ފެނަށް ޖެހިފައިވާ އުރުދުން، އިޒްރޭލާއެކު ވިޔަފާރި އެއްބަސްވުމަކަށް

ހަނަފަސް ސަހަރާ ބޮޑު އުރުދުންއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން ފެނުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ހަނަފަސް ސަހަރާ ބޮޑު އުރުދުންއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމުން ފެނުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އައްމާން، އުރުދުން (ޖުލައި 8) - އުރުދުންއަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލު ކުރުމަށް އިޒްރޭލުން ފެން ގަންނަން ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުުގެ ދަށުން އުރުދުންއަށް ބޭނުންވާ ފެން އިޒްރޭލުން ގަންނަން ނިންމާފައި ވާއިރު، އުރުދުންގެ ގިނަ މުދާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށް އެތެރެ ކުރުމުގެ ހުއްދަ ލިބޭނެ އެވެ.

އިޒްރޭލާއި އުރުދުންއާ ދެމެދު 1994 ގައި ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށް ފަހު ފެނުގެ ވަސީލަތްތަކުގެ ކަންކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތް ކޮށްފައި ވެ އެވެ. ނަމަވެސް ފަހަކަށް އައިސް ދެ ގައުމުގެ ގުޅުން އޮތީ ގޯސްވެފަ އެވެ.

އުރުދުންގެ ބޯޑަރު ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ފެނުގެ ވިޔަފާރިއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް އަދި އުރުދުްގެ ފޮރިން މިނިސްޓަރު އައިމަން ސަފާދީ އެވެ.

އެއްބަސްވުމުގެ ދަށުން އިޒްރޭލުން އުރުދުންއަށް 50 މިލިއަން ކިއުބިކް މީޓަރުގެ ސާފު ބޯފެން ފޯރުކޮށްދޭނެ އެވެ. ދެ ގައުމުން ވެސް ބުނީ އެއްބަސްވުމާ ގުޅޭ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

ލަޕިދް އުރުދުން ސިފަކުރެއްވީ އިޒްރޭލަށް "މުހިންމު ބައިވެރިއެއް"ގެ ގޮތުގަ އެވެ. އަދި ގުޅުން ވަރުގަދަ ކުރަން އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އިކޯ ޕީސް މިޑްލް އީސްޓް ޖަމިއްޔާގެ އިޒްރޭލުގެ ޑިރެކްޓަރު ގިޑޯން ބްރޮމްބާގް އޭއެފްޕީއަށް ވިދާޅުވީ މިއީ އިޒްރޭލާއި އުރުދުންއާ ދެމެދު މިހާތަނަށް "އެންމެ ގިނަ އަދަދަކަށް ފެން ވިއްކަން އެއްބަސްވި" ފަހަރު ކަމަށެވެ.

އުރުދުންއަކީ ދުނިޔޭގައި ފެނުގެ ދަތިކަން އެންމެ ބޮޑަށް ދިމާވާ އެއް ގައުމެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި 10 މިލިއަން މީހުން ދިރިއުޅޭ އުރުދުންއަށް މިހާރު ދިމާވެފައި ވަނީ އެ ގައުމުގެ ތާރީހުގައި ކުރިން ނުފެންނަ ފަދަ ހަނަފަސް ދުވަސްތަކެކެވެ.

އިޒްރޭލަކީ ވެސް ފެނުގެ ދަތިކަން ދިމާވާ ގައުމެއް ނަމަވެސް، އެ ގައުމަކީ ޑީސެލިނޭޝަން ނުވަތަ ލޮނު ފެން ސާފުކުރުމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ކުރީގައިވާ ގައުމެވެ.

އެއްބަސްވުމުގެ ދަށުން އުރުދުންގެ މުދާ ހުޅަނގު އައްސޭރިއަށް ވިއްކުމާ ގުޅޭ ގޮތުން ދެ ގައުމުން ބުނީ އަހަރަކު 160 މިލިއަން ޑޮލަރު 700 މިލިއަން ޑޮލަރަށް ޖުމްލަ އެކްސްޕޯޓްގެ އަގު މަތިވާނެ ކަމަށެވެ.

ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ގާނޫނާ ހިލާފަށް ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ބިމެކެވެ.

ވިޔަފާރީގެ ގުޅުމުގެ އިތުރުން ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މެދުގައި ވަނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމް ކުރުމާ ގުޅޭ މަޝްވަރާ ވެސް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox