ޕްރެކްޓިސް ފަށައިފި، އަންހެން ޓީމުގެ ކޯޗެއްގެ މަޝްވަރާ ކުރިއަށް

Jul 12, 2021, 7:15 PM
އަންހެން ފުޓްބޯޅަ ޓީމުން މިރޭ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އަންހެން ފުޓްބޯޅަ ޓީމުން މިރޭ ބޭއްވި ޕްރެކްޓިހުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން 11 އަހަރަށް ފަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ތައްޔާރުވުމުގެ ގޮތުން ޕްރެކްޓިސްތައް ފަށާފައިވާއިރު، ވަރަށް އަވަހަށް ޓީމާ ހަވާލުވާނެ ކޯޗެއްގެ ކަންކަން ނިމިގެންދާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މީގެ އެއް ދުވަސް ކުރިން ގައުމީ އަންހެން ޓީމުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ ޒިންމާ މި ވަގުތު އުފުލަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ މި ވަގުތަށް ކޯޗެއްގެ މަސައްކަތް އެ ފުރިހަމަ ކުރަނީ ޑުންގާ ކަމަށާއި ވަރަށް އަވަހަށް ޓީމާ ހަވާލުވާނެ ކޯޗެއްގެ ކަންތައްތައް ނިމިގެންދާނެ ކަމަށެވެ.

ފާއިތުވި އަށް ވަރަކަށް އަހަރަށް ބަލާއިރު ގައުމީ އަންހެން ޓީމުގައި ގިނަ ކޯޗުންތަކެއް ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ޖަޕާނުގެ ކޯޗު ނައޯކޯ ކަވަމޯޓޯ އާއި ދިވެހި ކޯޗުން ކަމަށްވާ މުހައްމަދު އާތިފް (އާތީ) އާއި އިބްރާހީމް ހަލީމް (ޖަޑާ) އަދި އަހުމަދު ނާޝިދު (ނާދު) ވަނީ އަންހެން ޓީމުގައި ޖުމްލަކޮށް ބަލާއިރު ރަނގަޅު ބަދަލުތަކެއް އަންހެން ގައުމީ ޓީމަށް ގެެނެސްފަ އެވެ.

އަންހެން ފުޓްބޯޅަ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
އަންހެން ފުޓްބޯޅަ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އަންހެން ފުޓްބޯޅަ ޓީމުން މިރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ރާއްޖޭން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ރާއްޖޭން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއް ނުވެ އެވެ. ދެން ރާއްޖޭން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ.

އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. އަންނަ ސެޕްޓެމްބަރު މަހު އެ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގަ އެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ތަޖިކިސްތާނުުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.

އަންހެން ފުޓްބޯޅައިގައި ލޯކަލް މާ ގިނަ މުބާރާތްތަކެއް ނެތި ވެސް ގައުމީ އަންހެން ޓީމުން ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެގޮތުން އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ އިވެންޓުން ރާއްޖޭން ލޯ މެޑަލް ހޯދިއިރު، ސިންގަޕޫރުގެ މުބާރާތެއްގައި ވެސް ތިން ވަނަ ހޯދި އެވެ.

ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަން ކްލަބްތައް ހިންގުން ހަރުދަނާކުރުމުގެ ވިސްނުމުގައި ކުރިއަށް ދިއުމުގެ ގޮތުން އެފްއޭއެމުން ކްލަބްތަކާ އެކު ސޮއިކޮށްފައިވާ ޓުވާޑްސް ފިއުޗާ ފައިނޭންޝިއަލް އެސިސްޓަންސް ކޮންޓްރެކްޓްގައިވާގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބެއްގައި އަންހެން ޓީމެއް އޮތުން ލާޒިމެވެ. އެފްއޭއެމުން މި އަހަރު ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާ އެއްކޮށް ރާއްޖެ އަށް ހުޅުވާލައިގެން އަންހެން ފުޓްބޯޅަ މުބާރާތެއް ބޭއްވޭތޯ ބެލި ނަމަވެސް ކޮވިޑާ ހެދި ސީޒަން ކުރުކޮށްލަން ޖެހި އެކަން ނުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox