމެ ދުވަސްވީ ބްރޯޑްކާސްޓިން ޗެނަލްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox