ޓެރަރިސްޓުންނަށް ހޭދަކުރާ ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ފައިސާ ހިފަހައްޓައިފި

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ މެމްބަރެއް.-- ފޮޓޯ: ރޮއިޓާޒް

ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ މެމްބަރެއް.-- ފޮޓޯ: ރޮއިޓާޒް

ގުދުސް (ޖުލައި 11) - ފަލަސްތީނުން ޓެރަރިސްޓުންނަށް ހޭދަ ކުރާ ކަމަށް ބުނެ، ފަލަސްތީނު ރައްޔިތުންގެ އަތުން އިޒްރޭލުން ނަގާ ޓެކްސް ފައިސާގެ ބަޔެއް ފަލަސްތީނު ސަރުކާރަށް ނުދޭން އިޒްރޭލުން ނިންމައިފި އެވެ.

އިޒްރޭލުން ބުނީ ޓެކްސް ފައިސާގެ ތެރެއިން ފަލަސްތީނު ސަރުކާރަށް ނުދީ ހިފަހައްޓާނީ ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އެ މީހުންގެ އާއިލާތަކަށް ހޭދަކުރާ ކަމަށް ބެލެވޭ މިންވަރު ކަމަށެވެ.

އެގޮތަށް ފާސްކުރީ އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ ސެކިއުރިޓީ ކެބިނެޓުންނެވެ. މީގެ ކުރިން ވެސް އެފަދަ ނިންމުން އިޒްރޭލުން ނިންމުނުން ފަލަސްތީނު ސަރުކާރުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާފައި ވެ އެވެ.

"ކެބިނެޓަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަލަސްތީނުގެ ސަރުކާރުން "2020 ވަނަ އަހަރު ނުސީދާކޮށް ޓެރަރިޒަމަށް އެހީވުމަށް ޓެރަަރިސްޓުންނާއި އެ މީހުންގެ އާއިލާތަކަށް" 597 މިލިއަން ޝެކެލް ނުވަތަ 183 މިލިއަން ޑޮލަރު ހޭދަކުރި،" ބެނެޓްގެ އޮފީހުން ބުންޏެވެ.

"މި އަދަދު ހިފަހައްޓާނީ ކޮންމެ މަހަކު އިޒްރޭލުން ފަލަސްތީނު ސަރުކާރަށް ޓްރާންސްފާ ކުރާ ފައިސާގެ ތެރެއިން،" އެ ބަޔާނުގައި އިތުރަށް ބުންޏެވެ.

އިޒްރޭލުގެ ބަނދަރުތަކުގެ ތެރެއިން ފަލަސްތީނުގެ ސަރަހައްދަށް އެތެރެ ކުރާ މުދަލުން ކޮންމެ މަހަކު ކަސްޓަމް ޑިއުޓީގެ ގޮތުގައި 190 މިލިއަން އެމެރިކާ ޑޮލަރު ނަގަ އެވެ. އެ ފައިސާ އިޒްރޭލުން ހަވާލުކުރަނީ ފަލަސްތީނު ސަރުކާރަށެވެ.

ނަމަވެސް ފެބްރުއަރީ 2019 އިން ފެށިގެން ކޮންމެ މަހަކު 10 މިލިއަން ޑޮލަރު ނުދީ ހިފަހައްޓަން ފެށި އެވެ. އޭރު ވެސް ބުނީ އެ ފައިސާއަކީ އިޒްރޭލާ ދެކޮޅަށް ހަމަލާ ދިނުމުން ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ އާއިލާތަކަށް ހޭދަކުރާ ފައިސާ ކަމަށެވެ.

އެ ނިންމުމުގެ ސަބަބުން އިޒްރޭލާ ފަލަސްތީނާ ދެމެދު މައްސަލަ ހޫނުވެ، އިޒްރޭލުން ދޭ ޓެކްސް ފައިސާގެ އެއްވެސް މިންވަރެއް އަށް މަސް ވަންދެން ފަލަސްތީނު ސަރުކާރުން ނަގާފައެއް ނުވެ އެވެ.

އިޒްރޭލުން ބުނަނީ ޔަހޫދީންނަށް ހަމަލާ ދޭ މީހުންގެ އާއިލާތަކަށް ހޭދަކުރުމަކީ ޓެރަރިޒަމަށް ހިތްވަރު ދިނުން ކަމަށެވެ. ނަމަވެސް ފަލަސްތީނު ސަރުކާރުން ދެކޭ ގޮތުގައި އެ ފައިސާއަކީ އާއިލާތަކުގައި ވަޒީފާއަށް ގޮސް އާމްދަނީ ހޯދަން ހުންނަ ހަމައެކަނި މީހާ ޖަލަށް ލުމުން ފޯރުކޮށްދޭ އެހީއެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox