ބޮޑެތި ކުށްވެރިން ސިޔާސީ ނުފޫޒާ އެކު ޖަލުން ދޫކުރާތީ ކަންބޮޑުވުން!

ކަރެކްޝަންސްގެ އޮފިސަރަކު ޑިއުޓީގައި: ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޖަލުން ދޫވާ މައްސަލައިގެ ކަންބޮޑުވުން އެބައޮތް. -- ފޮޓޯ/އަދަދު

ކަރެކްޝަންސްގެ އޮފިސަރަކު ޑިއުޓީގައި: ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޖަލުން ދޫވާ މައްސަލައިގެ ކަންބޮޑުވުން އެބައޮތް. -- ފޮޓޯ/އަދަދު

ޖަލު ބަންދުގައި ތިބެން ޖެހޭ ނުރައްކާތެރި ކުށްވެރިންތަކެއް ސިޔާސީ އެކި ފަރާތްތަކުގެ ނުފޫޒާ އެކު މަގުމައްޗަށް ދޫވާ މައްސަލަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެމްޑީޕީގެ ސަމާލުކަމަށް ގެންނެވި ކަމަށް މެއި ހައެއް ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އުފެއްދި ކޮމިޓީން އިމްރާންއާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެ ބައްދަލުވުމުގައި، މިނިސްޓަރުގެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ޖަލުން ކުށްވެރިން ދޫވުން ކަމަށާއި އެކަމުގެ ފަހަތުގައި މެމްބަރުންތަކެއް ތިބި ކަމަށް ބެލެވޭ ކަމަށް މިނިސްޓަރުގެ ވާހަކަ އިން ދޭހަވި ކަމަށް އަފީފް ވިދާޅުވި އެވެ.

"އެއީ ސިޔާސީ ފަރާތްތަކުން، އަޅުގަނޑަށް ހީވަނީ މިނިސްޓަރު އެ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކަމަށް. ސިޔާސީ ފަރާތްތަކުން ނޫފޫޒު ބޭނުންކޮށްގެން ހާއްސަކޮށް މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކުގައި ހައްޔަރުކުރެވޭ މީހުން ދޫކޮށްލުމަށް މަސައްކަތް ކުރަމުންދާ ކަން،" އަފީފް ވިދާޅުވި އެވެ.

"މިއީ އެ ފަރާތުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު މި ވިދާޅުވަނީ."

އަފީފް ވިދާޅުވި ގޮތުގައި ބޮޑެތި ކުށަށް ތަކުރާރުކޮށް އަރައިގަންނަ މީހުން، ސިޔާސީ ނުފޫޒު ބޭނުންކޮށްގެން މަގުމައްޗަށް ނުކުމެވޭ ގޮތް ހެދުމަކީ އޭނާ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ.

ކްލެމެންސީ ބޯޑުން މިގޮތަށް ދޫކުރާ މީހުން، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ޗެކްކުރަމުން އަންނަ ކަަމަށާއި އޭގެތެރޭގައި މުޖުތަމައަށް ނެރުން ހުއްޓުވުމުގެ މަސައްކަތްތަކެއް ކުރައްވަން ނިންމާފައިވާ ކަމަށް މިނިސްޓަރުގެ ވާހަކައިން ގަބޫލުކުރެއްވޭ ކަމަށް އަފީފް ވިދާޅުވި އެވެ.

މި މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެގޮތަށް ކުށްވެރިން ދޫކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މި ސަރުކާރުން އެފަދަ ނުފޫޒުތަކަކަށް ބޯނުލަނބާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނެއް އެ ޖާގައެއް ނުވެސް ދޭނެ، ހަމަ ޔަގީން. އަޅުގަނޑު ޔަގީންކުރަނީ ހޯމް މިނިސްޓަރު އެހެން ވިދާޅުވި ކަމުގައިވީ ނަމަވެސް އެފަދަ ނުފޫޒަކަށް ދޫކުރާނެ ގޮތަކަށް ނޫން އަޅުގަނޑުމެންގެ ސަރުކާރު މިތިބީކީ،" ޝިފާޒް ވިދާޅުވި އެވެ.

ކޯލިޝަން ވެރިކަމެއް އޮތްއިރު ހޯމް މިނިސްޓަރު އެ ވިދާޅުވާ ސިޔާސީ ނުފޫޒު އަންނަނީ ކޮން ދިމާލަކުންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ. އެ ވާހަކައިގެ އަސްލެއް އޮތްތޯ ބަލަން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ބަންދުގައި ތިބޭ ގައިދީން ދޫވުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒު އޮންނަ ކަމަށް ހޯމް މިނިސްޓަރަށް ހީފުޅުވާ ނަމަ އެކަމެއް ބަލަން ޖެހޭ ކަމަށެވެ. އެއީ އެމްޑީޕީން ބަލަން އެދޭނެ ކަމެއް ކަމަށާއި އެކަމުގައި އެމްޑީޕީގެ މެމްބަރުންތަކެއް ހިމެނޭ ނަމަ ޕާޓީގެ ސުލޫކް ކޮމިޓީން ވެސް ބެލޭނެ ކަމަށް ވިދާޅުވި އެވެ.

"އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން، ބަންދުގައި ތިބޭ މީހުން ދޫކުރަން ނުފޫޒު ފޯރުވައިގެން މި ޕާޓީގެ މެމްބަރަކު އެކަން ކުރާނެ ކަމަަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ދެން އެހެން ނަމަވެސް ހޯމް މިނިސްޓަރަށް އެއީ އެމްޑީޕީގެ މެމްބަރުން ކުރާ ކަމެއް ކަމަށް ފާހަގަވަންޏާ އެދެނީ އަޅުގަނޑުމެންނަށް ހިއްސާކޮށްދެއްވުމަށް،" ހަސަން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނަމަ އެކަން މަޖިލީހާ ހިއްސާކޮށްދެއްވަން ހަސަން އެދިވަޑައިގަތެވެ. ސީރިއަސް ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ބައްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox