މަސައްކަތުގެ ފެންވަރާއި ހާޒިރީގެ ވާދަ

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަހަރެން އެއް އިރެއްގައި މަސައްކަތްކުރި އޮފީހެއްގެ ވާހަކަ އެވެ. މުވައްޒަފުން ޑިއުޓީ ގަޑީގެ މާކުރިން ކާޑު ޖަހައި ހާޒިރީ ހޯދަނީޔޯލަ އެވެ. އެ ގޮތަށް ހާޒިރީ ޖަހާ މުވައްޒަފުން ކާޑު ޖެހުމަށްފަހު، އުޅޭނެ ތާކު އުޅެ، މަސައްކަތަށް ހާޒިރު ވާއިރު ހުންނަނީ ގަޑިޖެހިފަޔޯލަ އެވެ. އެހެން ނަމަވެސް ކާޑު މެޝިނަށް މާކުރިން ހާޒިރީ ފެންނާތީ، އިތުރު ގަޑީގެ ފައިސާ ނަގާނޭ ފުރުޞަތު އެ މުވައްޒަފުންނަށް ފަހިވެޔޯލަ އެވެ. އެ އޮފީހުން ހައްލެއް ކަމަށް ދުށީ، ކޮންމެ މުވައްޒަފެއްވެސް ޑިއުޓީ ގަޑީގެ އެއް ގަޑިއިރުގެ ކުރިން ކާޑު ޖަހައިފިނަމަ، އެއީ ހާޒިރު ނުވާ ދުވަހެއް ކަމުގައި ބަލައި މުސާރައިން އުނިކުރުމެވެ.

މާކުރީ ޒަމާނުއްސުރެ އަހަރެމެން ޤަބޫލުކުރާ ޤަބޫލުކުރުމަކީ، މަސައްކަތުގެ ފެންވަރު ދެއްކޭނީ އޮފީހަށް ގަޑިއަށް ހާޒިރުވެ، ގަޑިން ގަޑިއަށް ނިންމަން ހުންނަ މަސައްކަތްތައް ނިންމައިގެންކަމެވެ. ރަނގަޅު ވާހަކައެކެވެ. ބައެއް މީހުންގެ މަސައްކަތުގެ ބާވަތުން، ވަކި ގަޑިއެއްގައި ވަކި ތަނަކަށް ހާޒިރުވެގެން މެނުވީ އޭނާގެ މަސައްކަތެއް ނުކުރެވޭނެ އެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ އިދާރާއެއްގެ ޤަވާއިދު ދަށުން ކަނޑައަޅާފައިވާ ގަޑިތަކަށް އޮފީހުގައި ހާޒިރުވެ ތިބެން ދަތި މީހުންނެވެ. އެކަމަކު އޭނާގެ އަމިއްލަ ތާވަލުގެ ތެރެއިން ހަމަޖައްސާލައިގެން މަސައްކަތުގެ ސުންގަޑިއަށް މަސައްކަތް ނިންމާ މީހުންނެވެ. އަހަރެން ކުރިން މަސައްކަތްކުރި އޮފީހުގެ މިސާލު ފަދަ ދޯހަޅި ހައްލު ތަކަކީ މި ފަދަ މުވައްޒަފުންނަށް ވެވޭ ނާއިންސާފެއް ނޫންތޯ އެވެ.

ވަރަށް ގިނަ މީހުންގެ ޝަކުވާއެއް އަޑުއަހާލަމާތޯ އެވެ. ތިމަންނާ އުޅޭ އޮފީހުގައި ދުވަހަކުވެސް ގަޑި ނުޖެހޭ، ސަލާމް ނުބުނާ މުވައްޒަފެއް އުޅޭނެ އެވެ. އިތުރު ގަޑިއެއްވެސް ނުހަދާނެ އެވެ. ހާޒިރީ އެންމެ ރަނގަޅު މުވައްޒަފުންގެ ތެރޭގައި ހިމެނި، ކޮންމެ އަހަރަކު އޭނާއަށް އެވޯޑު ދޭނެ އެވެ. އެހެން ނަމަވެސް، އޭނާ ކުރާ އެއްވެސް މަސައްކަތެއް ފެންނާކަށް ނޯންނާނެ އެވެ. އޮފީހުގައި އެހެން މީހަކު އުޅޭނެ އެވެ. އޭނާއަކީ އެކަނިވެރި ބަފައެކެވެ. ތިން ކުދިން ތިން ގަޑިއަށް ސްކޫލަށް ގެންގޮސް ގެނެސް ހަދާތީ، ރަސްމީ ގަޑީގައި އޮފީހުގައި ހޭދަކުރާ ވަގުތު މަދު ވާނެ އެވެ. ބައެއް ދުވަސް ދުވަހު ގަޑިވެސް ޖެހޭނެ އެވެ. ވަރަށް ގިނައިން ޢާއިލީ ޒިންމާގެ ޗުއްޓީވެސް ނަގާނެ އެވެ. އެހެން ނަމަވެސް އަހަރު ނިމުމުން މުވައްޒަފުންގެ ފެންވަރު ބަލާއިރު، ހާޒިރީން އުނިވާ މާކުހެއް ނޫނީ އޭނާއަށް އުންޏެއް ނުވާނެ އެވެ. ރަސްމީ ގަޑީގައި ގެއްލޭ ވަގުތު އިތުރު ގަޑީގައި ނިކުމެގެން ހަމަކުރަނީ އިތުރު ގަޑީގެ ފައިސާ ނުނަގާ ހުރެގެންނެވެ. އެއްވެސް ސުންގަޑިއެއް ނުކަޓުވާ، އޮފީހުގެ ކުރިއެރުމަށް ކުރެވުނު މަސައްކަތެއް ކުރަނީ އަމާނާތްތެރިކަމާއި، ވަފާތެރިކަމާއެކުގަ އެވެ. އެހެން ނަމަވެސް އަހަރީ ދުވަހު އޭނާއަށް ލިބޭ އެވޯޑެއް ނޯވެ އެވެ. ގިނަ ފަހަރަށް އޮފީސް ދަތުރެއްގައިވެސް އޭނާއަށް ބައިވެރި ނުވެވެ އެވެ. އެންމެ ފަހުން ހާޒިރީގެ މައްސަލައިގައި ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރި ފަހުން އެ މަޤާމަށް ގެންނަންޖެހުނީ އޭނާއަށް ވުރެ ފެންވަރު ދެރަ، މަސައްކަތް ލަސް، އެހެން ނަމަވެސް ހާޒިރީ ރަނގަޅު މީހެކެވެ.

އޮފީސް މާހައުލުގައި ފެންނަނީ ހަމައެކަނި މި ދެ ބާވަތުގެ މުވައްޒަފުންނެއް ނޫނެވެ. ހާޒިރީ ރަނގަޅުވެފައި މަސައްކަތުގެ ފެންވަރު ވެސް އެހާ ރަނގަޅު، ނަމޫނާ މުވައްޒަފުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އެކަނިވެރި މަޔަކަށް ވަޒީފާގެ މައިދާނުން ލިބެން ޖެހޭ ލުއި ނުލިބި އޭނާ އަކީ ވަޒީފާ ނެތް މީހަކަށްވެ، ދައުލަތުން އެހީދޭން ޖެހޭ މީހަކަށް ވުމަކީވެސް ހައްލެއް ކަމަށް ބަލަންވީ ހެއްޔެވެ؟ ފެންވަރު ހުރި، މަތީ ތަޢުލީމު ޙާޞިލުކޮށްފައި ތިބޭ އެކަނިވެރި މައިންނަކީވެސް ޤައުމަށް ވަޒީފާގެ ބާޒާރުގައި ވެސް ޚިދުމަތްތައް ވިއްކޭނޭ މީހުންކަން ވަޒީފާ ދޭ ފަރާތްތަކުން ދަންނާން ޖެހެއެވެ. އަމުދުން މިހާރު، "ނިއު ނޯމަލް"ގެ ދަށުން، ގޭގައި ތިބެ މަސައްކަތްކުރުމަކީ ކަޑަކަމެއް ކަމަށް ކުރިން އޮތް ތަޢައްޞަބު ބަދަލުވެފައިވާއިރު، ގޭގައި ތިބެގެން ކުރާ މަސައްކަތުންވެސް އެފަދަ މީހުންގެ ހުނަރާއި ތަޖުރިބާއާ މުނާސަބު މުސާރައެއް ހޯދޭނޭ ފުރުޞަތުތައް ފަހިކުރުން ކީއްތޯ އެވެ؟ މިފަދަ އުޞޫލެއް ބައްޓަންކުރެވިއްޖެނަމަ، "ޓައީ އަޅައި ބެގީކޮށްގެން" ވަކި ގަޑިއަކަށް ވެލާނާގެއަށް ނުދިޔަޔަސް މުސާރަވެރިންނަށް ވެވިދާނޭ ފުރުޞަތު ދެވުނީ އެވެ. ދައުލަތުން އިނާޔަތް ދޭންޖެހޭ އާބާދީން ބޮލެއް އުނިކުރެވުނީ އެވެ. ރައްޔިތަކު ބާރުވެރިކުރެވުނީ އެވެ.

ހާޒިރީން ދޭ ލުއިތަކުގެ ނާޖާއިޒު ފައިދާ ނަގާ ބަޔަކު ތިބީތީ، އެ ލުއިތަކުން ޙަޤީޤީ ފައިދާ ލިބޭ މީހުންނަށް ދަތިކުރުމަކީ ހައްލެއް ނޫނެވެ. މުވައްޒަފުންގެ ސުޕަވައިޒަރުންގެ ޒިންމާ ރަނގަޅަށް އަދާކުރާ ނަމަ، ހާޒިރީގެ ނާޖާއިޒު ފައިދާ ނަގާ މުވައްޒަފާ މެދު ވަކީން ފިޔަވަޅު އެޅޭނެ އެވެ. އޭގެ ނޭދެވޭ އަސަރު އެހެން މުވައްޒަފުންނަށް ފޯރާކަށް ނުޖެހެ އެވެ.

ކޮންމެ އޮފީހަކީވެސް ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް، ވަކި ލަނޑުދަނޑިތަކަކަށް ހާޞިލުވުމަށް މަސައްކަތްކުރާ ތަނެކެވެ. ވަރަށް ގިނަ ފަހަރު، ހާޒިރީ އާއި އެނޫންވެސް އިދާރީ "ކަވިކަމުގެ" ތެރޭގައި މަސައްކަތުގެ ހަގީގީ މަޤްޞަދު އޮޅޭތަން ފެނެ އެވެ. ލަނޑުދަނޑިތައް ޙާޞިލުކޮށް އެ ތަޞައްވުރު ޙަޤީޤަތަކަށް ހެދެން އޮތީ، މަސައްކަތްތެރި މުވައްޒަފުންގެ އެހީގަ އެވެ. ހަމައެކަނި ގަޑި ނުޖެހި އޮފީހަށް އައިސް ސޮއިކޮށްލުމުން ފުދޭ އުޞޫލު ބާވެ، މުސްކުޅިވެއްޖެ އެވެ. މިއަދު މުވައްޒަފަކު ހާޒިރުވީ ކަމަށް ބަލަންވީ ކުރި މަސައްކަތްވެސް ހާޒިރީ ކިރާ ތިލަފަތުން މިނެކިރައިގެންނެވެ. ހާޒިރީއިން ދޭ ލުއިތައް ނުވަތަ "ފްލެކްސިބިލިޓީ"އަކީ ހަމައެކަނި ބޮސްގެ ކޮފީ މޭޒު ފަޅުފިލުވައިދޭ މުވައްޒަފުންނަށް ލިބޭ ލުޔެއް ކަމަށް އޮންނަ އޮތުން ނިމުމަކަށް ގެނެސްގެންނެވެ. ހާޒިރީ އަކީ މަސައްކަތުގެ މާހައުލުގެ ބަލިފައިކަމުގައި ވެގެން ކަމަކުދާކަށް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox