އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަނެއްކާވެސް ހަމަލާތަކެއް ދީފި!

އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ.-- ފޮޓޯ: އޭއެފްޕީ

އިރާގުގައި ހުންނަ އެމެރިކާގެ އެމްބަސީ.-- ފޮޓޯ: އޭއެފްޕީ

ބަގްދާދް، އިރާގް (ޖުލައި 8) - އިރާގުގައި ހުންނަ އެމެރިކާ އެމްބަސީއަށް އަމާޒުކޮށް ރޭ ދަންވަރު ތިން ރޮކެޓު ހަމަލާދީފައިވާ ކަމަށް އިރާގު ސިފައިން ބުނެފި އެވެ.

އެމްބަސީއަށް ހަމަލާތަކެއް ދިނުމުގެ ކުރިން ވަނީ އިރާގާއި ސީރިއާގައި އެމެރިކާ ސިފައިން މަޑުކޮށްގެން ތިބޭ މަރުކަޒުތަކަށް ވެސް ރޮކެޓް އަދި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.

އިރާގު ސިފައިން ބުނީ އެމްބަސީއަށް ސީދާ ގެއްލުމެއް ނުވި ނަމަވެސް ބަގްދާދުގެ ސެކުއިރިޓީ އެންމެ ވަރުގަދަ ގްރީން ޒޯންގައި ހިމެނޭ ތިން ތަނަކަށް ގެއްލުން ލިބުނު ކަމަށެވެ.

ފަހަކަށް އައިސް އިރާގާއި ސީރިއާގައި އެމެރިކާ ސިފައިންނާއި ޑިޕްލޮމެޓުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އެމެރިކާއިން ތުހުމަތު ކުރަނީ އޭގެ ފަހަތުގައި ވަނީ އިރާނުން އެހީވާ ހަނގުރާމަވެރިން ކަމަށެވެ.

އިރާގުގައި އެމެރިކާގެ 2،500 ސިފައިން ތިބީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. މި އަހަރު އެމެރިކާ ސިފައިންނަށް އަމާޒުކޮށް 50 އަށް ވުރެ ގިނަ ހަމަލާ އިރާގުގައި ދީފައި ވެ އެވެ. ނަމަވެސް ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަމަލާތައް ވަނީ އިތުރުވެ، ވަރުގަދަ ވެފަ އެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ހުޅަނގު އަންބަރް ޕްރޮވިންސްގައި ސިފައިން ތިބޭ ވައިގެ މަރުކަޒަކަށް 14 ރޮކެޓް ހަމަލާ ފޮނުވި އެވެ. އެ ހަމަލާތަކުގައި ދެ މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާގެ ޒިންމާ އުފުލީ ޝިއައީންގެ އަސްކަރީ ގްރޫޕް "ރިވެންޖް އޮފް އަލް މުހަންދިސް ބްރިގޭޑް" އިންނެވެ. އެ ގްރޫޕުން ވަނީ އެމެރިކާ ސިފައިން އިރާގުން ބޭރު ކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އެމްބަސީ ސަރަހައްދުގައި ހަތިޔާރާއެކު އުޅުނު ޑްރޯންއަކަށް ހަމަލާދީ ވައްޓާލާފައި ވެ އެވެ. އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި ޑްރޯން ވައްޓާލީ އެމެރިކާގެ ޑިފެންސް ސިސްޓަމުން ވައިގެ ތެރެއަށް ފޮނުވި ރޮކެޓުތަކެއްގެ އެހީގަ އެވެ.

މި އަހަރު އިރާގުގައި އެމެރިކާއަށް އަމާޒުކޮށް ހަ ޑްރޯން ހަމަލާދީފައި ވެ އެވެ. ޑްރޯންއަކީ ވައިގެ ޑިފެންސް ސިސްޓަމްތަކަށް ނުފެނި ހަމަލާ ދިނުމުގެ ބާރު ލިބިފައިވާ ޓެކްނޮލޮޖީއަކަށް ވާތީ، އެމެރިކާއިން އެކަމާ ވަރަށް ކަންބޮޑުވެ އެވެ.

އެމެރިކާއިން ދާދި ފަހުން ވަނީ އިރާގުގައި އެ ގައުމާ ދެކޮޅަށް ރާވާ ހަމަލާތަކުގެ މައުލޫމާތު ދޭ ފަރާތްތަކަށް ތިން މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox