ފޯވާޑުންގެ އަގު ހުރީ ސިޓީގެ އަތްނުފޯރާ ހިސާބުގައި: ގާޑިއޯލާ

Jul 8, 2021, 5:25 AM
ފޯވާޑުންގެ އަގު ހުރީ ސިޓީގެ އަތްނުފޯރާ ހިސާބުގައި: ގާޑިއޯލާ

ލަންޑަން (ޖުލައި 8) - ސާޖިއޯ އަގުއޭރޯގެ ބަދަލުގައި ފެންވަރު ރަނގަޅު ފޯވާޑެއް ގެންނަން ބަލާއިރު، ފޯވާޑުންގެ އަގު ހުރީ މެންޗެސްޓާ ސިޓީގެ އަތްނުފޯރާ ހިސާބުގައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދިހަ އަހަރަށް ފަހު އަގުއޭރޯ ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އަގުއޭރޯ ނެތްތަނަށް ސިޓީން އެންމެ ބޭނުންވަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ނޫނީ ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް އެވެ. މި ދެ ކުޅުންތެރިން ވިއްކާލަން މަދުވެގެން 170 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އެ ކުޅުންތެރިން ތިބި ކްލަބްތަކުން ޑިމާންޑްކުރެ އެވެ.

"މިހާރު ޓްރާންސްފާ ބާޒާރުގައި އެ ހުރި އަގުތަކަށް ބަލާއިރު އަހަރެމެން ފޯވާޑެއް ގަންނާނެ ކަމަށް ނުބެލެވޭ. އެއީ އަހަރެމެންގެ އަތްފޯރާނެ އަގުތަކެއް ނޫން. އަހަރެމެން ވެސް ނުވާވަރަކުން ހަރަދެއް ނުކުރާނަން،" ކަޓަލޫނިއާގެ ޓީވީ3 އަށް ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ގިނަ ކްލަބްތަކަށް އެތައް ގޮތަކުން ދަތިވެފައިވާ ކަމަށާއި އެހެންވެ، މުސްތަގުބަލުގައި ވާނެ ގޮތެއް ނޭނގި ބޮޑު ހަރަދެއް އެއް ކުޅުންތެރިއަކަށް ނުކުރެވޭނެ ކަމަށެވެ. އާ ފޯވާޑެއް ނުލިބުނު ކަމުގައި ވިޔަސް ސިޓީގައި ތިބި ސްޕެއިންގެ ފެރާން ޓޮރޭޒާއި ބްރެޒިލްގެ ގަބްރިއެލް ޖީސޫސް އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އުމުރުން 27 އަހަރުގެ ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އެންގި ނަމަވެސް ޓޮޓެންހަމް އަދި އޮތީ ކޭން ވިއްކާލާ ގޮތަކަށް ނޫނެވެ. ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ސިޓީން ވަނީ ކޭން ގަންނަން ދާދި ފަހުން 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެއީ ތިން ކުޅުންތެރިން ވެސް ހިމެނޭ ގޮތަށެވެ.

އިނގިރޭސި އެހެން މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޭން ގަންނަން ހުށަހެޅި އެ ތިން ކުޅުންތެރިންނަކީ ޖީސޫސް، އިނގިރޭސި ވިންގް ރަހީމް ސްޓާލިން އަދި ސްޕެއިންގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ދޭނީ އެއް ސީޒަނުގެ ލޯން އެއްބަސްވުމަކަށެވެ. އަދި އެ އެއްބަސްވުމުގެ ތެރެއިން އެ ދެ ކުޅުންތެރިންނަށް ވަކި ޓްރާންސްފާ ފީއެއް ދައްކައިގެން ކޮންޓްރެކްޓް ދާއިމީ ކުރެވޭ ގޮތަށް ވަކި މާއްދާއެއް ހިމަނަން ވެސް ސިޓީ އޮތީ ތައްޔާރަށެވެ.

ޑޯޓްމަންޑުން އެ ޓީމުގެ އިނގިރޭސި ވިންގް ޖޭޑަން ސަންޗޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލަން ނިންމާފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުގެ އިތުރު ތަރިއެއް ގެއްލެން ބޭނުމެއް ނުވެ އެވެ. އެހެންވެ، އެ ޓީމުން އަންނަނީ އިތުރު އެއް އަހަރަށް ނަމަވެސް ހާލަންޑް ކްލަބްގައި މަޑުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox