އުރުދުންގެ ރަސްގެފާނާއި އިޒްރޭލުގެ ރައީސް މަޝްވަރާ ކުރައްވައިފި

އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި އިޒްރޭލުގެ ރައީސް އައިސަކް ހެރްޒޮގް.-- ފޮޓޯ: އޭއެފްޕީ

އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި އިޒްރޭލުގެ ރައީސް އައިސަކް ހެރްޒޮގް.-- ފޮޓޯ: އޭއެފްޕީ

އައްމާން، އުރުދުން (ޖުލައި 11) - އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެ ވަނަ އާއި އިޒްރޭލުގެ އާ ރައީސް އިސްހާގް ހެރްޒޮގް ހޮނިހިރު ދުވަހު ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފި އެވެ.

އުރުދުންގެ ޕެޓްރާ ނިއުސް އެޖެންސީން ބުނީ މެދުއިރުމަތީގައި "ހަމަހަމަ އަދި ފުރިހަމަ ސުލްހަ ގާއިމް ކުރުމުގެ މުހިއްމުކަން" ރަސްގެފާނު އަބްދުﷲ ފާހަގަކުރެއްވި ކަމަށެވެ.

އުރުދުންގެ 10 މިލިއަން މީހުންގެ ތެރެއިން 50 ޕަސެންޓު މީހުންނަކީ ފަލަސްތީނު ނަސްލަށް ނިސްބަތްވާ މީހުންނެވެ. ރަސްގެފާނު އަބްދުﷲ ވިދާޅުވީ މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓެން އޮތީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްގެން ކަމަށެވެ.

އިޒްރޭލުގެ ރައީސްކަމާ ހެރްޒޮގް ހަވާލުވެވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ. މަޝްވަރާއަށް ފަހު ކުރެއްވި ޓްވީޓެއްގައި ހެރްޒޮގް ވިދާޅުވީ "ދެ ގައުމުގެ މެދުގައި އޮތް ސްޓްރެޓެޖިކް ގުޅުމުގެ މުހިއްމުކަން" ފާހަގަކުރެއްވި ކަމަށެވެ.

އިޒްރޭލުގެ ރައީސް އާއި އުރުދުންގެ ރަސްގެފާން މަޝްވަރާ ކުރައްވާފައި މި ވަނީ އުރުދުންއަށް ފެން ވިއްކުމަށް އިޒްރޭލުން އެއްބަސްވިތާ ދެ ދުވަސް ފަހުންނެވެ.

ފަންސާސް މިލިއަން ކިއުބިކް މީޓަރުގެ ފެން ވިއްކަން އިޒްރޭލުން އެއްބަސްވެފައި ވާއިރު، ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އެކްސްޕޯޓް ކުރާ އުރުދުންގެ މުދާ އިތުރު ކުރުމުގެ ފުރުސަތު ވެސް އެއްބަސްވުމުން ލިއްބައިދެ އެވެ.

އިޒްރޭލާއި އުރުދުންއާ ދެމެދު 1994 ގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެ އެވެ. ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުގައި ދެ ގައުމުން ގުޅުން އޮތީ ހީނަރުވެފަ އެވެ.

މިދިޔަ މަހު ނަތަންޔާހޫ މަގާމުން ވަކިވެ، އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރު މަސައްކަތް ފަށާފައި ވާއިރު، އެ ސަރުކާރުގެ ވިސްނުމަކީ އުރުދުންއާއެކު އޮތް ގުޅުން ރަނގަޅު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox