ބްރައިޓަންގެ ވައިޓް ގަންނަން އާސެނަލުން އެއްބަސްވުމަކަށް އަތުވެއްޖެ

Jul 17, 2021, 4:45 AM
ބްރައިޓަންގެ ވައިޓް ގަންނަން އާސެނަލުން އެއްބަސްވުމަކަށް އަތުވެއްޖެ

ލަންޑަން (ޖުލައި 17) - ބްރައިޓަންގެ އިނގިރޭސި ޑިފެންޑަރު ބެން ވައިޓް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރަށް ގަތުމަށް އާސެނަލުން ބްރައިޓަންއާ އެކު އެއްބަސްވެއްޖެ ކަމަށް ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށި ފަހުން އާސެނަލުން މީގެ ކުރިން ވަނީ އުމުރުން 23 އަހަރުގެ ވައިޓް ގަންނަން ދެ ފަހަރު ބިޑް ކޮށްފަ އެވެ. ބްރައިޓަން އިން ބޭނުންވާ އަގު ނުލިބޭތީ އެ ދެ ބިޑް ވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އާސެނަލުން ފުރަތަމަ ކުރީ 48 މިލިއަން ޑޮލަރުގެ ބިޑެކެވެ. ދެ ވަނަ ފަހަރަށް ހުށަހެޅީ 54 މިލިއަން ޑޮލަރުގެ ބިޑެކެވެ.

އިންގްލެންޑުން މި ފަހަރު ޔޫރޯގައި ވާދަކުރި ސްކޮޑުގައި އެންމެ ފަހު ވަގުތު ހިމެނުނު ވައިޓް މި ވަގުތު ހުރީ ޗުއްޓީގަ އެވެ. އާސެނަލްގެ މެޑިކަލް ޓެސްޓްތަކުގައި ވައިޓް ބައިވެރިވާނީ މި މަހުގެ 26 ގައި ކަމަށް ސްކައި ސްޕޯޓްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސައުތެމްޓަން އެކެޑަމީން ފާހަގަވި ވައިޓަށް އެ ޓީމުން ފުރުސަތެއް ނުލިބުމުން އޭނާ ނިންމީ ބްރައިޓަންއާ ގުޅޭށެވެ.

ބްރައިޓަން އަށް ކުޅުނުއިރު، ލޯން އެއްބަސްވުމެއްގެ ދަށުން ވަނީ ނިއުޕޯޓް ކައުންޓީ އާއި ޕީޓަބޮރޯ ޔުނައިޓެޑް އަދި ލީޑްސް ޔުނައިޓެޑަށް ކުޅެފަ އެވެ. ވައިޓް ބޮޑަށް ވިދާލީ 2019/2020 ވަނަ އަހަރުގެ ސީޒަނުގައި މާސެލޯ ބިއެލްސާގެ ކޯޗުކަމުގައި ލީޑްސް ޔުނައިޓެޑްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން ލީޑްސް އިން ވައިޓް ގަންނަން ބޭނުންވެ ގިނަ އޮފާތަކެއް ހުށަހެޅި ނަމަވެސް ބްރައިޓަން އިން ވައިޓް ދޫކުރަން އެއްބަހެއްނުވި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން ވަނީ ޕޯޗުގަލްގެ 21 އަހަރުން ދަށުގެ ޓީމުގެ ޑިފެންޑަރު ނޫނޯ ޓަވަރޭސް ގެނެސްފަ އެވެ. އާސެނަލުން އޭނާގެ ސޮއި ހޯދީ ބެންފީކާ އަށް 10 މިލިއަން ޑޮލަރު ދައްކައިފަ އެވެ. މީގެ އިތުރުން އާސެނަލް ވަނީ ބެލްޖިއަމްގެ އެންޑަލެކްޓަށް ކުޅޭ އަލްބާޓް ސަމްބީ ލޮކޮންގާ ގެންނަން އެއްބަސްވުމަކަށް އަތުވެފަ އެެވެ. އޭނާ ހޯދަން 18 މިލިއަން ޑޮލަރު ޖުމްލަ އެއްކޮށް ދައްކާނެ އެވެ.

އާސެނަލުން ދެން ގެންނަން މަސައްކަތް ކުރަމުން އަންނަނީ މިޑްފީލްޑަރެކެވެ. އެ ގޮތުން އެ ޓީމުން ފާރަލަމުން އަންނަނީ އިޓަލީ ގައުމީ ޓީމުން ވިދާލި މެނުއަލް ލޮކަޓެއްލީ އާއި ލިޔޯންގެ ފްރާންސް މިޑްފީލްޑަރު އޮސާމް އޯއާ އެވެ. މިދިޔަ އަހަރު ވެސް އާސެނަލުން އޯއާ ގެންނަން މަސައްކަތްކުރި ނަމަވެސް އޭރު ލިޔޯނުން އޭނާ ވިއްކާލަން ބޭނުމެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox