ކަސިއަސް އާއި ރައުލްގެ އަގުވައްޓާލަން ޕެރޭޒް ދެއްކި ވާހަކައިގެ މައްސަލަ ހޫނުވެއްޖެ

Jul 14, 2021, 7:34 AM
ކަސިއަސް އާއި ރައުލްގެ އަގުވައްޓާލަން ޕެރޭޒް ދެއްކި ވާހަކައިގެ މައްސަލަ ހޫނުވެއްޖެ

މެޑްރިޑް (ޖުލައި 14) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެ ކްލަބްގެ ދެ ލެޖެންޑުން ކަމަށްވާ އިކާ ކަސިއަސް އާއި ރައުލް ގޮންޒާލޭޒާ ބެހޭގޮތުން އަގުވައްޓާލާ ގޮތަށް ދެއްކެވި ވާހަކަތަކެއްގެ މައްސަލަ ހޫނުވެއްޖެ އެވެ.

ރެއާލްގެ ރައީސްކަން ފުރަތަމަ ދައުރުގައި ކުރެއްވުމަށް ފަހު ބްރޭކެއްގައި ހުންނަވައި ޕެރޭޒް 2006 ވަނަ އަހަރު ދެއްކެވި ވާހަކަތަކެއްގެ ތެރެއިން ލީކުވި އޯޑިއޯގައި، އޭނާ ވަނީ ރައުލް އާއި ކަސިއަސް އަކީ ރެއާލަށް ކުޅޭ ފެންވަރަށް ވުރެ ދަށް ކުޅުންތެރިން ކަމަށް ވިދާޅުވެފަ އެވެ. އަދި ކަސިއަސް އާއި ރައުލް އަކީ އޮޅުވާލައިގެން ރެއާލަށް ކުޅުނު ދެ ކުޅުންތެރިން ކަމަށް ވިދާޅުވެ، އެ މީހުންގެ އަގުވެއްޓޭގޮތަށް ޕެރޭޒް ދެއްކެވި ވާހަކަތައް ފުރަތަމަ ލިޔުނީ ސްޕެއިނުގެ "އެލް ކޮންފިޑެންޝިއަލް" ނޫހުންނެވެ.

ކަސިއަސް އާއި ރައުލް އަށް ރެއާލްގައި ހުރެ ރިޓަޔާކުރުމުގެ ފުރުސަތު ނުދިނީ ޕެރޭޒް ކަމަށް ބުނެ، މީގެ ކުރިން ވެސް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. ކަސިއަސް ރެއާލް ދޫކޮށް ކުޅުނީ ޕޯޗުގަލްގެ ޕޯޓޯ އަށެވެ. އަދި ރައުލް އެންމެ ފުރަތަމަ ރެއާލް ދޫކޮށް ޖަރުމަނުގެ ޝާލްކާ އަށް ކުޅުނު ނަމަވެސް ފަހުން އެހެން ޓީމުތަކުން ވެސް ފެނުނެވެ. ރައުލް، މި ވަގުތު ރެއާލް ބީ ޓީމުގެ ކޯޗަކަށް ހުރިއިރު، ކަސިއަސް އަކީ ކްލަބްގެ އެމްބަސަޑަރެކެވެ.

ޕެރޭޒް ދެއްކެވި ކަމަށް ވިދާޅުވެ، ސްޕެއިނުގެ ނޫސްތަކުގައި އެ ވާހަކަތައް ޝާއިއު ކުރުމާ އެކު ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވި އެވެ. އެއާ އެކު ރެއާލުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ދައުރުވަމުންދާ އޯޑިއޯ އަކީ މީގެ އަހަރުތަކެއް ކުރިން ޕެރޭޒާއި ހޯސޭ އަލްބާޓޯ އަބޭލާންއާ ދެެކެވުނު ވާހަކަތަކެއްގެ ތެރެއިން ރެކޯޑްކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ. އެކަމަކު މި އޯޑިއޯ ލީކުކޮށްލާފައިވަނީ ވަކި ބައިތަކެއް އުނިކޮށް ވަކި މަގުސަދެއް ހާސިލްކުރުމުގެ ގޮތުން ކަމަށް ރެއާލްގެ ބަޔާނުގައިވެ އެވެ.

މި އޯޑިއޯ ލީކުކޮށްލުމުގެ ކުރިން އެންމެ ފުރަތަމަ މަސައްކަތްކުރީ ވިއްކާލުމަށް ކަމަށާއި އެކަމަކު އެ ގޮތަށް އެހެން ނުވުމުން ދެން "އެލް ކޮންފިޑެންޝަލް" އަށް ދީގެން މީޑިއާ އަށް ގެނައީ ކަމަށެވެ.

"މިއީ އަހަރެމެން ސުޕަ ލީގުގެ މަސައްކަތުގައި އުޅޭތީ އެކަން ހުއްޓުވައި އެހެން މަންފާއެއް ހޯދަން ކުރި ކަމެއް،" ރެއާލްގެ ބަޔާނުގައިވެ އެވެ.

ޕެރޭޒް ވަނީ މި މައްސަލަ އޭނާގެ ގާނޫނީ ޓީމާ ހަވާލުކޮށްފަ އެވެ. އަދި މި މައްސަލައިގައި ރެއާލްގެ ގާނޫނީ ޓީމުން ވެސް ބައިވެރިވާނެ އެވެ.

ޔުއެފާ އާއި ފީފާއާ ދެކޮޅަށް ރެއާލްގެ ރައީސް ޕެރޭޒް އިސްވެ، ވުޖޫދަށް ގެންނަން މަސައްކަތްކުރަމުން އަންނަ ސުޕަ ލީގާ ދެކޮޅަށް ގިނަ އިންޒާރުތަކެއް އަންނަނީ ލިބެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox