މެސީ އަށް ލިބުނު ބޮޑު އުފަލަކީ ބްރެޒިލްގައި ކޮޕަ އެމެރިކާ ކާމިޔާބު ކުރެވުން

Jul 12, 2021, 4:39 AM
ކޮޕަ އެމެރިކާ ޓްރޮފީ އަށް މެސީ ބޮސްދެނީ.

ކޮޕަ އެމެރިކާ ޓްރޮފީ އަށް މެސީ ބޮސްދެނީ.

ރިއޯ ޑި ޖަނެއިރޯ (ޖުލައި 12) - މި ފަހަރުގެ ކޮޕަ އެމެރިކާ ތަށި އުފުލާލައި ގައުމީ ޓީމާ އެކު ހާސިލްކުރެވުނު ފުރަަތަމަ ބޮޑު ކާމިޔާބީ އެންމެ ހާއްސަވާ އެއް ސަބަބަކީ އެ ތަށި ބްރެޒިލްގައި ހުރެ އުފުލާލެވުން ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ބްރެޒިލްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ފައިނަލުން އާޖެންޓީނާ މޮޅުވީ 1-0 އިންނެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާގެ ކުރިން އާޖެންޓީނާގެ ޖޯޒީގައި މެސީ އަށް ހޯދުނީ ދެ ކާމިޔާބީ އެވެ. އެއީ ސީނިއާ ލެވަލްގައެއް ނޫނެވެ. އެއީ 2005 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕާއި 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ރަން މެޑަލެވެ. އޮލިމްޕިކްސް އަކީ 23 އަހަރުން ދަށުގެ މުބާރާތަކަށް ވާއިރު، ފީފާގެ ރަސްމީ މުބާރާތެއް ނޫނެވެ.

އާޖެންޓީނާ ގޮވައިގެން ބޮޑު މުބާރާތެއްގެ ތަށީގައި އަތްލަން މެސީ އެންމެ ފުރަތަމަ ނުކުތް ހަތަރު ފައިނަލުން ވީ ބައްޔެވެ. އެއީ ކޮޕަ އެމެރިކާގެ 2007، 2015 އާއި 2016 ވަނަ އަހަރުތަކުގެ މުބާރާތާއި 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާ އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މެސީ އެވެ. އެންމެ ގިނަ ލަނޑު ޖަހައި، އެންމެ ގިނަ ލަނޑު ޖަހަން ފުުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މެސީ އެވެ. މިއީ ކޮޕަ އެމެރިކާގެ ދިގު ތާރީހުގައި ވެސް މަދު ފަހަރަކު ނުނީ ވެފައި ނެތް ކަމެކެވެ.

ފައިނަލަށް ފަހު މެސީ ބުނީ ކެރިއަރު ނިމުމުގެ ކުރިން ކޮންމެ ވެސް ހިސާބަކުން ކޮޕަ އެެމެރިކާއެއް ކާމިޔާބު ކުރެވޭނެކަން އެނގޭ ކަމަށާއި އެކަމަކު މި ފަހަރު އެކަން ހާސިލް ކުރެވުމުން ކުރެވުނީ މުޅިން ތަފާތު އިހުސާސެއް ކަމަށެވެ.

"ބްރެޒިލް ކަަހަލަ ވަރުގަދަ ތާރީހެއް އޮތް ޓީމެއްގެ ގައުމެއްގައި ކުޅެ މި ކާމިޔާބީ ހޯދުމަކީ މި ކަމުގެ އުފާ އިތުރުވާ އަދި މި ކާމިޔާބީ ހާއްސަވާ ސަބަބެއް. މި ކާމިޔާބީ ތާރީހުގައި ލިޔެވޭނީ ވެސް ހަމައެކަނި އާޖެންޓީނާ އަކީ ޗެމްޕިއަނެއްގެ ގޮތުގައެއް ނޫން. ބްރެޒިލް ފަސް ގަނޑުގައި އާޖެންޓީނާ ހޯދި ތާރީހީ ކާމިޔާބެއްގެ ގޮތުގައި،" ޓައިކް ސްޕޯޓްސް އަށް މެސީ ބުންޏެވެ.

މިއީ ކޮޕަ އެމެރިކާ ތާރީހުގައި ބްރެޒިލްގައި ހޯސްޓްކުރި މުބާރާތެއްގެ ޗެމްޕިއަންކަން އެ ޓީމަށް ނުލިބި ދިޔަ ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުގައި ކާމިޔާބެއް ނުހޯދޭތީ ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރަން ޖެހުނުކަން ފާހަގަކޮށް މެސީ ބުނީ 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ކެޓި ނަމަވެސް އޭރު އޮތް ޓީމާ މެދު އޭނާގެ އިތުބާރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، މި ފަހަރުގެ މުބާރާތުގައި ކާމިޔާބު ހޯދޭނެ ކަމުގެ އުއްމީދު މުބާރާތުގެ ކުރިން ވެސް ވަރަށް ބޮޑު ކަމަށް މެސީ ބުންޏެވެ.

"ޑި މަރިއާގެ ތަޖުރިބާ ވެސް ފެނުނު. ދެން އަހަރެމެންގެ ގޯލު ބެލެހެއްޓި ކީޕަރު އެމީ (މާޓީނޭޒް) ވެސް އެ ކުރީ އާދަޔާހިލާފު ހިތްވަރެއް. މިހެން ދައްކާނަމަ ކޮންމެ ކުޅުންތެރިއެއްގެ ނަން ވެސް ފާހަގަކުރަން ޖެހޭ ފަދަ ރޯލެއް ކޮންމެ ކުުޅުންތެރިއަކު ވެސް އަދާކުރި މި ކާމިޔާބީ ހޯދުމުގައި،" މެސީ ބުންޏެވެ.

އުމުރުން 34 އަހަރުގެ މެސީ ބުނީ އާންމު ގޮތެއްގައި ގައުމީ ޓީމާ އެކު ބޮޑު މުބާރާތެއް ނިންމާލުމަށް ފަހު އާއިލާ ގޮވައިގެން ޗުއްޓީއެއް ހޭދަކުރަން ދާއިރު ކުރިމަތިލާން ޖެހެނީ އުނދަގޫ އަދި ބޭނުންނުވާ ކަންތައްތަކާ ކަމަށެވެ. އެކަމަކު، މި ފަހަރު ގައުމަށް ކާމިޔާބެއް ހޯދައިދިނުމަށް ފަހު އުފާވެރި ކަންތައްތަކެއް ޗުއްޓީގައި ވެސް ހޭދަކުރަން ލިބޭނެތީ އެއީ އޭނާގެ އާއިލާ އަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށް މެސީ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox