މަގާމު ގެއްލުނުތާ މަހެއް ފަހުން ނަތަންޔާހޫ ރަސްމީ ގެކޮޅު ދޫކޮށްލައިފި

އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.--

އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.--

ގުދުސް (ޖުލައި 11) - އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މަގާމު ގެއްލުނުތާ ގާތްގަނޑަކަށް އެއް މަސް ފަހުން ރަސްމީ ގެކޮޅު ދޫކޮށް ވަޑައިގެންފި އެވެ.

އިޒްރޭލުގެ އާ ބޮޑު ވަޒީރަކަށް ނަފްތާލީ ބެނެޓް ހަމަޖެހުނީ މިދިޔަ މަހު އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ނަތަންޔާހޫ ގެންދެވީ ރަސްމީ ގެކޮޅުގައި ހުންނަވައިގެން އެކި ހަރަކާތްތައް ހިންގަވަމުންނެވެ.

"ރޭ ދަންވަރުގެ ވަގުތެއްގައި ނަތަންޔާހޫ އާއިލާއިން ވަނީ ބަލްފޫރްގައި ހުންނަ ގެކޮޅު ދޫކޮށް ވަޑައިގެންފައި،" އާއިލާގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބާރަ އަހަރު ބޮޑު ވަޒީރުކަން ކުރެއްވި ނަތަންޔާހޫއަކީ އިޒްރޭލުގެ ތާރީހުގައި އެންމެ ގިނަ ދުވަހު އެ މަގާމު ފުރުއްވި ލީޑަރެވެ. މަކަރާއި ހީލަތް ހެދުން އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައ އޮތް ނަމަވެސް، އޭނާ އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.

ނަތަންޔާހޫ ތުހުމަތު ކުރާ ގޮތުގައި ކޯޓުގައި ކުރިއަށްދާ މައްސަލަތަކަކީ އޭނާ މަގާމުން ދުރު ކުރަން ވައަތު ފިޔައިގެ ޕާޓީތަކުން ރޭވި ރޭވުމެކެވެ.

ފާއިތުވި އަހަރުތަކުގައި ނަތަންޔާހޫގެ ޕާޓީއަށް އޮތް އިތުބާރު ގެއްލި، ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ލިބިފައެއް ނުވެ އެވެ. އަދި އެންމެ ފަހުން އެއްވެސް ޕާޓީއަކުން ކޯލިޝަން ހަދަން ވެސް އެއްބަސް ނުވި އެވެ.

އެއާއެކު ނަފްތާލީ ބެނެޓްގެ ކޯލިޝަން ސަރުކާރު އުފެދުމުން ވެސް ނަތަންޔާހޫ ބޮޑު ވަޒީރުގެ ގެކޮޅުން ނިނުންނެވުމުގެ ބަދަލުގައި ތަފާތު އެކި ރަސްމީ ބައްދަލުވުންތައް އެ ތަނުގައި ބާއްވަމުން ދިޔަ އެވެ.

ބެނެޓް އާއި ނަތަންޔާހޫގެ އޮފީހުން ފަހުން ނިންމީ ޖުލައި 10 ވަނަ ދުވަހަކީ ނަތަންޔާހޫގެ އާއިލާއިން އެ ގެކޮޅުން ނުކުންނަވާނެ ސުންގަޑި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބެނެޓް މިއަދުގެ ވަގުތެއްގައި އެ ގެކޮޅަށް ބަދަލުވެ ވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox