ޖޯންސަން އެންޑް ޖޯންސަން ވެކްސިނުން ނާރުގެ މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮވޭ

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން-- ފޮޓޯ: ރޮއިޓާޒް

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން-- ފޮޓޯ: ރޮއިޓާޒް

ވޮޝިންޓަން، އެމެރިކާ (ޖުލައި 13) - ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ޖަހާތާ ހަ ހަފްތާ ތެރޭގައި ނިޔުރޮލޮޖިކަލް ނުވަތަ ނާރުގެ މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮންނަ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އެފްޑީއޭއިން ބުނީ ތަފާސްހިސާބަށް ބަލާއިރު، ވަރަށް މަދުން ނޫނީ ނުފެންނަ ނާރުގެ މައްސަލައެއް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާތީ، ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖަހާ މީހުން އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުންޏަށް ފޮނުވި ސިޓީއެއްގައި އެފްޑީއޭއިން ބުނީ ވެކްސިން ޖެހުމަށް ފަހު ގީޔާން ބަރޭ ސިންޑްރޯމް (ޖީބީއެސް) ކުރިމަތިވުމުގެ ފުރުސަތު "ވަރަށް ކުޑަ މިންވަރަކަށް" އެބަ އޮތް ކަމަށެވެ. އެހެންވެ މި ވެކްސިން ޖަހާ މީހުން ވަރުބަލިވެ، އައްސިވެ، ހިނގަން އަދި މޫނު ހަރަކާތް ކުރަން އުނދަގޫވާ ނަމަ ސިއްހީ އެހީތެރިކަން ހޯދަން ލަފާ ދިނެވެ.

އެމެރިކާގައި 12.8 މިލިއަން މީހުން ވަނީ މި ވެކްސިންގެ އެއް ޑޯޒް ޖަހާފަ އެވެ. އެފްޑީއޭއިން ބުނީ މި ވެކްސިނަށް ފަހު ޖީބީއެސް ދިމާވި 100 މީހެއްގެ ތެރެއިން 95 މީހަކު ހާލު ސީރިއަސްވެ އެޑްމިޓު ކުރަން ޖެހުނު ކަމަށާއި އަދި އެކަކު މަރުވި ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންއިން ނެރުނު ބަޔާނެއްގައި ބުނީ ރެގިއުލޭޓަރުންނާ އެކު މި މައްސަލާގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޖީބީއެސްއަކީ ވަރަށް މަދުން ދިމާވާ ނާރުގެ މައްސަލަ އެކެވެ. މި މައްސަލަ ދިމާވުމުން ހަށިގަނޑުގެ ދިފާއީ ނިޒާމް ނުވަތަ އިމުއިން ސިސްޓަމުން ނާރުގެ ފައިބާގައިވަ ރައްކާތެރިކަމުގެ ފަށަލައަށް ހަމަލާ ދޭން ފަށަ އެވެ. އެހެންވާން ފަށަނީ ބެކްޓީރިއަލް ނުވަތަ ވައިރަލް އިންފެކްޝަނަކަށް ފަހު އެވެ. ނަމަވެސް މި މައްސަލަ ދިމާވާ ގިނަ މީހުން އެއްކޮށް ރަނގަޅުވެ އެވެ.

މީގެ ކުރިން ވެސް ވެކްސިން ދިނުމުން މި މައްސަލަ ދިމާވެފައި ވެ އެވެ. އެގޮތުން 1976 ގައި އެމެރިކާގައި ސްވައިން ފްލޫ ފެތުރެން ފެށުމުން ދިން ވެކްސިނަށް ފަހު އަދި 2009 ގައި އެޗް1އެން1 އާ ދެކޮޅަށް ދިން ވެކްސިނަށް ފަހު ވެސް ޖީބީއެސްގެ ކޭސްތައް ފާހަގަވި އެވެ.

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނީ ޖީބީއެސްގެ ގިނަ ކޭސްތަކުގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ ފިރިހެން ކަމަށެވެ. އެމްއާރްއެންއޭ ޓެކްނޮލިޖީގައި އުފެއްދު ފައިޒާ އަދި މޮޑާނާ ވެކްސިން ދީގެން ޖީބީއެސްގެ އެއްވެސް މައްސަލައެއް ފާހަގަވެފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި ޔޫރަޕްގެ ރެގިއުލޭޓަރުން ބުނީ އެސްޓްރަޒެނެކާ ވެކްސިނަށް ފަހު ވެސް ޖީބީއެސް ދިމާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އެސްޓްރަޒެނެކަ އާއި ޖޯންސަން ވެކްސިން އުފައްދާފައި ވަނީ އެއް ގޮތް ޓެކްނޮލޮޖީއެއް ބޭނުންކޮށްގެންނެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޖެހުމުން ފުރާނައަށް ނުރައްކާވާ ލޭ ގަނޑުވުމުގެ މައްސަލަ ވަރަށް މަދުން ދިމާވާކަން ވެސް މީގެ ކުރިން ފާހަގަވެފައި ވެ އެވެ. އޭގެ ސަބަބުން އެންމެ ޑޯޒެއް ޖަހަން ޖެހޭ މި ވެކްސިނަށް އޮތް ޑިމާންޑް ވަނީ ވެއްޓިފަ އެވެ.

ނަމަވެސް މިދިޔަ އޭޕްރިލް މަހު އެމެރިކާގެ ރެގިއުލޭޓަރުން ބުނީ ވެކްސިނުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ވުރެ ލިބޭނެ ފައިދާ ބޮޑު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox