ސައުލް ނޫނީ ރެނާޓޯ ހޯދަން ލިވަޕޫލުން މަސައްކަތްކުރަނީ

Jul 10, 2021, 3:37 AM
ސައުލް ނޫނީ ރެނާޓޯ ހޯދަން ލިވަޕޫލުން މަސައްކަތްކުރަނީ

ލިވަޕޫލް (ޖުލައި 10) - ލިވަޕޫލް ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ނެތްތަނަށް ލިވަޕޫލުން ގެންނަން ބޭނުންވަނީ އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ނޫނީ ލިލް އަށް ކުޅޭ ރެނާޓޯ ސަންޗޭސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ވައިނަލްޑަމް ލިވަޕޫލާ އެކު ހެދި އެއްބަސްވުން ހަަމަވެ ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަދަލުވާނެ ކަމަށް ފުރަތަމަ ބެލެވުނީ ސްޕެއިނުގެ ބާސެލޯނާ އަށެވެ. އެކަމަކު، ބާސެލޯނާ އަށް ވުރެ މުސާރަ ބޮޑު ކޮންޓްރެކްޓެއް ދީގެން ވައިނަލްޑަމްގެ ސޮއި ހޯދީ ޕީއެސްޖީންނެވެ.

ލިވަޕޫލުން ވައިނަލްޑަމް ނެތްތަނަށް ފުރަތަމަ ގެންނަން ބެލީ ލެސްޓާ ސިޓީ އަށް ކުޅޭ ބެލްޖިއަމްގެ މިޑްފީލްޑަރު ޔޫރީ ޓީލަމަންސް އެވެ. އެކަމަކު، ލެސްޓާ އިން ޓީލަމަންސް ވިއްކާލަން ކިޔާ އަގުބޮޑުވެ، ލިވަޕޫލުން އެހެން ކުޅުންތެރިންނަށް ފާރަލާން ފެށީ އެވެ. އެ ގޮތުން ލިވަޕޫލަށް ފާހަގަކުރެވުނީ ސްޕެނިޝް ލީގުގައި މިދިޔަ އަހަރުތަކުގައި އެތުލެޓިކޯ އަށް މޮޅު ކުޅުމެއް ދެއްކި ސައުލް އާއި މި ފަހަރު ޔޫރޯގައި ތަފާތު ކުޅުމެއް ދެއްކި ރެނާޓޯ އެވެ.

އުމުރުން 23 އަހަރުގެ ރެނާޓޯ ވަނީ މީގެ ކުރިން ބަޔާން މިއުނިކާއި އިނގިރޭސި ޕްރިމިއާ ލީގުގެ ސްވަންސީ ސިޓީ އަށް ކުޅެފަ އެވެ. އެކަމަކު، އެ ދެ ޓީމުގައި ވެސް އޭނާ ޕޯޗުގަލްގައި ދައްކާ މޮޅު ކުޅުން ނުދެއްކުނެވެ. ލިލް އަށް 2019 ވަނަ އަހަރު ބަދަލުވެ، ރެނާޓޯ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި މިދިޔަ ސީޒަނުގައި ލިލް އަށް ފްރާންސްގެ ޗެމްޕިއަންކަން ހޯދައިދޭން ރެނާޓޯ ޓީމުގެ މެދުތެރޭގައި ތަފާތު ދެއްކި އެވެ.

ރެނާޓޯ ގަންނަން ބޭނުންނަމަ ލިވަޕޫލުން 45 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކަން ޖެހޭނެ އެވެ. އޭނާ ހޯދަން އާސެނަލުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ދާދި ފަހުން ލިލްގެ އޮފިޝަލަކު ފްރާންސް ނޫހަކަށް ބުނީ މި ފަހަރުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ރެނާޓޯ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މީގެ ކުރިން ވެސް ސައުލް އިނގިރޭސި ކްލަބަކަށް ގުޅެން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެކަމަކު އޭރު އެތުލެޓިކޯ އިން ސައުލް ވިއްކާލަން ކިޔާ އަގު ބޮޑުވުމުން އެއްވެސް ކްލަބަކުން އެ ވަރުގެ ބޮޑު ޓްރާންސްފާ ފީ އެއް ދައްކާފައި ސައުލް ގެންނަން ބޭނުމެއް ނުވެ އެވެ. އެތުލެޓިކޯ އިން މިދިޔަ އަހަރުތަކުގައި ސައުލް ވިއްކާލަން ބޭނުންވީ 75 މިިލިއަން ޑޮލަރަށެވެ.

އެތުލެޓިކޯ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 26 އަހަރުގެ ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި ވަނީ އިޓަލީގެ އުދިނޭޒީ އަށް ކުޅޭ އާޖެންޓީނާ ގައުމީ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް ގެންނަން ނިންމައިފަ އެވެ. ކޮޕަ އެމެރިކާ އަށް ފަހު ޑެ ޕޯލް އެތުލެޓިކޯއާ ގުޅުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސައުލް ހޯދުމުގެ ރޭހުގައި މި ވަގުތު އެންމެ ކުރީގައި އޮތީ ލިވަޕޫލް އެވެ. އަދި އެތުލެޓިކޯ އިން މިހާރު ސައުލް ވިއްކާލަން ކިޔާ އަގު 45 މިލިއަން ޑޮލަރަށް ކުޑަކޮށްފައިވާއިރު، ލިވަޕޫލުން އެ ވަރުގެ ބިޑެއް ސައުލް ހޯދަން ކުރާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން އަންނަނީ ވުލްވްސްގެ ސްޕެނިޝް ވިންގް އެޑަމާ ޓްރައޮރޭ އާއި ޕޯޓޯގެ ބްރެޒިލް މިޑްފީލްޑަރު އޮޓާވިއޯ އަށް ވެސް ފާރަލަމުންނެވެ. އެކަމަކު އޭގެއިން އެއްވެސް ކުޅުންތެރިއަކު ހޯދަން ސީރިއަސްކޮށް މަސައްކަތްކުރާނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ވިއްކާލެވޭ ކުޅުންތެރިންނަށް ބެލުމަށް ފަހު އެެވެ.

ވައިނަލްޑަމް ނެތްތަނަށް ކުޅުންތެރިއަކު ނުލިބިއްޖެނަމަ ލިވަޕޫލްގެ ވިސްނުމަކީ އެ ޓީމުގެ ޒުވާން ތަރި ކާޓިސް ޖޯންސް އަށް ފުރަތަމަ ޓީމުން ދޭ ފުރުސަތު މިދިޔަ ސީޒަނަށް ވުރެ އަންނަ އަހަރު އިތުރު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox