ޑެލްޓާ ވޭރިއެންޓާ ދެކޮޅަށް ފައިޒާގެ ތިން ވަނަ ޑޯޒެއް ޖަހަން ޖެހޭނެ

ފައިޒާއިން އުފެއްދިން ކޮވިޑް ވެކްސިން.--

ފައިޒާއިން އުފެއްދިން ކޮވިޑް ވެކްސިން.--

ވޮޝިންޓަން، އެމެރިކާ (ޖުލައި 9) - ކޮވިޑާ ދެކޮޅަށް ފައިޒާ އަދި ބަޔޯއެންޓެކުން އުފެއްދި ވެކްސިންގެ ތިން ވަނަ ޑޯޒަކަށް ހުއްދަ ހޯދަން އެދިއްޖެ އެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓު ގިނަ ގައުމުތަކަށް ފެތުރިފައި ވާއިރު، ވެކްސިންގެ ތިން ވަނަ ޑޯޒަކުން ލިބޭ ރައްކާތެރިކަން އިތުރުކޮށްދޭނެ އެވެ.

ކޮވިޑް ފަތުރާ ވައިރަހުގެ ތަފާތު އެކި ސްޓްރެއިންތައް އުފެދިފައި ވާއިރު، އޭގެ ތެރެއިން މިހާތަނަށް އެންމެ ހަލުވިކަމާއެކު ފެތުރޭ އަދި އެންމެ ބޮޑަށް ބަލިވަނީ ޑެލްޓާ ވޭރިއެންޓުންނެވެ.

ފައިޒާ އާއި ބަޔޯއެންޓެކުން ބުނީ ތިން ވަނަ ޑޯޒަކުން ޑެލްޓާ ވޭރިއެންޓާ ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިހާރު ކުރިއަށްދާ ޓެސްޓުތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ތިން ވަނަ ޑޯޒެއް ޖެހުމުން ހަށިގަނޑުގައި ވައިރަހާ ދެކޮޅަށް މަސައްކަތް ކުރަން އުފެދޭ އެންޓިބޮޑީގެ އަދަދު ގާތްގަނޑަކަށް 10 ގުނަ އިތުރުވެ އެވެ.

އެ ޓެސްޓު ކުރަމުން ދަނީ އޮރިޖިނަލް ވައިރަހާއި، ދެކުނު އެފްރިކާ އަދި އިނގިރޭސި ވިލާތުން ފެނުނު ވޭރިއެންޓާ ދެކޮޅަށް ނަމަވެސް ޑެލްޓާއާ ދެކޮޅަށް ވެސް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ފައިޒާ އަދި ބަޔޯއެންޓެކުން ދަނީ ޑެލްޓާ ވޭރިއެންޓަށް ހާއްސަ ވަކި ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެމެރިކާގެ ރެގިއުލޭޓަރުން ބުނީ އިތުރު ޑޯޒްތައް ދިނުމާ މެދު ގޮތެއް ނުނިންމާ ކަމަށާއި އެކަމާ ގުޅޭ ދިރާސާތައް ކުރުމުގެ މަރުހަލާ ކުރިއަށްދާ ކަމަށެވެ.

"ވެކްސިން ފުރިހަމަކޮށްފައިވާ އެމެރިކާ ރައްޔިތުން މި ވަގުތު އިތުރު ބޫސްޓާ ޝޮޓެއް ޖަހާކަށް ނުޖެހޭނެ،" ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނާއި ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ސައިންސްގެ އަލީގައި ބޫސްޓާ ޝޮޓު ޖެހުން މުހިއްމު ކަމަށް ދައްކައިފި ނަމަ، އެކަމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް".

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox