އީދު ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ

މާލޭ މަގެއްމަތިން ބަޔަކު ހުރަސް ކުރަނީ: މާލެ ސިޓީ ކައުންސިލުން އީދަށް ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސީ ރައްޔިތުންގެ މަޝްވަރާ ހޯދައިގެން އެގޮތަށް ބޭނުންވާތީ ކަމަށް ބުނި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭ މަގެއްމަތިން ބަޔަކު ހުރަސް ކުރަނީ: މާލެ ސިޓީ ކައުންސިލުން އީދަށް ހިނގާފައި އުޅޭ ގޮތަށް ހަމަޖެއްސީ ރައްޔިތުންގެ މަޝްވަރާ ހޯދައިގެން އެގޮތަށް ބޭނުންވާތީ ކަމަށް ބުނި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބޮޑު އީދު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 8:00 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުންް މަނާ ވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ މިއީ މާލޭ ރައްޔިތުން ބޭނުންވާ ގޮތެއް ބަލާފައި ކަނޑައެޅި ވަގުތެއް ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާ ޕޯލްތަކާއި ކްލަބްހައުސް ބައްދަލުވުންތަކުގެ ޒަރިއްޔާއިން މިކަމުގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިި ވާނެ ކަމަށް ވިދާޅުވި އެވެ.

އީދު ދުވަހު ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސަން ނިންމުމާ ގުޅިގެން މުއިއްޒު ވިދާޅުވި، ގިނަ ދުވަސްތަކެއް ވަންދެން ލޮކްޑައުންގައި ތިބުމަށް ފަހު ކޭސްތައް މަދު ދަނޑިވަޅެއްގައި އައި އީދަކަށް ވާތީ، ޓްރެފިކްގެ ނުރައްކަލެއް ނެތި އާއިލާއާއެކު މަގުމައްޗަށް ނުކުންނަށް ރައްޔިތުން ބޭނުންވާ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ހިޔާލު ހޯދި އިރު ގިނަ ރައްޔިތުން ބޭނުންވީ ވެހިކަލް މަނާ ވަގުތުތަކެއް ހަމަޖައްސަން ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަަހަކީ އަންނަ ހޯމަ ދުވަހެވެ. އެ ދުވަހު މި ވަގުތުތަކުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ މަގެއްގައި އުޅެން ޖެހޭނީ ފައިމަގުގަ އެވެ. ނަމަވެސް އިމަޖެންސީ ވެހިކަލްތަކާއި ސަލާމާތީ ބާރުތަކުގެ ވެހިކަލްތަކަށް ދުއްވަން ހުއްދަ ދޭނެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލާއި ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްދޭ ބަސް އަދި އެ ވަގުތު ދުއްވަން ހުއްދަ ދެވޭ ހާއްސަ ވެހިކަލްތަކަށް ވެސް މަގުމަތީގައި ދުއްވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox