ޑެލްޓާ ވޭރިއެންޓް ފެތުރި އެމެރިކާގެ ކޮވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވާން ފަށައިފި

އެމެރިކާގައި ކޮވިޑް ބަލި މީހަކަށް ފަރުވާ ދޭން ގެންދަނީ.--

އެމެރިކާގައި ކޮވިޑް ބަލި މީހަކަށް ފަރުވާ ދޭން ގެންދަނީ.--

ވޮޝިންޓަން، އެމެރިކާ (ޖުލައި 8) - އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއެންޓު ހަލުވިކަމާއެކު އެމެރިކާގައި ފެތުރި ކުއްލިއަކަށް ކޮވިޑް ކޭސްތައް އިތުރުވާން ފަށައިފި އެވެ.

ޖުލައި ހަ ވަނަ ދުވަހާ ބަލާއިރު، ކޮންމެ ދުވަހަކު ވެސް 13،859 އާ ކޭސް ދަނީ ފެންނަމުންނެވެ. މިއީ އޭގެ ދެ ހަފްތާ ކުރިއާ އަޅާ ބަލާއިރު 21 ޕަސެންޓުގެ އުފުލުމެކެވެ.

ކުއްލިއަކަށް ކޭސްތައް އިތުރުވާން ފަށާފައި މި ވަނީ ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓުގެ ސަބަބުންނެވެ. އެމެރިކާއިން މިދިޔަ ދެ ހަފްތާގައި ފެނުނު ކޭސްތަކުގެ 52 ޕަސެންޓަކީ ޑެލްޓާ ވޭރިއެންޓާ ގުޅުން ހުރި ކޭސްތަކެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ފަސޭހައިން ކޮވިޑް ވެކްސިން ލިބެން ހުރި ގައުމަކީ އެމެރިކާ ނަމަވެސް، އޭޕްރިލް މަހުން ފެށިގެން ވެކްސިން ޖަހާ މިންވަރު ވަނީ މަދުވެފަ އެވެ.

ރައީސް ޖޯ ބައިޑެން މަސައްކަތް ކުރެއްވީ އެމެރިކާގެ މިނިވަން ދުވަސް ކަމުގައިވާ ޖުލައި 4 ގެ ކުރިން ބޮޑެތި މީހުންގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދިނުމަށެވެ.

ނަމަވެސް އެ ލަނޑުދަނޑިއަށް ވާސިލްވެވިފައެއް ނުވެ އެވެ. މިހާތަނަށް ވެކްސިން ޖަހާފައިވަނީ ބޮޑެތި މީހުންގެ އާބާދީގެ 67 ޕަސެންޓެވެ.

ޑެލްޓާ ވޭރިއެންތު ފެތުރި މިހާރު އެންމެ ގިނައިން ކޭސްތައް ފެންނަމުން ދަނީ ވެކްސިން ޖެހުން މަދު ސަރަހައްދުތަކުންނެވެ. އެގޮތުން މިޒޫރީގެ ސްޕްރިންގްފީލްޑްގެ ހޮސްޕިޓަލަކުން މި ހަފްތާ ބަންދުގައި ވަނީ ވެންޓިލޭޓަރު ހުސްވެފަ އެވެ.

ގާތްގަނޑަކަށް 160،000 މީހުން ދިރިއުޅޭ އެ ސިޓީގެ ދެ ހޮސްޕިޓަލުން މިދިޔަ ހޯމަ ދުވަހާ ހަމަށް ދިޔެއީ ކޮވިޑް ޖެހިގެން 213 މީހުންނަށް ފަރުވާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox