ސިއްރު ޗެޓްލޮގުގެ ސިއްރު ތާޅަފިއްޔަށް

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ތިބާގެ ސިއްރަކީ ތިބާގެ އަސީރެކެވެ. އެ ސިއްރު ފާޅުކޮށްފިނަމަ އެސިއްރުގެ އަސީރަކަށް ތިބާވެދާނެ އެވެ. މިމަޝްހޫރު ބުނުމަކީ އަހަރެމެންގެ ހަތަރުވަނަ ޚަލީފާ އަލީގެފާނަށް ނިސްބަތްކުރެވޭ ބުއްދިވެރި ބުނުމެކެވެ. މިބުނުމުން ދޭހަކޮށްދެނީ ސިއްރު ފާޅުކުރުމަށްފަހު އެ ސިއްރު ބޭޒާރުވެދާނެތީ ޖެހިލުންވާންޖެހޭ މިންވަރެވެ. އެހެންވާންޖެހެނީ ސިއްރުގެ އަމާނާތްތެރީން މަދުކަމުގެ ސަބަބުންނެވެ. ސިއްރަކީ ދެމީހެއްގެ ދެމެދުގައި އޮންނަ އެއްޗެއް ނޫންކަމަށާއި ސިއްރު ސިއްރަކަށްވަނީ ތިމާ ނޫން އެހެން މީހަކަށް އެކަން ނޭނގި އޮންނައިރުގައިކަމަށް ބުއްދިވެރީން ބުނަނީ ވެސް މިސަބަބަށްޓަކަ އެވެ.

މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި ވެ އެވެ. "މީހަކު މީހަކާ ވާހަކައެއް ދައްކާފައި އެނބުރިލައިފި ނަމަ އެވާހަކައަކީ އަމާނަތެކެވެ."

އެނބުރިލައިފި ނަމައޭ އޮތް ބަސްފުޅުގެ މާނައަކީ، އެވާހަކައަކީ އެހެން މީހަކަށް އެނގެން ބޭނުންނުވާނެ ފަދަ ވާހަކައެއްހެން ދޭހަވާ ގޮތަކަށް ހަށިގަނޑުގެ އިޝާރާތްތައް ގެންގުޅުންކަމުގައި އިލްމުވެރިން ވިދާޅުވެފައިވެ އެވެ. މި ހަދީސް ގައި ސިއްރަކީ އަމާނާތެއްގެ ގޮތުގައި ސިފަކުރެވިފައިވާހިނދު، އެސިއްރު ހާމަކޮށް ފަލީހަތްކޮށްލުމަކީ ހިޔާނާތެއް ކަމުގައި އިހުތިބީން ދެކެފައި ވެ އެވެ. އިމާމް ހަސަންގެފާން ވިދާޅުވެފައިވަނީ އެކުވެރިޔާގެ ސިއްރުތަކުގެ ވާހަކަދެއްކުމަކީ ހިޔާނާތެއްކަމުގަ އެވެ. ސިއްރުތަކަށް ރައްކާތެރިވުމަކީ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށްދޭ ކަމެއްކަމުގައިވަނީ އެހެންވެގެންނެވެ.

ސިއްރުތައް ވަންހަނާކޮށް ރައްކާތެރިކުރުމަކީ މާތްކަމާއި ތަގުވާވެރިކަމުގެ ސިފައެކެވެ. އެސިފައިގެ މައްޗަށް އިހުތިބީންގެ ދަރީން ތަރުބިއްޔަތުކުރަމުން އައި އަހުލާގުގެ މަތިވެރި ބަހާއެކެވެ. މާތް ﷲ ރުއްސުންލެއްވި އަނަސްގެފާނު ނުހަނު ތުއްޕުޅުއިރު އެކަލޭގެފާނުގެ މަންމާފުޅުގެ އަރިހަށް ވަޑައިގަތް ހިނދަކު މަންމާފުޅު ސުވާލުކުރެއްވީ ލަސްވީ ކީއްވެތޯ އެވެ. އަނަސްގެފާނު އެހިނދު ދަންނަވަނީ ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ ބޭނުންފުޅެއްގައި ތިމަން ތަނަކަށް ފޮނުއްވީކަމަށެވެ. އެހިނދު މަންމާފުޅު ވިދާޅުވަނީ އެކަލޭގެފާނުގެ ތިޔަ ބޭނުންފުޅަކީ ކޮބައިތޯ އެވެ. އަނަސްގެފާނު ދަންނަވަނީ އެއީ ސިއްރެއްކަމުގައެވެ. އެހިނދު އެކަމަނާ އަނަސްގެފާނަށް ވިދާޅުވި އެވެ. ﷲ ގެ ރަސޫލާގެ ސިއްރު އެއްވެސް މީހެއް ކައިރީ ނުބުނާށެވެ.

އަމީރު މުއާވިޔާ ވަލީދު ބިން އަތަބާގެ އަރިހުގައި ވިދާޅުވި ސިއްރު ވާހަކަތަކެއް ވަލީދު ބިން އަތަބާ އޭނާގެ ބައްޕައަށް ކިޔައިދޭން އުޅުމުން ވަލީދުގެ ބައްޕަ ވަލީދުއަށް އެކަން މަނާކުރި އެވެ. އަދި ބުންޏެވެ. ތިމަންނާގެ ގާތުގައި ތިވާހަކަ ނުދައްކާށެވެ. ވަލީދު އޭނާގެ ބައްޕަ ގާތުގައި ބުނަނީ ސިއްރުތަކަށް ރައްކާތެރިވުމަކީ ބައްޕައާއި ދަރިފުޅާ ދެމެދަށްވެސް ވަންނަ ކަމެކޭ ހެއްޔެވެ؟ ވަލީދުގެ ބައްޕަ ނަސޭހަތް ދެއްވަ އެވެ. މުޅިޔަކުން އެ ސަބަބަށްޓަކައެއް ނޫނެވެ. އެކަމަކު ސިއްރުތަކުގެ ވާހަކަދެއްކުމުގައި ދަރިފުޅުގެ ދޫ ނިކަމެތިވުމަށް ބައްޕަ ނޭދޭތީ އެވެ. އަހަރެމެންގެ އިހުތިބީން ސިއްރުތައް ބޭޒާރުކުރުން ބެއްލެވީ އެއީ ދުލަށް ލިބޭ ނިކަމެތިކަމެއް ކަމަށެވެ. ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

ސިއްރުތަކަށް ރައްކާތެރިވުމަކީ ވަރަށް ގިނަ ފަހަރަށް ހަސަދަވެރިކަމާއި ނުނިޔަތަށް އެޅޭ ހުރަހެއް ވެސް މެ އެވެ. ބައެއް ފަހަރަށް ކޮންމެ ކޮންމެ ވާހަކައެއް ކޮންމެ ކޮންމެ މީހަކަށް އެނގުމާއި އިވުމާއި ފެނުމަކީ ހަސަދަޔަށް ކޮށޭ މަގެކެވެ. މިކަމަށް ކީރިތި ގުރުއާނުގެ އެންމެ ރީތި ވާހަކައިން ބާރުލިބެ އެވެ. ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އެއްބަފާ ބޭބެއިންނާ ދެމެދު ހިނގައިދިޔަ ހާދިސާ އެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެނުގެ ވާހަކަ ބައްޕާފުޅު ޔައުގޫބުގެފާނަށް ދެންނެވިހިނދު އެހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ އަޚުނަށް ކިޔައިނުދެއްވުމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވަނީ ހަސަދަވެރިވެދާނެތީކަމަށެވެ.

ދޭދޭ ގުޅުންތައް ކެނޑެމުންދާ ދިއުމާއި ޒަމާންވީ ރަހުމަތްތެރިކަމުގައި ސިއްކަޖެހުމުގެ ވަރަށް މައިގަނޑު ސަބަބެއްގެ ގޮތުގައި ސިއްރުތަކަށް ހިޔާނާތްތެރިވުން ވެފައިވާތަން ފެންނާނެ އެވެ. ސޯޝަލްމީޑިއާގައި ހާމަކުރެވޭ ވަރަށް ގިނަ ވާހަކަތަކުގައި އަނެކުން އެހެން މީހުންނަށް އެނގެން ބޭނުންނުވާނެ ކިތަންމެ ސިއްރުތަކެއް ހާމަކުރެވިފައި ހުއްޓައި ފެންނާނެ އެވެ. އެކަންކަމުގެ ސަބަބުން ނުކުންނަ މައްސަލަތަކާއި އަރާރުންތަކާއި ތަޅާފޮޅުން ސިއްރުކުރެވޭ މިންވަރަށްވުރެ ވެސް ސިއްރުތައް ސިއްރުކުރެވޭ މިންވަރު ފެންނަނީ ކުޑަކަމަށެވެ.

ޅެންވެރިޔާ ޢަބްދުﷲ ޞާދިޤު އޭނާގެ ޅެމުގައި، ފާރުގައި ކަންފަތް ހުންނަކަމަށް ބުނެ އިޝާރާތްކުރަނީ ވެސް ހަމަ މިމައްސަލައަށެވެ. ދެމީހެއްގެ ދެމެދުގައި ދެކެވޭ ވާހަކަ އަނެކާއަށް އެނގޭލެއް ހަލުވިމިނާއި ބާރުމިން ހާމަކޮށްދެއްވުމަށެވެ. އެކަމަކު ހިލާ އެސިއްރު ހާމަކުރި މީހާ އެކަމަށް އެއްބަސް ވެސް ނުވަނީ އެވެ. އެހެންވީމާ ފާރުގައި ކަންފަތެއް ހުންނަނީތާ އެވެ. މިހާރު ނަމަ ފެންނަ މަންޒަރުތަކަށް ބަލާއިރު، ކަންފަތް ހުންނަނީ ފާރުގައި އެކަންޏެއް ނޫނެވެ. ފޯނުތަކުގައިވެސް ސިއްރު ޗެޓްލޮގްތަކުގައި ވެސް ނިކަން ގިނަ ކަންފަތެވެ. ހަމައެކަނި ކަންފަތެއް ވެސް ނޫނެވެ. ދެމީހެއްގެ ދެމެދު ސިއްރުން ދެކެވޭ ވާހަކައިގެ ޗެޓް ލޮގްގައި ތާޅަފިއްޔާ ސްޕީކަރު ހަރުކުރެވިފައިވަނީ އެވެ. ރިކޯޑަރާއި ކެމެރާ ހަރުކުރެވިފައިވަނީ އެވެ.

އިންޒާރުކޮށް ބުނަމެވެ. ސިއްރަކީ ދެމީހެއްގެ ދެމެދުގައި އޮންނަ އެއްޗެއް ނޫނެވެ. ސިއްރު ސިއްރަކަށްވަނީ ތިމާ ނޫން އެހެން މީހަކަށް އެކަން ނޭނގި އޮންނައިރުގަ އެވެ. މި ޒަމާނުގައި މިކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު ވަކިން ބޮޑުކަމަށް ދެކެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox