އެސްޓީއޯއިން އެތެރެކޮށް ވިއްކާ އޮސްޓްރޭލިޔާގެ ޑެވޮންޑޭލްގެ ބްރޭންޑްގެ ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ޖުލައި 15 އިން ނޮވެމްބަރު 15 ގެ ނިޔަލަށް ކުރިއަށް ގެންދާ ހަތަރު މަސް ދުވަހުގެ މި ޕްރޮމޯޝަންގައި 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ.
ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޑެވޮންޑޭލް ފުލްކްރީމްގެ އެއް ލީޓަރުގެ ޕެކެޓް ވިއްކާ އަގު ވަނީ ހެޔޮކޮށްފަ އެވެ. މިހާރު މި ބްރޭންޑްގެ ފުލްކްރީމްގެ އެއް ލީޓަރުގެ ޕެކެޓެއް 23 ރުފިޔާއަށް ވިއްކާއިރު، ދެ ޕެކެޓް ގަންނަ ނަމަ، 40 ރުފިޔާއަށް ލިބޭނެ އެވެ.
މިވަރުގެ ބޮޑު ޑިސްކައުންޓެއްގެ އިތުރުން، ޕްރޮމޯޝަންގެ ނަސީބު ވެރިޔަކު ވެސް ހޮވާނެ އެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ގިފްޓް ހެމްޕާއެއް ލިބޭނެ ކަމަށް އެސްޓޯއިން ބުންޏެވެ.










