ސުޕްރީމް ކޯޓު ކައިރިން ރިމޯޓް ކާރެއް ފެނިގެން، ގޮވާ އެއްޗެއް ކަމަށް ޝައްކުކުރެއްވި ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.
ސުޕްރީމް ކޯޓު ހިންގާ ތީމުގެ ކުރިމަތިން އޯކިޑް މަގުގައި ހުންނަ ޔުނިވާސަލް އޮފީސް ކަންމަތީގައި އޮތް އެ ކުޑަކުޑަ ކާރު އެއީ ގޮވާޒާތުގެ އެއްޗަކަށް ވެދާނެތީ ފުލުހުން ވަގުތުން އެ ސަރަހައްދު ބަންދުކުރި އެވެ. އެއަށް ފަހު ސިފައިން އަ އެވެ.
އެކަމަކު ސިފައިންގޭގެ ބޮން ސްކޮޑުން ގޮސް ބެލިއިރު، އެއީ ނުރައްކާތެރި އެއްޗެއް ކަމަކަށް ނުފެނުނެވެ. އެކަމަކު ސިފައިން ވަނީ އެ ކާރު އެތަނުން ނަގައިގެން ގެންގޮސްފަ އެވެ. އިތުރު ތަފްސީލެއް ސިފައިން ނުދެ އެވެ.

ޔުނިވާސަލް ކައިރިން ފެނުނު ކާރު: އެއީ ނުރައްކާތެރި އެއްޗަކަށް ނުވުމުން ސިފައިން ވަނީ އެ ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން ދެ މީހަކު މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރު ކޮށްފަ އެވެ. ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނެ އެ މީހުން އިންޒާރު ދިން ނަމަވެސް އެ މީހުންގެ އަތުން ނުރައްކާތެރި އެއްޗެއް ފެނިފައެއް ނުވެ އެވެ.

މިކަންކަން ހިނގާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ދިން ހަމަލާއަށްފަހު ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވަނިކޮށެވެ. ނަޝީދަށް ހަމަލާދިނީ ސައިކަލެއްގައި އީއައިޑީއެއް ހަރުކޮށްގެންނެވެ.












