ކޮޕް26 ގެ ކުރިން މޫސުމީ ބަދަލާ ގުޅޭ ފަންޑު ދޭން ޑިމާންޑުކޮށްފި

އެފްރިކާގެ ގައުމެއް.-- ފޮޓޯ: އޭއެފްޕީ

އެފްރިކާގެ ގައުމެއް.-- ފޮޓޯ: އޭއެފްޕީ

ޕެރިސް، ފްރާންސް (ޖުލައި 15) - ކޮޕް26 ސަމިޓު ބޭއްވުމުގެ ކުރިން މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރަން ފައިސާ ދިނުމަށް ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރަމުންދާ ގައުމުތަކުން ގޮވާލައިފި އެވެ.

ގިނަ އަދަދެއްގެ ގައުމުތަކުން ބުނީ އެންމެ މުއްސަނދި ގައުމުތައް ހިމެނޭ ޖީ7 އަދި ޖީ20 ގްރޫޕުތަކުން މޫސުމީ ބަދަލުގެ މައްސަލާގައި މާ ބޮޑު ސީރިއަސްކަމެއް ނުގެންގުޅޭ ކަމަށެވެ. މޫސުމީ ބަދަލާ ގުޅޭ އދ. ގެ ސަމިޓު، ކޮޕް26 އޮންނާނީ މި އަހަރުގެ ފަހުކޮޅު އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔެ ހޫނުވެ، އިންސާނުންނަށް ކުރާ ނޭދެވޭ އަސަރު އިތުރުވަމުން ދާތީ، ހެޔޮ ބަދަލަށް މަސައްކަތް ކުރަން ގައުމުތަކަށް އޮންނަ ޕްރެޝަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ކޮޕް26 ސަމިޓުގައި ގިނަ ކަންކަން ހާސިލްކުރަން އެއްބަސްވާން ޖެހެ އެވެ.

އެގޮތުން 2015 ގައި އެކުލަވާލި ޕެރިސް އެއްބަސްވުން ތަންފީޒު ކުރުމުގެ ގަވާއިދު ފައިނަލް ކުރުމާއި، މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކަށް ކޮންމެ އަހަރަކު 100 ބިލިއަން ޑޮލަރު ހަދިޔާ ކުރަން 2009 ގައި ވީ ވައުދު ފުއްދަން ވެސް ޖެހެ އެވެ.

"2020 ގެ ކުރިން ކޮންމެ އަހަރަކު މަދުވެގެން 100 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވަނީ ވައުދުވެފައި. އަދި 2025 އިން ފެށިގެން ދޭ އަދަދު އިތުރު ކުރާނެ ކަމަށް ވެސް އެއްބަސްވި،" ކޮޕް26 އަށް ދިޔުމުގެ ކުރިން ހާސިލްކުރަން ޖެހޭ ފަސް ނުކުތާ ފާހަގަކޮށް ގައުމުތަކުން ނެރުނު ލިޔުމުގައި ވެ އެވެ.

އެ ލިޔުން ނެރުނު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ކެންޔާ، އިތިއޮޕިއާ، ގެބޯން، ސޯމާލިއާ، ފިލިޕީންސް، ބޫޓާން، ޓެންޒޭނިއާ އަދި ބޮލީވިއާ އެވެ.

"ނަމަވެސް މި ޓާގެޓަށް ވާސިލްވެވިފައި ނުވާއިރު، ވީ އެންމެ އަވަހަކަށް އެކަން ހައްލުކޮށް، މުއްސަނދި ގައުމުތަކަށް އިތުބާރު ކުރެވޭނެ ގޮތް ހަދައިދޭން ޖެހޭ،" އެ ލިޔުމުގައި ބުނެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox