އިންކުއަރީ ރިޕޯޓު ރައީސަށް؛ މައްސަލަތައް ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓު، 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ރައީސް ސޯލިހުގެ އަތްޕުޅަށް އަރުވަނީ. -ފޮޓޯ: ރައީސް އޮފީސް

ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓު، 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ރައީސް ސޯލިހުގެ އަތްޕުޅަށް އަރުވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން އިސްވެ ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކުރައްވާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތުގަ އެވެ.

އެ ރިޕޯޓްގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ހިމަނާފައިވެ އެވެ.

Advertisement

ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ދުވަހު އަދި އޭގެ ފަހުން ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ވެސް ހިމަނައިފައިވެ އެވެ.

ރިޕޯޓްގައި ސަރުކާރުގެ މުއައްސަސާތަކުގައި ހުރި ދޯދިޔާ ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު، އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރިކަން ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ލަފާތައް ދިނެވެ.

އެ ރިޕޯޓުން ސަރުކާރަށް ހުށަހެޅި 45 ލަފާ ފުރިހަމައަށް އަމަލުކޮށް، ނަޝީދަށް ދެވުނު ފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމަށް މަޖިލިސް މެމްބަރުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ރިޕޯޓުގައި ސިއްރުކޮށްފައިވާ ބައިތަކުގެ އިތުރުން ތިން ވޮލިއުމްގެ މައްޗަށް 3،000 އަށް ވުރެ ގިނަ ސަފުހާގެ ޔައުމިއްޔާ އާއި އިތުރު 500 ގަނޑުގެ ލިޔެކިޔުންތައް ހިމެނޭ ފުރިހަމަ ރިޕޯޓު ރައީސް ސޯލިހަަށް 241 ކޮމިޓީން މިއަދު ވަނީ އަރުވައިފަ އެވެ.

އެގޮތުން، އެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހަޅުއްވައި، ގައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް ސޯލިހުގެ އިތުރުން އެ ރިޕޯޓު މިއަދު މަޖިލީހުގެ ރައީސަށް ވެސް އަރުވާފައިވާއިރު، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް އަވަސް ފިޔަވަޅު އެޅުމަށް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި، ނަޝީދު ވިދާޅުވީ މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއެއް ނަމަވެސް، އެއީ މުޅި ގައުމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ގައުމުގެ އަމާންކަމަށް ޓޫރިޒަމް ސިނާއަތް ބަރޯސާވެފައިވާއިރު، ފަސޭހަކަމާއެކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ހަމަލާދެވޭ ތަނެއްގެ ގޮތުގައި ދުނިޔެއަށް ފެނިއްޖެނަމަ، އޭގެ އަސަރު ކުރާނީ ވަޒީފާތަކަށާއި އާމްދަނީ އަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދެން އެ މައްސަލަތައް އަވަހަށް ބައްލަވާށޭ. ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވައި. ބައްލަވަންޖެހިވަޑައިގަންނަވާ ކަންކަން އަވަހަށް ބައްލަވާށޭ،" ރައީސް އެކަން ކުރައްވާނެކަމަށް ޝައްކު ނުކުރައްވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox