މި އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތްތައް ކެންސަލް

މި އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތްކުރި ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތްތައް ކެންސަލް

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން، ބީޑަބްލިއުއެފް، އިން ރުހުންދީފައިވާ ދެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން މި ފަހަރުގެ ކަލަންޑަރުގައި ހިމެނި ނަމަވެސް ހާލަތުތަން ނުދޭތީ އެ ދެ މުބާރާތް މި އަހަރު ނުބާއްވަން ނިންމައިފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ކަލަންޑަރުގައި މި އަހަރު ބާއްވަން ޝެޑިއުލްކުރީ ބައިނަލްއަގުވާމީ ދެ މުބާރާތަކީ ދުނިޔޭގެ ފެޑެރޭޝަނުން ރުހުން ދީފައިވާ މުބާރާތެއް ކަމަށްވާތީ ކަލަންޑަރު އެކުލަވާލަން ޖެހެނީ ތާރީހަކާ އެކީ އެވެ. އެ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަނުން ބެލީ އޮކްޓޫބަރު 4-10 އަށް މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް ކުރިއަށް ގެންދިއުމަށާއި އޮކްޓޫބަރު 11-17 ގައި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް ބޭއްވުމަށެވެ. އެކަމަކު މިހާރު އެ ދެ މުބާރާތް ވެސް މި ވަނީ މި އަހަރަށް ކެންސަލްކޮށްފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) "އަދަދު" އަށް މިއަދު ވިދާޅުވީ މުބާރާތް ކެންސަލްކުރަން ޖެހުނު އެންމެ ބޮޑު ސަބަަބަކީ ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތި ކުރިއަށްދާން އުނދަގޫވުމުން ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު.-- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

"ރާއްޖޭގެ ހާލަތު އޭރު އޮތްގޮތުންނާއި ކުޅުންތެރިންގެ ގޮތުން ބެލިޔަސް ކޮވިޑް ސިޓުއޭޝަން (ހާލަތު) އޮތްގޮތުން މާ ބޮޑު ޔަގީންކަމެއް ނެތް އެންމެ ބޭނުންވާ ލެވަލެއްގައި ގެންދެވިދާނެ ކަމަށް. ދެން އަނެއްކޮޅުން އަޅުގަނޑުމެންގެ ސްޕޮންސަރުން ކަމަށްވާ ލިނިން އިން ވެސް އެދުނީ މި އަހަރު އުނދަގޫވާނެ ކަމަށް މި ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދަން. އެހެންވެ، އެ ހުރިހާ ކަމަކަށް ބަލާފައި ނިންމީ އަންނަ އަހަރަށް ފަސްކުރަން،" މޫސަ ވިދާޅުވި އެވެ.

ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ ވިދާޅުވީ އަންނަ އަހަރު މި މުބާރާތްތައް އަލުން ބޭއްވުމަކީ ބޮޑު އުއްމީދެއް ކަމަށެވެ.

ގާތްގަނޑަކަށް ހަޔެއްކަ އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭން ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި މޯލްޑިވްސް ބޭއްވި ފިއުޗާ ސީރީސް އެވެ. އޭގެ ފަހުން އެ އަހަރު ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި އިތުރު ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް ފަހު އައްޑޫގައި ދެކުުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތް ވެސް ހޯސްޓްކުރި އެވެ. މިއީ މާލެ އިން ބޭރުގައި ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މިދިޔަ މެއި މަހުގެ ކުރީކޮޅުގައި ހުރިހާ ކުޅިވަރެއް ހުއްޓާލިއިރު، ބެޑްމިންޓަންގެ ހަރަކާތްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ. އިއްޔެ ދިން ލުއިތަކުގެ ތެރެއިން ކުޅިވަރުތައް ކުޅުމުގެ ހުއްދަދިންއިރު، ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓާއި ވިލިމާލެ ބެޑްމިންޓަން ކޯޓު ވަނީ ބީއޭއެމްގެ އާންމު މެމްބަރުންނަށް ހުޅުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox