ޖައްވަށް ދިޔަ ފުރަތަމަ ބިލިއަނަރު ބްރެންސަން އަކީ ކާކު؟

ރިޗަޑް ބްރެންސަން.-- ފޮޓޯ: އޭއެފްޕީ

ރިޗަޑް ބްރެންސަން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސި ވިލާތް (ޖުލައި 12) - ރިޗަޑް ބްރެންސަން މަޝްހޫރުވެފައި ވަނީ އޭނާގެ އާދަޔާ ހިލާފް ދިރިއުޅުމުގެ ވައްޓަފާޅި އާއި އޭނާގެ ކާމިޔާބު ވިޔަފާރި އިތުރަށް ފުޅާކުރަން ގެންގުޅޭ ތަފާތު ޕަބްލިސިޓީ ސްޓަންޓުތަކުގެ ސަބަބުންނެވެ. ޖައްވަށް ދިޔަ ފުރަތަމަ ބިލިއަނަރުގެ މަގާމާއެކު އޭނާ މި ވަނީ ކުރަން ބޭނުންވާ ކަންކަމުގެ ލިސްޓުގައި ހިމެނޭ "އެސްޓްރޮނޯޓް" ގޮޅީގައި ރަނގަޅު ފާހަގައެއް ޖަހާލާފަ އެވެ.

"ސްޓާ ޓްރެކް" ސީރީޒްއަށް ލޯބިކުރާ ބްރެންސަން ބުނެފައިވަނީ ތަފާތު އެކި "އެޑްވެންޗަރަސް" ކަންކަމަށް އޭނާގެ ހިތުގައި ލޯބި ޖެހުނީ މިދިޔަ ޖެނުއަރީ މަހު ކޮވިޑް ޖެހިގެން މަރުވި މަންނަ އީވްގެ ފަރާތުން ކަމަށެވެ.

"ލޯބިވާ މަންމާ. މަންމަ އަބަދުވެސް ބުނީ އެންމެ އުހަށް ދާން މަސައްކަތް ކުރާށޭ. މިއަދު މަންމަގެ އެ ނަސޭހަތުގައި ހިފައިގެން މި ވަނީ އުހަށް ދެވިފައި،" ވީއެސްއެސް ޔުނިޓީ ޖައްވީ އުޅަނދުގައި އާދީއްތަ ދުވަހު ފުރުމުގެ ކުރިން އާއްމު ކުރި ވީޑިއޯއެއްގައި ބްރެންސަން ބުންޏެވެ.

ވާޖިން ގެލެކްޓިކްގެ އުޅަނދު.-- ފޮޓޯ: އޭއެފްޕީ
ވާޖިން ގެލެކްޓިކްގެ އުޅަނދު.-- ފޮޓޯ: އޭއެފްޕީ

ވާޖިން ގެލެކްޓިކްގެ އުޅަނދު.-- ފޮޓޯ: އޭއެފްޕީ

ބްރެންސަންއަކީ ވާޖިން ގްރޫޕުގެ ވެރިޔާ އެވެ. އޭނާގެ މުއްސަނދިކަމުގެ އަގު 5.7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ފޯބްސް މެގެޒިންއިން ލަފާކުރެ އެވެ. ރިކޯޑް އިންޑަސްޓްރީގެ ތެރެއަށް ބްރެންސަން ވަދެ، މުއްސަނދިވާން ފެށީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ.

ލަންޑަންގައި ދިރިއުޅޭ މިހާރު އުމުރުން 70 އަހަރުގެ ބްރެންސަން ވަނީ އޭގެ ފަހުން ކާމިޔާބު ގިނަ ކުންފުނިތަކެއް އުފައްދާ އެކި ސިނާއަތްތަކުގައި އިންވެސްޓުކޮށްފަ އެވެ. އެގޮތުން ރޭލުވޭތަކާއި، މޮބައިލް ފޯނާ ގުޅުން ހުރި ކުންފުނިތަކާއި ވާޖިން އެޓްލާންޓިކް އެއާލައިންސް ވެސް ފެށި އެވެ.

ނަމަވެސް ކާމިޔާބު ހަޔާތުގައި ބްރެންސަންއަށް ވަނީ ގިނަ ނާކާމިޔާބީއާ ވެސް ކުރިމަތިވެފަ އެވެ.

އެގޮތުން ފޯމިއުލާ ވަން ރޭސިން މުބާރާތުން ކުރިއަށް ނުދެވުމާއި، ވާޖިން ކޯލާއިން ސޮފްޓް ޑްރިންކް މާކެޓުގައި އިންވެސްޓުކޮށް ލިބުނު ގެއްލުމާއި، ވާޖިން ބްރައިޑްގެ ނަމުގައި އުފެއްދި އެއްވެސް ފައިދާއެއް ނުވާ ވެޑިން ކުންފުނި ފާހަގަކުރެވެ އެވެ.

ޅަ އުމުރުގައި ފަށައިގަތުން

ބްރެންސަންއަކީ ކުޑައިރު ކިޔެވުމަށް މޮޅު މީހެއް ނޫނެވެ. އޭނާއަކީ ލިޔުމާއި، ކިޔުމާއި، "ސްޕެލް ކުރުމުގައި" އުނދަގޫތައް ދިމާވާ "ޑިސްލެކްސިއާ" ކޮންޑިޝަން ހުންނަ މީހެކެވެ. އޭނާ ބޮޑުވެގެން ޖެހޭނީ ޖަލަށް ދާން ނުވަތަ މިލިއަނަރަކަށް ވާން ކަމަށް ސްކޫލުގެ ހެޑްމާސްޓަރު ބުނި ކަމަށް ވެ އެވެ.

ބްރެންސަން ވާޖިން ރިކޯޑްސް އުފެއްދީ އުމުރުން އެންމެ 20 އަހަރުގަ އެވެ. އޭގެ ތިން އަހަރު ފަހުން ފުރަތަމަ ފަހަރަށް އެއް މިލިއަން ޕައުންޑްގެ އާމްދަނީ ލިބި، އޭގެ ދުވަސްކޮޅެއް ފަހުން ކެރީބިއަން ސަރަހައްދުން އަމިއްލަ ރަށެއް ގަތެވެ.

ބްރެންސަންގެ އަމިއްލަ އެއާލައިން އުފެއްދީ 1984 ގަ އެވެ. ވިޔަފާރިއާ ގުޅިގެން އޭނާ ކުރާ ބައެއް ކަންކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ރިޗަޑް ބްރެންސަން ޖައްވުގައި.-- ފޮޓޯ: އޭއެފްޕީ
ރިޗަޑް ބްރެންސަން ޖައްވުގައި.-- ފޮޓޯ: އޭއެފްޕީ

ރިޗަޑް ބްރެންސަން ޖައްވުގައި.-- ފޮޓޯ: އޭއެފްޕީ

އެގޮތުން އިނގިރޭސި ވިލާތުގައި އާމްދަނީއިން ޓެކްސް ނުދައްކާތާ 10 އަހަރު ފަހުން، މިދިޔަ އަހަރު އޭނާ ވަނީ ކޮވިޑުން ލިބުނު ގެއްލުމުން އަރައިގަންނަން ކަމަށް ބުނެ، 500 މިލިއަން ޑޮލަރު ވާޖިން އެޓްލާންޓިކް އެއާލައިންސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުގައި އެދިފަ އެވެ.

ބައެއް ސިޔާސީ މީހުން ބްރެންސަންއަށް ފާޑުކިޔަމުން ބުނެފައި ވަނީ "ދުނިޔެ އެނބުރެނީ އޭނާ ވަށާ ކަމަށް" ބްރެންސަން ހީކުރާ ކަމަށެވެ.

އެފަދަ ފާޑުކިޔުމެއް އަމާޒުވިއިރު، އޭގެ ކުރިން އެތައް ފަހަރެއްގެ މަތިން ބްރެންސަން ވަނީ ހޮޓް އެއާ ބެލޫނެއްގައި ދުނިޔެ ވަށާ ދަތުރު ކުރާ ފުރަތަމަ މީހާއަށް ވުމަށް އެތައް ފަހަރަކު މަސައްކަތްކޮށް ފެއިލްވެފަ އެވެ.

ޖައްވަށް ދިއުމަކީ ބުރަ ކަމެއް

އުމުރުން 28 އަހަރުގައި ބްރެންސަން ގަތް ނެކާ އައިލެންޑަކީ އޭނާގެ އަގުބޮޑު ޕާޓީތަކާއި ޗުއްޓީތަކަށް ހާއްސަ ރަށެކެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ފަދަ އެތައް ސިޔާސީ ލީޑަރުންނާއި ސެލެބްރިޓީން އެ ރަށަށް ގޮސްފައި ވެ އެވެ.

ބްރެންސަންގެ މަޝްހޫރުކަން އިތުރުވީ އޭނާގެ "އެޑްވެންޗެރަސް" ދިރިއުޅުމާ ހެދި އެވެ. އެގޮތުން ސްޕީޑްބޯޓުތަކާއި ހޮޓް އެއާ ބެލޫނާއި މޫދާއި އެއްގަމުގައި ދުއްވޭ އެމްފިބިއަސް ކާރު ފަދަ ތަކެތީގައި ދުނިޔޭގެ ރިކޯޑުތައް ހަދަން އޭނާ މަސައްކަތް ކޮށްފައި ވެ އެވެ.

މިފަދަ ކަންކަމުގެ ތެރެއިން 1998 ގައި ބްރެންސަން އާއި އޭނާގެ ޕައިލެޓް ދަތުރު ކުރަމުން ދިޔަ ހޮޓް އެއާ ބެލޫން ޕެސިފިކް ކަނޑަށް ވެއްޓެން ކައިރިވުމުން އޭގެން ފުންމާލާ، ފުރާނަ ސަލާމަތް ކުރަން ޖެހުނެވެ.

ފަހަކަށް އައިސް ބްރެންސަން މަސައްކަތް ކުރީ 2004 ގައި އޭނާ އުފެއްދި ސްޕޭސް ޓޫރިޒަމް ކުންފުނި ފުޅާ ކުރުމަށެވެ.

އިނގިރޭސި ރާނީ ދެއްވާ "ނައިޓްހުޑް" ގެ ދަށުން 2000 ވަނަ އަހަރު "ސަރ" ގެ ލަގަބު ލިބިފައިވާ ބްރެންސަން ވަނީ ވާޖިން ގެލެކްޓިކް އާއެކު 2009 ގައި ޖައްވަށް ދެވޭތޯ މަސައްކަތްކޮށްފަ އެވެ.

ނަމަވެސް ގިނަ ނާކާމިޔާބީތަކާ ދިމާވެ މަސައްކަތް ލަސްވި އެވެ. އެގޮތުން 2014 ގައި ޓެސްޓު ދަތުރެއް ކުރަނިކޮށް އުޅަނދެއް ވެއްޓި ޕައިލެޓަކު މަރުވި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކާމިޔާބު ކަމާއެކު ޖައްވަށް ގޮސް އެނބުރި ދުނިޔެއަށް އައުމަށް ފަހު، ބްރެންސަން ވަނީ ވާޖިން ގެލެކްޓިކް އުޅަނދެއްގައި ޖައްވަށް ދިޔުމަށް ހިލޭ ދެ ޓިކެޓު ލިބޭނެ މުބާރާތެއް ލޯންޗުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox