އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލްއާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް: އޭނާގެ މައްޗަށް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށްފައި.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް: އޭނާގެ މައްޗަށް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއްކޮށްފައި.

އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު އެތަނުގެ ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލަ އެޑިއުކޭޝަނުން ބަލައި ފިޔަވަޅު އެޅުމެއް ނެތި އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމުމަކީ "ޕްރޮމޯޝަނެއްގެ" ގޮތުގައި ސިފަކޮށް ޓީޗާސް އެސޯސިއޭޝަނާއި ޓީޗަރުން ތަމްސީލްކުރާ ލޯފާމުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

މާލޭގައި އެންމެ ފަހުން ހުޅުވި ސްކޫލްގެ ޕްރިންސިޕަލާ ދެކޮޅަށް ބޮޑު ތުހުމަތުތަކަކާ އެކު ތެދުވީ އެތަނުގެ ހަ ޓީޗަރެކެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީއަށް ވެސް މި މައްސަލަ ހުށަހެޅި އެވެ.

އެޑިއުކޭޝަނުން ވަނީ ތުހުމަތުކުރި ޓީޗަރުންނާ ވަކިން އިންޓަވިއުކޮށް ބަޔާން ވެސް ނަގައި 19 ސޮފްހާގެ ރިޕޯޓެއް އެކުލަވާލައިފަ އެވެ.

ޕްރިންސިޕަލަށް އަމާޒުކުރި ތުހުމަތުތަކާއި އެ ޓީޗަރުންނަށް ބޭއިންސާފުވި ކަމަށް ނެރުނު ދެ ބަޔާނާ ގުޅިގެން އެޑިއުކޭޝަނުން ބުނީ ޓީޗާސް އެސޯސިއޭޝަނާއި ލޯޔަރުން ދައްކާފައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ދެ ބަޔާނުން މައްސަލަ އޮޅޭ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

އެޑިއުކޭޝަނުން ބުނިގޮތުގައި ޓީޗަރުންތަކެއް އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމުމުގައި، ހުށަހަޅާފައި އޮތް ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅުމެއް ނެތެވެ.

ޓީޗަރުންގެ ތުހުމަތުތަކާ ގުޅިގެން "އަދަދު"ން އިސްމާއިލް ނަސީރަށް ގުޅުމުން އޭނާ ވެސް ވަނީ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ވިދާޅުވީ އެއީ އެ ސްކޫލުން އިސްތިއުފާ ދެއްވި ލީޑިން ޓީޗަރުންތަކެއް އޭނާއާ ދެކޮޅަށް އުފައްދައިގެން އުޅޭ އަގު ވައްޓާލުމުގެ މައްސަލައެއް ކަމަށެވެ.

ޓީޗާސް އެސޯސިއޭޝަނާއި ލޯޔަރުންގެ ކަންބޮޑުވުން: ފިޔަވަޅު އެޅީ ޓީޗަރުންނަށް

ތައުލީމީ ދާއިރާގައި މަަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް އަޑުއުފުލާ ޖަމިއްޔާ، ޓީޗާސް އެސޯސިއޭޝަނުން ބުނީ އިއްޒުއްދީން ޕްރިންސިޕަލް އެތަނުގެ ހަ ޓީޗަރަކަށް އެކި ކަހަލަ ފުރައްސާރަކޮށްފައިވާ އިރު އޭގެތެރޭގައި ޖިންސީ ފުރައްސާރަ ވެސް ހިމެނޭ ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިޓީން މި މައްސަލަ ބެލިއިރު އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އާއި ލޯޔަރުން ބުނެ އެވެ.

ތުހުމަތުތައް ސާބިތުވެފައި ވަނިކޮށް އޭނާއާ މެދު ފިޔަވަޅެއް ނާޅައި ޕްރޮމޯޝަނަކާ އެކު ސްކޫލް ބަދަލުކޮށްފައިވާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުންޏެވެ.

"ތައުލީމީ ދާއިރާގެ ގަދަރުވެރި މަގާމެއްގައި ހުރެ އޭނާގެ ދަށުން ތިބި މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަން ސާބިތުވެފައިވީ ހިނދު އަނިޔާދިން ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މަސައްކަތް ކުރަމުންދާ ދިއުން މި ޖަމިއްޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވީ ޓީޗަރުންނާ މެދު އެޑިއުކޭޝަނުން ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ދެކެ އެވެ. އެ ޓީޗަރުންނާ މަޝްވަރާ ކުރުމެއް ނެތި އެ އެޑިއުކޭޝަނުން ފިޔަވަޅު އަޅާފައިވާ ކަމަށާއި މިއީ މަޝްވަރާކުރުމެއް ނެތި އަޅާފައިވާ ބޭއިންސާފު ފިޔަވަޅެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

އެ ހަ ޓީޗަރުން ވަނީ އިއްޒުންދީން ސްކޫލުން ބަދަލުކުރަން ނިންމައިފަ އެވެ.

ޓީޗާސް އެސޯސިއޭޝަނުން ގޮވާލީ މި މައްސަލަ ރައްދުވާ ޓީޗަރުންގެ މަސްލަހަތު އިސްކޮށް ބޭއިންސާފުން އަމަލުކުރުން ހުއްޓާލުމަށެވެ. އަދި ޕްރިންސިޕަލްގެ ޝިކާރައަކަށް ވީ ޓީޗަރުންނާ މެދު އެޅި ފިޔަވަޅު އަނބުރާ ގެނައުމަށެވެ.

މި މައްސަލައިގައި "އަދަދު" އިން ވާހަކަ ދެއްކި އިއްޒުއްދީން ސްކޫލްގެ ބައެއް ޓީޗަރުން ވިދާޅުވީ އެ ސްކޫލްގެ ތެރޭގައި މިދިޔަ މާޗް މަހުން ފެށިގެން "ބޮޑު މައްސަލައެއް" އުފެދިފައިވާ ކަމަށެވެ. ލީޑިން ޓީޗަރުގެ މަގާމުން ހަތަރު ޓީޗަރަކު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލް: އެ ސްކޫލްގެ ޕްރިންސިޕަލާ ދެކޮޅަށް ހުށަހެޅި މައްސަލައެއް އެޑިއުކޭޝަނުން އަންނަނީ ބަލަމުން.

ބައެއް ޓީޗަރުން ވިދާޅުވާ ގޮތުގައި، ޕްރިންސިޕަލް ރޫމަށް ލީޑިން ޓީޗަރުން މާ ގިނައިން ވެއްދުމާއި ޒާތީ ވާހަކަތައް ހިއްސާކުރުމާއި ރޭގަނޑު ދަންވަރު މެސެޖްކުރުން ފަދަ ކުރައްވަން ނުޖެހޭ ކަންކަން ކުރިމަތިވެފައިވާ ކަމުގެ ކަންބޮޑުވުން ބައެއް ޓީޗަރުންގެ މެދުގައި އެބައޮތެވެ.

"އަޅުގަނޑު ވެސް މި ފީލްޑްގައި 20 އަހަރު މިވީ، އެކަމަކު މާގިނައިން ޕްރިންސިޕަލް ރޫމަށް ގެންދިއުމާއިި ދަންވަރު މެސެޖްކުރުން ފަދަ ކަންކަން ދިމައެއް ނުވޭ. އެ ކަހަލަ ކަންކަން ބައެއް ޓީޗަރުންނަށް ކުރިމަތިވުން މައްސަލައަކަށް ވީ،" ޕްރިންސިޕަލާ ދެކޮޅަށް މައްސަލަ ހުށަހެޅި ޓީޗަރުންގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.

އެހެން ޓީޗަރަކު ވިދާޅުވީ ޓީޗާސް އެސޯސިއޭޝަނާއި ލޯޔަރުންގެ ފަރާތުން ތުހުމަތުކޮށްފައިވާ ފަދަ ކަމެއް އިސްމާއިލް ނަސީރުގެ ފަރާތުން އޭނާއަށް ފާހަގަކުރެއްވިފައި ނުވާ ކަމަށެވެ. ޕްރިންސިޕަލް އޭނާ ސިފަކުރެއްވީ ވަރަށް ހިންގުންތެރި، ބުރަކޮށް އުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

"މިހެން ދެންނެވިއަސް އަޅުގަނޑަކަށް ނޭނގިދާނެ މައްސަލަ ހުށަހެޅުއްވި ބޭފުޅުންނަށް އެ ކުރިމަތިވި ކަންކަން. އަޅުގަނޑާ ހިއްސާ ވެސް ކުރައްވައިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ލީޑިން ޓީޗަރުންތަކެއް އިސްތިއުފާ ދެއްވީ މަސައްކަތުގައި ބުރަކަމުން ކަަމަށް އޭރު ޕްރިންސިޕަލް ވިދާޅުވި ކަމަށާއި އެކަމަކު އެ ޓީޗަރުންނަކީ އެއަށް ވުރެ ދާއިރާ ދެކެ ލޯބިވާ ބޭފުޅުންތަކެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ޕްރިންސިޕަލާ ދެކޮޅަށް ތެދުވި ޓީޗަރުންގެ ދިފާއުގައި ހަރަކާތްތެރިވާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބުނީ މައްސަލަ ހުށަހެޅި ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުކޮށްފައި ވަނީ އެ މީހުންގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ކަމަށެވެ. މިއީ ހައްގު ހޯދަން ތެދުވުމުން އެޅި ނުހައްގު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"މިކަމަކީ މައްސަލަ ހުށަހެޅުމުން ލިބުނު އަދަބެއް ކަމުގައި ބެލެވި މިފަދަ އަމަލުތައް ތަހައްމަލް ކުރަން ޖެހިފައިވާ އެހެން ފަރާތްތައް ވެސް މިފަދަ މައްސަލަތައް ހުށަހެޅުމަށް ބިރުގަނެ ޖެހިލުންވުމަކީ އެކަށީގެންވާ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

"އަދި މިއީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ މަގްސަދާ ވެސް ކަނޑައެޅިގެން ހިލާފު ކަމެކެވެ."

ޕްރިންސިޕަލް ވިދާޅުވީ އަގު ވައްޓާލުން ކަމަށް

ޓީޗަރުންގެ ތުހުމަތައް ދޮގުކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ ދެ މަސްކުރިން އިސްތިއުފާ ދެއްވި ޓީޗަރުންތަކެއް އޭނާއާ ދެކޮޅަށް ހުށަހެޅީ އަސާސެއް ނެތް ތުހުމަތުތަކެއް ކަަމަށެވެ. ބޭނުމަކީ އަގު ވައްޓާލުން ކަަމަށާއި އިސްތިއުފާ ދެއްވީ މުޅިން އެހެން ސަބަބުތައް ދައްކާފައި ކަަމަށް ވިދާޅުވި އެވެ.

"ފަހުން މި އަންނަނީ މުޅިން އެހެން ތުހުމަތުތަކެއް، އެކަން މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ވެސް އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

އިސްމާއިލް ނަސީރު ވިދާޅުވި ގޮތުގައި އޭނާއަށް ތުހުމަތުކުރާ ފަދަ ކަމެއް ނެތް ކަން އެޑިއުކޭޝަނުގެ ރިޕޯޓުން ވެސް ސާފުވާން އޮންނާނެ އެވެ. މި ތުހުމަތުތައް އޭނާގެ މައްޗަށްކޮށް، ބިރު ދައްކައި ފުރައްސާރަކޮށް ފާރަލުން ފަދަ އަމަލުތަކެއް ހިންގާފައިވާ ކަަމަށާއި އެކަން އޭނާ އެޑިއުކޭޝަނަށް ހުށަހެޅި ކަަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރޮމޯޝަން ދިން ކަމަށް ފަތުރަނީ ވެސް ހަގީގަތާ ހިލާފަށެވެ. ބިރުދެއްކުންތަކާ ހެދި ސްކޫލް ބަދަލުކޮށްދޭން އެދިވަޑައިގަތީ އޭނާ އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދުނީ ބަދަލުކޮށްދޭން، އެކަމަކު އަދި ވަކި ގޮތެއް ނުނިމޭތީ ލީވްގައި އަދި މިހިރީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ބަދަލުވާން އެދިވަޑައިގެންފައި އޮތީ ރ. އަތޮޅުގެ ސްކޫލަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox