ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއް: އދ.

އިރުމަދީ ގުދުސްގެ ޝެއިހް ޖައްރާގައި ފަލަސްތީނު މީހުން ގެތަކުން ނެރި، ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއް.--

އިރުމަދީ ގުދުސްގެ ޝެއިހް ޖައްރާގައި ފަލަސްތީނު މީހުން ގެތަކުން ނެރި، ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއް.--

ޖެނީވާ، ސްވިޓްޒަލޭންޑް (ޖުލައި 9) - އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކާ އެއް ފަދަ ކަމެއްގެ ގޮތުގައި އދ. ގެ އިންސާނީ ހައްގުތައް ތަހުގީގު ކުރާ ތަޖުރިބާކާރަކު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ ހައްގުތަކުގެ ކަންކަން މޮނީޓާ ކުރާ އދ. ގެ ހާއްސަ ރެޕަޓުއާ، މައިކަލް ލިންކް ހުކުރު ދުވަހު ވިދާޅުވީ ޔަހޫދީން އާބާދު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކާ އެއް ފަދަ ކަމެއް ކަމަށެވެ.

އިޒްރޭލުން "ގާނޫނާ ހިލާފަށް ފަލަސްތީން ހިފައިގެން އުޅުމަކީ" އެކަމަށް ޖަވާބުދާރީވެ، އެކަމުގެ އުގޫބާތާ ކުރިމަތިލާން ޖެހޭނެ ކަމެއްކަން ބައިނަލްއަގްވާމީ މުޖުތަމައިން އިޒްރޭލަށް ހަނދާންކޮށްދިނުމަށް އޭނާ ގޮވާލެއްވި އެވެ.

ލިންކް އެގޮތަށް ވިދާޅުވީ ހުކުރު ދުވަހު ޖެނީވާގައި ކުރިއަށް ދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ހާއްސަ ސެޝަނެއްގަ އެވެ. ލިންކްގެ މަސައްކަތް ބަލައިނުގަންނަ ކަމަށް ކުރިން ބުނެފައިވާ އިޒްރޭލުން ވަނީ އެ ސެޝަން ބޮއިކޮޓްކޮށްފަ އެވެ.

"އަޅުގަނޑު ނިންމާ ގޮތުގައި އިޒްރޭލުން ޔަހޫދީން އާބާދު ކުރުމަކީ ހަނގުރާމައިގެ ޖަރީމާއަކާ އެއް ފަދަ ކަމެއް. އަޅުގަނޑު މި ހުށަހަޅަނީ، މި ހޯދުންތަކުގެ އަލީގައި، އިޒްރޭލުން ގާނޫނާ ހިލާފަށް ބިންތައް ހިފައިގެން އުޅުމާއި، ބައިނަލްއަގްވާމީ ގާނޫނާއި ހިޔާލަށް ގޮންޖަހަމުން ދިޔުން ހުއްޓުވުމަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ މައްޗަށް ލާޒިމްވެފައިވާ ޒިންމާއެއް ކަމަށް،" ލިންކް ވިދާޅުވި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އިޒްރޭލުން ޔަހޫދީން އާބާދު ކުރަނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކޮށް ބުނަނީ، އެ ބިމަކީ ތާރީހީ އަދި ދީނީ ގޮތުން ޔަހޫދީންނާ ގުޅިފައިވާ ބިމެއް ކަމަށާއި ސަލާމަތީ ސަބަބުތަކަށްޓަކައި ޔަހޫދީން އާބާދު ކުރަން ޖެހޭ ކަމަށެވެ.

ލިންކްގެ ރިޕޯޓާ ގުޅޭ ގޮތުން އިޒްރޭލުން ބުނީ "އެއީ އެއް ފަރާތަށް ޖެހިފައިވާ އިޒްރޭލާ ދެކޮޅު" ރިޕޯޓެއް ކަމަށެވެ. އޭގެ އިތުރުން ލިންކް ހިންގެވި ތަހުގީގުގައި ފަލަސްތީނުގެ ސަރުކާރާއި ގާޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުގެ އަމަލުތައް ނުފެންނަ ކަމަށް ހެދި ކަމުގެ ތުހުމަތު ކުރި އެވެ.

ފަލަސްތީނުގެ ރައްޔިތުން ބޭނުންވަނީ ހުޅަނގު އައްސޭރި އާއި ގާޒާ ހިމެނޭ ގޮތަށް އިރުމަތީ ގުދުސްއަކީ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށެވެ. ނަމަވެސް އެއީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ހިފާފައިވާ ހިސާބުތަކެވެ.

އިޒްރޭލުން ދަނީ އެ ބިންތަކުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންނެވެ. އޭގެ ސަބަބުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ މަސައްކަތަށް ހުރަސް އެޅި، 2014 ވަނަ އަހަރުން ފެށިގެން އެކަމާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ހުއްޓިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox