މެސީ އާއި ޕެޑްރީގެ ހާލަތާ މެދު ކޫމަން ކަންބޮޑުވެއްޖެ

Jul 10, 2021, 3:39 AM
ޕެޑްރީ އާއި މެސީ ބާސެލޯނާގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕެޑްރީ އާއި މެސީ ބާސެލޯނާގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (ޖުލައި 10) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކޮންޓްރެކްޓް ހަމަވެފައި އޮތުމުން ކަންބޮޑުވާ ކަމަށާއި ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒް ލައްވައި ސްޕެއިނުން އޮލިމްޕިކްސްގައި ކުޅުވުމަކީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

މިދިޔަ މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ހަމަވެފަ އެވެ. މެސީ ލައްވައި އިތުރު ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ހުރިހާ ކަމެއް ނިންމާފައިވީ ނަމަވެސް އެކަމަށް އޮތް ހުރަހަކީ ބާސެލޯނާގެ ޖުމްލަ މުސާރަތައް އިންތިހާ އަށް ބޮޑުވެފައި އޮތުމެވެ. މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނީ ބާސެލޯނާ އިން ބޮޑު މުސާރަ ދޭ ބައެއް ކުޅުންތެރިން ދޫކޮށްލައިގެންނެވެ.

"އެންމެ މޮޅު ކުޅުންތެރިއާގެ (މެސީގެ) މުސްތަގުބަލާ ގުޅޭ ކަންތައްތައް ނުނިމި އޮތީމަ ކޮންމެ މީހެއް ވެސް ކަންބޮޑުވާނެ. މިއީ ހައްލެއް އަންނަން ޖެހޭ ކަމެއް. އަހަރެން ގާތުގައި ރައީސް (ލަޕޯޓާ) ވަނީ ބުނެފައި ވަނީ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް. މެސީ އަދި އަހަރުތަކެއް މި ޓީމުގައި މަޑުކުރާނެ،" ކޫމަން ބުންޏެވެ.

"އެކަަމަކު އަހަންނަށް ހިތްހަމަޖެހުމެއް ލިބޭނީ މެސީ ކޮންޓްރެކްޓްގައި ސޮއިކުރުމުން،"

އުމުރުން 18 އަހަރުގެ ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް ލީގުގެ 37 މެޗުގެ އިތުރުން އެހެން މުބާރާތްތައް ހިމަނައިގެން ޖުމްލަ 50 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. އަދި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ކުޅުނު ހުރިހާ މެޗުތަކެއްގައި ވެސް ޕެޑްރީ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. ސްޕެއިން ނޮކައުޓް ބުރުގައި ކުޅުނު ތިން މެޗުގައި ވެސް ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.

މި މަހު ޖަޕާނުގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރާ ސްޕެއިންގެ ޓީމުގައި ވެސް ޕެޑްރީ ހިމެނެ އެވެ. އެ މުބާރާތުގެ ހުރިހާ މެޗެއްގައި ޕެޑްރީ ކުޅެގެން ސްޕެއިން ފައިނަލަށް ގޮސްފިނަމަ އަހަރެއްގެ މައްޗަށް ބަލާއިރު ޕެޑްރީ ކުޅޭ މެޗުތައް 60 އަށް ވުރެ މަތިވާނެ އެވެ.

ކޫމަން ބުނީ މަޝްހޫރު ގިނަ ކޯޗުން ތަކެއް ބައިވެރިވި ސެޝަނެއްގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ވަރަށް ރަނގަޅު ވާހަކައެއް ފާހަގަކޮށްފައި ކަމަށެވެ. އެއީ ސީޒަން ނިންމާފައި އޮންނަ އެއް ބްރޭކެއްގެ ތެރޭގައި ބައިނަލްއަގުވާމީ ދެ މުބާރާތް އެއް ކުޅުންތެރިއަކު ލައްވައި ނުކުޅުވުމަށެވެ.

"ޒުވާން ކުޅުންތެރިއަކަށް ވިޔަސް ނޫނީ ދުވަސްވީ ތަޖުރިބާކާރު ކުޅުންތެރިއަކަށް ވިޔަސް މީގެ ޖެހޭނެ ވިސްނަން. އެއް ބްރޭކެއް (ސީޒަން ނިންމާފައި ލިބޭ ދެ މަހެއްހާ ދުވަސް) ތެރޭގައި ބައިނަލްއަގުވާމީ ދެ މުބާރާތް ކުޅުން ރަނގަޅެއް ނުވާނެ،" ކޫމަން ބުންޏެވެ.

"ޕެޑްރީ ލައްވައި ދެ މުބާރާތް ކުޅުވުން ރަނގަޅެއް ނޫން. އޭނަ މި ސީޒަނުގައި ވަރަށް ބައިވަރު މެޗު ކުޅެފި. ސިއްހަތަށް ވިސްނަން ޖެހޭ،"

ކޫމަން ބުނީ އޭނާގެ ނަޒަރުގައި އޮލިމްޕިކްސް އަކީ ފުޓްބޯޅަ ކަހަލަ ކޮންޓެކްޓް ޓީމު ސްޕޯޓްސް އަށް ވުރެ ބޮޑަށް އެތުލެޓިކްސް ކަަހަލަ ކުޅިވަރުތަކަށް ހާއްސަ އިވެންޓެއް ކަމަށެވެ. ފީފާ އިން ވެސް އެންމެ ރަސްމީ މުބާރާތެއްގެ ގޮތުގައި އޮލިމްޕިކްސް ނުބަލަނީ އެ ފަދަ ސަބަބުތަކާ ހުރެ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ޕެޑްރީ ވަނީ އޭނާ އޮލިމްޕިކްސްގައި ކުޅޭތީ ބާސެލޯނާގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އެ މުބާރާތުގައި ކުޅެން ބޭނުންވާ ކަމަށާއި އެނބުރި ބާސެލޯނާ ޓީމާ ގުޅޭނީ ފުރިހަމަ އަށް އަރާމުކުރުމަށް ފަހު ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox