ޓްރަމްޕްއާ ހެދި އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާ އެބަ އޮތް: ބައިޑެން

އެމެރިކާގެ ރައީސް ޖޯ ބައިޑެން.--

އެމެރިކާގެ ރައީސް ޖޯ ބައިޑެން.--

ފިލަޑެލްފިއާ، އެމެރިކާ (ޖުލައި 14) - ރިޕަބްލިކަން ޕާޓީ އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާ އެބަ އޮތް ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

"[ވޯޓުގެ] ހައްގު ރައްކާކުރުމުގެ ޒިންމާ އެޅިފައި އޮތީ އެންމެންގެ މައްޗަށް. މިއީ އަޅުގަނޑުމެންނަށް އޮތް އިމްތިހާނެއް،" ފިލަޑެލްފިއާގެ އެއްވުމެއްގައި ބައިޑެން ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވަމުން ބައިޑެން ވިދާޅުވީ "އެއީ ވޯޓުގެ ބާރު ކަނޑުވާލުން" ކަމަށެވެ.

"މިއީ މި ގައުމުގެ ތާރީހުގައި ވޯޓުލުމާއި މިނިވަން އަދި ހަމަހަމަ އިންތިހާބު ބޭއްވުމުގެ ހައްގަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ،" ބައިޑެން ވިދާޅުވި އެވެ.

ދެހާސް ވިހި ވަނަ އަހަރުގެ އިންތިހާބުގައި މަކަރު ހެދި ކަމަށް ރިޕަބްލިކަން ޕާޓީން ބުނި ނަމަވެސް، ސުޕްރީމް ކޯޓާ ހަމައަށް، އެކި ސްޓޭޓުތަކުގެ 80 ކޯޓަކުން، އެއީ ދޮގެއް ކަމަށް ނިންމި ކަމަށެވެ.

"އެ ބޮޑު ދޮގަކީ ހަމަ ދޮގެއް. އެ ނޫން އެއްވެސް އެއްޗެއް ނޫން. އެމެރިކާގައި ބަލިވެއްޖެ ނަމަ ޖެހޭނީ ނަތީޖާ ގަބޫލު ކުރަން، ގާނޫނު އަސާސީގައި އޮތް ގޮތަށް. އަނެއްކާ އަލުން މަސައްކަތް ކުރަންވީ. ހަގީގަތަކީ ފޭކު ކަމަށް ބުނުމުގެ ޖާގައެއް ނޯންނާނެ،" ޓްރަމްޕަށް އިޝާރާތް ކުރައްވާ ބައިޑެން ވިދާޅުވި އެވެ.

ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ ފިއްތުންތަކުގެ ސަބަބުން ރިޕަބްލިކަން ޕާޓީން ދަނީ ވޯޓުލުމުގެ ހައްގު ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ސެކުއިރިޓީ ވަރުގަދަ ކުރަން ކަމަށް ބުނެ، މެއިލް މެދުވެރިކޮށް ވޯޓު ލުމާއި، ވޯޓުލާ މަރުކަޒުތަކުގައި ވަގުތު ކުޑަ ކުރުމާއި، ވޯޓުލާ މަރުކަޒުތަކުގައި އުޅޭ މީހުންނަށް އޮޅިގެން ކަމެއް ކުރެވިއްޖެ ނަމަ ބޮޑެތި ޖޫރިމަނާތައް ކުރަން އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރިޕަބްލިކަނުން ބުނާ ގޮތުގައި މިއީ އިންތިހާބުތަކުގައި މަކަރު ހެދުމަށް އޮތް ފުރުސަތު ކުޑަވެ، އިންސާފުވެރިކަމާއެކު ނަތީޖާ ނެރެން މަގުފަހިވާނެ ކަންކަމެވެ.

ނަމަވެސް ޑިމޮކްރެޓުން ބުނެފައި ވަނީ އިންތިހާބުގައި މަކަރު ހެދުމަކީ ވަރަށް ނުވާ ކަމެއް ކަމަށާއި މި ފިޔަވަޅުތަކުން ޓާގެޓު ކުރަނީ އެ ޕާޓީއަށް ވޯޓުދޭ ކަޅު ނަސްލުގެ މީހުންނަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox