މަރުވެފައިވާ މަސް ލައްގާތީ ދެކުނު އެފްރިކާގެ ބީޗުތައް ބަންދުކޮށްފި

ދެކުނު އެފްރިކާގެ ބީޗެއް.-- ފޮޓޯ: އޭއެފްޕީ

ދެކުނު އެފްރިކާގެ ބީޗެއް.-- ފޮޓޯ: އޭއެފްޕީ

ޑާބަން، ދެކުނު އެފްރިކާ (ޖުލައި 18) - ދެކުނު އެފްރިކާގެ ގޮނޑުދޮށްތަކަށް މަރުވެފައިވާ މަސް ލައްގަމުން ދާތީ، އެ ތަންތަން ބަންދުކޮށް، މައްސަލަ ބަލަން ފަށައިފި އެވެ.

ކަމާ ބެހޭ ފަތާތްތަކުން ބުނީ ބެލެވޭ ގޮތުގައި މަސް މަރުވެ، ލައްގަމުން ދަނީ މިދިޔަ ހަފްތާގައި ހިންގި ހަމަނުޖެހުންތަކުގައި ކެމިކަލް ޕްލާންޓަކަށް ދިން ހަމަލާއާ ގުޅިގެން ކަމަށެވެ.

އިރުމަތީ ޑާބަން ސިޓީގެ އެގްރޯކެމިކަލް ގުދަނެއްގައި ރޯކޮށްލުމުން ކެމިކަލް ލީކުވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެހެންވެ އެ ސަރަހައްދުގެ ހުރިހާ ގޮނޑުދޮށެއް ވަނީ ބަންދުކޮށްފަ އެވެ.

އެގޮތުން މަސް ބޭނުމާއި، ސާފް ކުރުމާއި، މަރުވެގެން ގޮނޑުދޮށަށް ލައްގާފައިވާ އެއްވެސް ކަނޑުގެ ދިރުމެއް ނެގުން ވަނީ އާއްމުންނަށް މަނާކޮށްފަ އެވެ.

މިދިޔަ ހަފްތާގައި ދެކުނު އެފްރިކާގެ އެކި ހިސާބުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގި އެވެ. ޑާބަން ސިޓީގައި ވެސް އިމާރާތްތަކުގައި ހުޅު ޖަހައި، ލޫޓުވާ ހެދި އެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނީ ކެމިކަލް ހުރި ގުދަނުގައި ރޯކުރުމުން އަލިފާންގަނޑު ނިއްވާލަން ވަރަށް ގިނައިން ފެން ބޭނުން ކުރަން ޖެހުނު ކަމަށާއި "ތަގައްޔަރުވެފައި ހުރި ފެން" ކައިރީގައިވާ ކޯރުން ފެށިގެން ގޮސް މޫދާ ހަމަޔަށް ގޮސްފައިވާ ކަމަށެވެ.

"މީގެ އަސަރު ކަނޑުގެ ދިރުންތަކަށް ވަނީ ކޮށްފައި،" އެ ސަރަހައްދުގެ އެންވާރަމަންޓަލް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދެކުނު ހަފްތާގައި މިދިޔަ ހަފްތާގައި ހަމަނުޖެހުން ހިނގަން ފެށީ ކުރީގެ ރައީސް ޖޭކޮބް ޒޫމާގެ ކޮރަޕްޝަން ތަހުގީގަށް އެއްބާރުލުން ނުދިނުމުން އިއްވި 15 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފެށުމުންނެވެ.

ޒޫމާއަށް ތާއީދު ކުރާ މީހުން ފެށި ހަމަނުޖެހުމުގައި އާއްމުންގެ ގިނަ ބަޔަކު ބައިވެރިވެ ފިހާރަތައް ލޫޓުވާ ތަންތަނުގައި ހުޅު ޖަހާފައި ވާއިރު، ހަމަނުޖެހުންތަކުގައި 212 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox