ޔޫއޭއީގެ އެމްބަސީއެއް އިޒްރޭލުގައި ހުޅުވައިފި

އިޒްރޭލާއި ޔޫއޭއީގެ ދިދަ.--

އިޒްރޭލާއި ޔޫއޭއީގެ ދިދަ.--

ތެލް އަވީވް، އިޒްރޭލް (ޖުލައި 14) - އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ގުޅުން ރަނގަޅު ކުރުން މިދިޔަ އަހަރު އެމެރިކާ މެދުވެރިވެގެން ސޮއިކުރި އެއްބަސްވުމުގެ ދަށުން އިޒްރޭލުގައި ޔޫއޭއީގެ އެމްބަސީއެއް ހުޅުވައިފި އެވެ.

އެމްބަސީ ގާއިމްކޮށްފައި ވަނީ އިޒްރޭލުގެ ފައިނޭންޝަލް ޑިސްޓްރިކްޓުގައި އަލަށް ހުޅުވި ސްޓޮކް އެކްސްޗޭންޖު އިމާރާތު ގަ އެވެ. އެކަމުން ރަމްޒުކޮށްދެނީ އިޒްރޭލާއި ޔޫއޭއީގެ ގުޅުން ރަނގަޅު ކުރަން އިގްތިސާދީ އަދި މާލީ ކަންކަން އަދާ ކުރާ ދައުރެވެ.

ޔޫއޭއީއަކީ އިޒްރޭލުގެ ޔަހޫދީ ދައުލަތް ބަލައިގަތް ތިން ވަނަ އަރަބި މެޖޯރިޓީ ގައުމެވެ.

އެމްބަސީ ހުޅުވީ އިޒްރޭލުގެ އާ ރައީސް އިސްހާގް ހެރްޒޮގް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއް ގަ އެވެ. ޔޫއޭއީގެ ސަފީރު މުހައްމަދު އަލް ހާޖާ ވިދާޅުވީ މިއީ "ތަރައްގީވަމުންދާ ދެ ގައުމުގެ ގުޅުމުގައި މުހިއްމު ކާމިޔާބެއް" ކަމަށެވެ.

"ޔޫއޭއީ އާއި އިޒްރޭލަކީ ވެސް އާ އީޖާދުތަކަށް އިސްކަންދޭ ދެ ގައުމު. އެކަން ކުރިއަށް ނެރިގެން ދެ ގައުމާއި، މި ސަރަހައްދަށް ދެމެހެއްޓެނިވި އަދި ފާގަތި ކުރިމަގެއް ގެނައުމަށް އެކުގައި މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ހެރްޒޮގް ވިދާޅުވީ ޔޫއޭއީއާ އެކު ވެފައިވާ "ތާރީހީ އެއްބަސްވުމުގައި" ހިމެނޭ ކަންކަން "އިޒްރޭލާއެކު ސުލްހަވެރި ގުޅުމެއް ބާއްވަން ބޭނުންވާ އެހެން ގައުމުތަކަށް ވެސް" ފުޅާކުރަން ވިސްނަމުންދާ ކަމަށެވެ.

ދާދި ފަހުން އިޒްރޭލާއި ޔޫއޭއީން ވަނީ ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާއި މާލީ ކަންކަމާ ގުޅޭ އެއްބަސްވުންތައް ހިމެނެ އެވެ. އެ ހުރިހާ އެއްބަސްވުމެއްގައި ވެސް ސޮއިކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވާ އުފެއްދެވި "އަބްރަހަމް އެކޯޑްސް" ގެ ދަށުންނެވެ.

މިދިޔަ މަހު އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް ވަނީ ޔޫއޭއީއަށް ވަޑައިގެން އަބޫ ދާބީގައި އިޒްރޭލުގެ ކޮންޒިއުލޭޓު ހުޅުއްވާފަ އެވެ. އޭނާއަކީ ޔޫއޭއީއަށް މިހާތަނަށް ވަޑައިގެންނެވި އިޒްރޭލުގެ އެންމެ އިސް އޮފިޝަލެވެ.

އިޒްރޭލާއެކު ގުޅުން ގާއިމް ކުރަން ޔޫއޭއީއިން ނިންމުމުން ފަލަސްތީނުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެއީ އިޒްރޭލާ ފަލަސްތީނާ ދެމެދު ސުލްހައި ގާއިމް ކުރުމުގެ ކުރިން އިޒްރޭލާއެކު އަރަބި އެއްވެސް ގައުމަކުން ގުޅުން ނުބާއްވަން ތާރީހީ ގޮތުން ނިންމާފައި އޮންނާތީ އެވެ.

ޔޫއޭއީއަށް ފަހު އިޒްރޭލުން ވަނީ އިތުރު އިސްލާމީ ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ. އެގޮތުން ބަހްރެއިން، މޮރޮކޯ އަދި ސޫދާން ފާހަގަކުރެވެ އެވެ. އެކަމާ މެދު ހިތްހަމަނުޖެހި ފަލަސްތީނު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox