ޔޫރޯގެ މޮޅު ކުޅުންތެރިޔާ އިޓަލީގެ ޑޮންނަރުންމާ ޕީއެސްޖީ އަށް

Jul 15, 2021, 2:27 AM
ޔޫރޯގެ މޮޅު ކުޅުންތެރިޔާ އިޓަލީގެ ޑޮންނަރުންމާ ޕީއެސްޖީ އަށް

ޕެރިސް (ޖުލައި 15) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ސޮއިކޮށްފި އެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން އުމުރުން 22 އަހަރުގެ ޑޮންނަރުންމާ ޕީއެސްޖީ އަށް ސޮއިކުރީ ފަސް އަހަރުގެ އެއްބަަސްވުމެއްގަ އެވެ. އޭނާ މިހާތަނަށް ކުޅެމުން އައީ އިޓަލީގެ އޭސީ މިލާން އަށެވެ. ޕީއެސްޖީއާ ގުޅުނީ މިލާނުން އެއްބަސްވުން އާ ކުރަން ހުށަހެޅި ނަމަވެސް އެހެން ޗެލެންޖެއް ނެގުމާއި ބޮޑު މުސާރައެއް ހޯދުމަށެވެ.

"މި ކްލަބާ (ޕީއެސްޖީ)އާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ގިނަ ކާމިޔާބީތަކެއް ހޯދައި ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރަން ވަރަށް މަސައްކަތް ކުރަން ބޭނުން. ޕީއެސްޖީއާ ގުޅުމަކީ ރަނގަޅު ނިންމުމެއްކަން ސާބިތުކޮށްދޭން ވެސް ބޭނުން،" ޑޮންނަރުންމާ ބުންޏެވެ.

އިޓަލީގެ ކޯޗުކަމާ 2018 ވަނަ އަހަރު ރޮބާޓޯ މަންޗިނީ ހަވާލުވި ފަހުން ޑޮންނަރުންމާ އަކީ އެ ޓީމުގެ އެއް ވަނަ ގޯޯލްކީޕަރެވެ. މި ފަހަރުގެ ޔޫރޯގައި އިޓަލީ ޗެމްޕިއަންކަން ހޯދިއިރު، ޑޮންނަރުންމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ސެމީ ފައިނަލާއި ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އިޓަލީ މޮޅުވިއިރު، ޑޮންނަރުންމާ ތަފާތު ދެއްކި އެވެ.

އިޓަލީގެ މެޗެއްގެ ތެރެއިން ޑޮންނަރުންމާ.-- ފޮޓޯ: އޭއެފްޕީ

ޑޮންނަރުންމާގެ ފުޓްބޯޅަ ކެރިއަރުގައި ކުރިއަށް ދާން މަގު ކޮށައިދިނީ އޭނާ އަށް ހުރިހާ ފުރުސަތެއް ހުޅުވާލައިދިން ކްލަބް އޭސީ މިލާނުންނެވެ. މިލާންގެ އެކެޑަމީ އަށް ޒުވާން އުމުރުގައި ގަނެ، ޑޮންރުންމާ އަށް ސީނިއާ ޓީމުގައި ހިމެނެން މެޗެއްގައި ފުރުސަތު ދިނީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ 16 ވަނަ އުފަން ދުވަހުގެ ތިން ދުވަސް ކުރިންނެވެ. އެ ދުވަހުގެ މެޗުގައި ނުކުޅުނު ނަމަވެސް ޑޮންނަރުންމާ ބެންޗަށް ގެނެވުނީ ވެސް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އެއީ އޭނާ ޕްރޮފެޝަނަލް މެޗަކަށް ނުކުންނަ ވަރަށް ވުރެ ޅަ ކުޅުންތެރިއަކަށް ވުމުންނެވެ.

އޭގެ ހަ ވަރަކަށް މަސް ފަހުން ޑޮންނަރުންމާ ވަނީ އިޓާލިއަން ލީގުގެ މެޗެއްގައި މިލާންގެ ގޯލު ބަލަހައްޓައިފަ އެވެ. މިލާން ގޯލުގައި 25 އޮކްޓޫބަރު 2015، ވަނަ ދުވަހު ކުޅުނު މެޗާ އެކު ޑޮންނަރުންމާ ވެފައިވަނީ އިޓަލީގެ ފުޓްބޯޅަ ތާރީހުގައި ލީގުގެ މެޗެއްގައި ކުޅުނު ދެ ވަނަ އަށް އެންމެ ޒުވާން ގޯލްކީޕަރަށެވެ. އެ މެޗުގައި ކުޅުނުއިރު، ޑޮންނަރުންމާގެ އުމުރަކީ 16 އަހަރާއި 242 ދުވަހެވެ. އެންމެ ޒުވާން އުމުރުގައި ކުޅުނު ގޯލްކީޕަަރު ޖިއުސިޕޭ ސާޗީ އާއި ޑޮންނަރުންމާގެ ދެމެދު ފުރަތަމަ މެޗު ކުޅުނުއިރު އުޅެނީ 13 ދުވަހުގެ ފަރަގެކެވެ. ފުރަތަމަ ފުރުސަތު ދިންތާ މާގިނަ ދުވަހެއް ނުވެ ޑޮންނަރުންމާ ވަނީ މިލާންގެ އެއް ވަނަ ކީޕަރަކަށް ޕްރޮމޯޓްކޮށްފަ އެވެ.

ޑޮންނަރުންމާ ވަނީ ފަހަކަށް އައިސް މިލާން ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ ތެރޭގައި ޑޮންނަރުންމާގެ އިތުރުން ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އާއި ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް ވެސް ވަނީ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ. މީގެ އިތުރުން އިންޓަ މިލާނަށް ކުޅެމުން އަންނަ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ ވަނީ 70 މިލިއަން ޑޮލަރުގެ ފީ އަކަށް ޕީއެސްޖީ އަށް ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox