ދުނިޔޭގެ އެންމެ މުއްސަނދި މީހާ ޖައްވަށް ދާން ތައްޔާރުވެއްޖެ

އެމެޒޯންގެ ފައުންޑަރު އަދި ބިލިއަނަރު ޖެފް ބެޒޯސް.-- ފޮޓޯ: އޭއެފްޕީ/ ބްލޫ އޮރިޖިން

އެމެޒޯންގެ ފައުންޑަރު އަދި ބިލިއަނަރު ޖެފް ބެޒޯސް.-- ފޮޓޯ: އޭއެފްޕީ/ ބްލޫ އޮރިޖިން

ވޮޝިންޓަން، އެމެރިކާ (ޖުލައި 18) - ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުއްސަނދި މީހާ، ޖެފް ބެޒޯސް އަންނަ އަންގާރަ ދުވަހު އޭނާގެ ބްލޫ އޮރިޖިން ކުންފުނީގެ މިޝަން އާއެކު ޖައްވަށް ދާން ތައްޔާރުވެއްޖެ އެވެ.

ބެޒޯސް ޖައްވަށް ދާން ތައްޔާރުވެފައި ވާއިރު، ވާޖިން ގެލެކްޓިކް ކުންފުނީގެ ފައުންޑަރު، ރިޗަޑް ބްރެންސަން ވަނީ މިދިޔަ ހަފްތާގައި ޖައްވީ ރޭހުގައި ކުރި ހޯދައި، އެންމެ ފުރަތަމަ ޖައްވަށް ދިޔަ ބިލިއަނަރުގެ ލަގަބު ހޯދާފަ އެވެ.

ނަމަވެސް، ބްލޫ އޮރިޖިންގެ މިޝަން އަމާޒު ކުރަނީ ވާޖިން ގެލެކްޓިކްގެ މިޝަން ދިޔަ ހިސާބަށް ވުރެ އުހަށް ދިޔުމަށެވެ. އޭގެ އިތުރުން ވާޖިން ގެލެކްޓިކްއަށް ވުރެ މާ ގިނަ ކަންކަން ޖައްވުގައި ކުރަން ބްލޫ އޮރިޖިންއިން ރާވާފައި ވެ އެވެ.

ބެޒޯސްގެ ބްލޫ އޮރިޖިން ކުންފުނި 2000 ވަނަ އަހަރު އުފެއްދީ ޖައްވުގައި ފްލޯޓުވާ ކޮލޮނީތަކެއް ބިނާ ކުރުމުގެ އަމާޒު ގަ އެވެ. އެ ތަންތަނުގައި އާޓިފިޝަލް ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރު ބޭނުންކޮށްގެން އެތައް މިލިއަން އިންސާނުންނަށް ދިރިއުޅެވޭނެ ކަމުގެ ތަސައްވުރު އޭނާ ގެންގުޅެ އެވެ.

އެ ކުންފުނިން މިހާރު އުފައްދަމުން އޯބިޓަލް ރޮކެޓު "ގްލެން" އަދި ހަނދަށް ތިރި ކުރާ އުޅަނދު ނާސާއަށް ވިއްކާލަން މަސައްކަތް ކުރަމުން ދަނީ "އާޓެމިސް" ޕްރޮގްރާމުގެ ދަށުންނެވެ. އެ ކުންފުނިން މިހާތަނަށް ވަނީ އިންސާނުން ނުލައި ކާމިޔާބުކަމާއެކު 15 ފަހަރަށް ޖައްވަށް ގޮސްފަ އެވެ.

އިންސާނުންނާއެކު ބްލޫ އޮރިޖިންގެ ފުރަތަމަ މިޝަން ފަށާނީ އަންނަ އަންގާރަ ދުވަހު ހުޅަނގު ޓެކްސަސްގެ ސަހަރާއެއްގައި ހުންނަ "ލޯންޗް ސައިޓް ވަން" ގެ ނަން ދީފައިވާ ފެސިލިޓީއަކުންނެވެ. ޖައްވަށް ދާނީ "ނިއު ޝެޕާޑް" އުޅަނދު ގަ އެވެ. އެ އިވެންޓު ބްލޫ އޮރިޖިން ޑޮޓް ކޮމް އިން ވަގުތު ދައްކާނެ އެވެ.

ބެޒޯސް އާއެކު މި ދަތުރުގައި ބައިވެރިވާނީ އުމުރުން 82 އަހަރުގެ ވެލީ ފަންކް އެވެ. މި ދަތުރު ކުރުމުން އޭނާ ވާނީ އުމުރުން އެންމެ މުސްކުޅި އެސްޓްރޮނޯޓުގެ ރިކޯޑް އޮންނަ މީހާ އަށެވެ. އޭގެ އިތުރުން އެންމެ އުމުރުން ހަގު އެސްޓްރޮނޯޓުގެ ރިކޯޑް ވެސް މި ދަތުރުގައި ގާއިމް ކުރަން ރާވާފައި ވެ އެވެ.

އެގޮތުން ބެޒޯސް އާއެކު އެންމެ ހަގު އެސްޓްރޮނޯޓުގެ ގޮތުގައި ދަތުރު ކުރާނީ ނެދަލޭންޑްސްގެ ފުރާވަރު އުމުރުގެ ކުއްޖެއް ކަމަށްވާ އޮލިވޭ ޑައެމެން އެވެ. އޭނާއަކީ ބްލޫ އޮރިޖިންގެ އެންމެ ފުރަތަމަ ކަސްޓަމަރެވެ. އޭނާ މި ދަތުރުގައި ދަނީ ޓިކެޓު ގަނެގެންނެވެ.

ހަތަރު މެމްބަރުންގެ ކްރޫ ޓީމުގައި ދެން ހިމެނޭނީ ބެޒޯސްގެ ބޭބެ މާކް އެވެ. ބެޒޯސް އާއި މާކް އަކީ "ބެސްޓް ފްރެންޑްސް" ގެ ގޮތުގައި ސިފަކޮށްފައި ވާއިރު، މިދިޔަ މަހު އާއްމު ކުރި ވީޑިއޯއެއްގައި ބެޒޯސް ބުނީ ބޭބެ އާއެކު ޖައްވަށް ދެވޭތީ ވަރަށް އުފާވާ ކަމަށެވެ.

އެންމެ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ފާހަގަވަނީ ބިޑަށް ލީ ސީޓެއް 28 މިލިއަން ޑޮލަރަށް ގަތް މީހާ މި ދަތުރުގައި ބައިވެރި ނުވާ ކަމެވެ. އެ މީހާގެ ވަނަވަރު މިހާތަނަށް އާއްމުކޮށްފައި ނުވާއިރު، އޭނާ ބައިވެރިނުވަނީ ޝެޑިއުލް ތަން ނުދޭތީ ކަމަށް ބުނެފައި ވެ އެވެ. ބްލޫ އޮރިޖިންއިން ބުނީ އެ ކުންފުނިން ކުރިމަގުގައި ކުރާ އިތުރު ދަތުރެއްގައި އޭނާ ބައިވެރިވާނެ ކަމަށެވެ.

ދުނިޔެއިން ނައްޓާލުމާއެކު ނިއު ޝެޕާޑް ޖައްވަށް ދާނީ ކާބަން ގޭސް ބޭރު ނުކުރާ، ހައިޑްރޮޖެން/ލިކުއިޑް އޮކްސިޖެން ބޭނުން ކުރާ އިންޖީނެއްގެ އެހީގަ އެވެ. ވަކި ހިސާބަކަށް ދެވުމުން ބޫސްޓަރުން ކެޕްސޫލް ވަކިވެ، އެސްޓްރޮނޯޓުންނަށް ސީޓު ބެލްޓް ނައްޓާލާ، ބިމަށް ދަމާ ބާރު ނެތް ކަމުގެ އިހުސާސް ކުރަން ފުރުސަތު ލިބޭނެ އެވެ.

ދުނިޔޭގެ އެޓްމޮސްފިއާ އާއި ޖައްވާ ދެމެދުގައިވާ "ކާމަން ލައިން" ގެ ބޭރުގައި ކްރޫއިން ކުޑަ ވަގުތުކޮޅެއް ހޭދަކުރާނެ އެވެ. "ކާމަން ލައިން" އަކީ ދުނިޔެއިން ބޭރަށް ދެވުން ފާހަގަކުރާ ބައިނަލްއަގްވާމީ ރޮނގެވެ. އެ ރޮނގު ހުންނަނީ ދުނިޔޭގެ ބިމަށް ވުރެ 62 މޭލު މަތީގަ އެވެ. ނިއު ޝެޕާޑް އުޅަނދު އަރާނީ 65 މޭލު މައްޗަށެވެ.

އޭގެ ފަހުން ކެޕްސޫލް އަލުން އެޓްމޮސްފިއާގެ ތެރެއަށް އެތެރެވެ، ދުނިޔޭގެ ބިމަށް ވެއްޓެން ފަށާނެ އެވެ. އޭތި ބިމަށް ތިރި ކުރާނީ ބޮޑު ތިން ވައިކުޑައިގެ އެހީގައި ޓެކްސަސްގެ ސަހަރާ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox