ދެކުނު އެފްރިކާގެ ހަމަނުޖެހުމުގައި 72 މީހުން މަރުވެއްޖެ

ދެކުނު އެފްރިކާގެ ހަމަނުޖެހުމުގައި ސިފައިން ނުކުމެ ބަޔަކު ހައްޔަރުކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ދެކުނު އެފްރިކާގެ ހަމަނުޖެހުމުގައި ސިފައިން ނުކުމެ ބަޔަކު ހައްޔަރުކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ޖޮހަނެސްބާގް، ދެކުނު އެފްރިކާ (ޖުލައި 14) - ދެކުނު އެފްރިކާގައި ހިނގަމުންދާ ހަމަނުމުގައި ފިހާރަތަކާއި ގުދަންތައް ލޫޓުވަމުންދާތާ ފަސް ވަނަ ދުވަހާ ހަމައަށް އައިއިރު މަރުވި މީހުންގެ އަދަދު 72 އަށް އަރައިފި އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރަން ރައީސް ސިރިލް ރަމަފޯސާ ވަނީ ސިފައިން ނެރުއްވާފަ އެވެ. ނަމަވެސް ޖޮހަނެސްބާގް އާއި ކުވާޒުލޫ-ނަތާލްގައި އަދިވެސް ސުލްހަ ގާއިމްކުރެވިފައެއް ނުވެ އެވެ. ހަމަނުޖެހުން އުފެދުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ.

ފުލުހުންނަށް އެހީވުމަށް 2500 ސިފައިންގެ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ހަމަނުޖެހުން އުފެދުނީ ކުރީގެ ރައީސް ޖޭކޮބް ޒޫމާއަށް ކޮރަޕްޝަނާ ގުޅިގެން އައި 15 މަހުގެ ހުކުމް މިދިޔަ ހުކުރު ދުވަހު ތަންފީޒު ކުރަން ފެއްޓެވުމުންނެވެ.

ފުލުހުން ބުނީ އެ ދުވަހުން ފެށިގެން މިހާތަނަށް 72 މީހަކު މަރުވެފައިވާ ކަމަށާއި ގިނަ މީހުން މަރުވީ ފިހާރަތައް ލޫޓުވަން އުޅުމުގެ ތެރޭގައި ފިތިބާރުވެގެން ކަމަށެވެ. އިތުރު ބައެއް މީހުން މަރުވީ ބަޑި ޖެހުމާއި އޭޓީއެމްތައް ގޮއްވާލުމުގެ ހާދިސާތަކުގަ އެވެ.

މިހާތަނަށް 1،234 މީހަކު ހައްޔަރުކޮށްފައި ވާއިރު، މި ހަމަނުޖެހުން ހިންގުމުގައި އަދިވެސް އެތައް ހާސް ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އާއްމުވަމުންދާ ވީޑިއޯތަކުން ފެންނަނީ އަންހެނުންނާއި، ފިރިހެނުންނާއި ކުޑަކުދިން ވެސް ފިހާރަތަކަށް ވަދެ، ތަކެތި ހިފައިގެންދާ މަންޒަރެވެ.

ބައެއް މީހުން އޭއެފްޕީއަށް ބުނީ ހަމަނުޖެހުމުގެ ތެރެއިން ފިހާރަތަކުން ތަކެތި ނަގަން ފެށީ، މުޅި އުމުރު ފަގީރު ހާލަތުގައި އުޅެން ޖެހިފައި ވަނިކޮށް، ފެނުނު މި ފުރުސަތުގެ ބޭނުން ހިފުމުގެ ގޮތުން ކަމަށެވެ.

"އަހަރެން ޒޫމާއާ މެދު އެއްވެސް ކަންބޮޑެއް ނުވޭ. އޭނާއަކީ ޖަލުގައި އޮންނަން ޖެހޭ ކޮރަޕްޓް މީހެއް،" އުމުރުން 30 އަހަރުގެ ފިރިހެނަކު ބުންޏެވެ. އޭނާ ބުނީ ފިހާރައިން ތެލި، ތަށި ފަދަ ތަކެތި އޭނާ ލޫޓުވީ މަންމައަށް ދިނުމަށް ކަމަށެވެ.

ފިހާރަތައް ލޫޓުވުމަށް ފަހު، އެ ތަންތަނުގައި ހުޅު ޖެހުމުގެ އަމަލުތައް ވެސް ދަނީ ބައެއް މީހުން ހިންގަމުންނެވެ. އެފަދަ ހާދިސާއެއްގައި އަންހެނަކު ވަނީ ތުއްތު ދަރިފުޅު ސަލާމަތް ކުރުމަށް އެއް ވަނަ ބުރިން ތިރިއަށް ވައްޓާލާފަ އެވެ. އެ ކުއްޖާ ހިފީ ތިރީގައި ތިބި ބަޔެކެވެ.

ދެކުނު އެފްރިކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑިމޮކްރެޓިކް އެލަޔަންސުން ބުނީ ހަމަނުޖެހުން ހިތްވަރު ދިނުމުން ޒޫމާގެ ދަރިންނާއި އިކޮނޮމިކް ފްރީޑަމް ފައިޓާޒްގެ ލީޑަރު ޖޫލިއަސް މަލޭމާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox