ނިއުކްލިއާ މަޝްވަރާ ކުރިއަށް ގެންދާނީ އާ ސަރުކާރާއެކު: އިރާން

އިރާނުގެ ނިއުކްލިއާ ފެސިލިޓީއެއްގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހަމަނާއީ-- ފޮޓޯ: އީޕީއޭ

އިރާނުގެ ނިއުކްލިއާ ފެސިލިޓީއެއްގައި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހަމަނާއީ-- ފޮޓޯ: އީޕީއޭ

ތެހްރާން، އިރާން (ޖުލައި 18) - އިރާނުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ދެން ކުރިއަށް ގެންދާނީ އާ ސަރުކާރުން އަންނަ އޯގަސްޓް މަހު ވެރިކަމާ ހަވާލުވުމުން ކަމަށް އެ ގައުމުން ބުނެފި އެވެ.

މިދިޔަ އޭޕްރިލް މަހުން ފެށިގެން އިރާނުން ދިޔެއީ ބޮޑެތި ގައުމުތަކާއެކު ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް މިހާރު ވަނީ މަޝްވަރާތައް މެދުކެނޑިފަ އެވެ.

"އަޅުގަނޑުމެން މި ތިބީ އިންތިގާލީ މަރުހަލާއެއްގައި... އެހެންވީމަ އަޅުގަނޑުމެންގެ އާ ސަރުކާރު މަސައްކަތް ފަށަން ދެން ވިއެނާގައި ކުރިއަށްދާ މަޝްވަރާތައް ޖެހޭނީ މަޑުޖައްސާލަން،" އިރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

"ކޮންމެ ޑިމޮކްރެސީއަކުން ވެސް ޑިމާންޑު ކުރާނީ މިކަމަށް،" އިރާނުގެ ނިއުކްލިއާ އެއްބަސްވުމާ ގުޅޭ މަޝްވަރާ ކުރާ ޓީމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ އަރަގްޗީ ވިދާޅުވި އެވެ.

އިރާނުގެ އާ ރައީސްކަމަށް އަލްޓްރާ ކޮންޒަވޭޓިވް އިބްރާހިމް ރައިސީ އިންތިހާބުވެ ވަޑައިގެންނެވީ މިދިޔަ ޖޫން މަހު އެވެ. އޭނާ މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ އޯގަސްޓް ފަސް ވަނަ ދުވަހު އެވެ.

އިރާނާއެކު ބޮޑެތި ގައުމުތަކުން 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ އެއްބަސްވުން ތަންފީޒު ކުރުން ހުއްޓުނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން 2018 ވަނަ އަހަރު އެވެ.

ޓްރަމްޕް ވަނީ އެއްބަސްވުމުން ވަކިވެ، އިރާނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަން އަނެއްކާ ވެސް ފައްޓަވާފަ އެވެ. އެހެންވެ، އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލީ އެވެ.

މިހާރު އަނެއްކާވެސް އެ އެއްބަސްވުން އަލުން އިއާދަ ކުރުމުގެ މަޝްވަރާތައް ކުރަނީ އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އެކަމަށް ޝައުގުވެރުކަން ފާޅުކުރެއްވުމުންނެވެ.

އެއާއެކު އެމެރިކާ އާއި އިރާނާއެކު، އިނގިރޭސި ވިލާތް، ޗައިނާ، ފްރާންސް، ޖަރުމަނު ވިލާތް އަދި ރަޝިއާއިން ވެސް ދަނީ އޮސްޓްރިއާގެ ވިއެނާގައި އޮންނަ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވަމުންނެވެ.

މަޝްވަރާތަކުގެ ހަ ވަނަ ބުރު ނިމުނީ ޖޫން 20 ގަ އެވެ. ހަތް ވަނަ ބުރު ބާއްވާނެ ތާރީހު އިއުލާނުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox