ތިން ވަނަ ޑިވިޝަން މި މަހު ފަހުކޮޅު ފެށޭތޯ ބަލަނީ

Jul 7, 2021, 10:55 AM
ިމި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.

ިމި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.

ކޮވިޑާ ހެދި އެޅި ފިޔަވަޅުތަކުގެ ތެރެއިން މެދުކަނޑާލާފައި އޮތް އެފްއޭއެމް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު ފަހުކޮޅު ފެށޭތޯ ބަލަމުން އަންނަ ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާނުކުރި ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން އެފްއޭއެމުން ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މެދުކަނޑާލަން ނިންމީ މިިދިޔަ މެއި މަހު ހަތަރު ވަނަ ދުވަހު އެވެ.

ކޮވިޑް-19 ފެތުރޭތީ ހަރުކަށިކޮށް އެޅި ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިއަދު އިއުލާނުކުރި ކަންތައްތަކުގެ ތެރޭގައި ކުޅިވަރުތައް ކުޅެން ހުއްދަ ދިނުން ހިމެނެ އެވެ. މިއާ އެކު ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިން ޕްރެކްޓިސް ކުރަން ވަނީ ފުރުސަތު ލިބިފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "އަދަދު" އަށް ވިދާޅުވީ ގައިޑްލައިންތަކުގެ ތެރެއިން ޕްރެކްޓިސް ކުރަން މިހާރު ތިން ވަނަ ޑިވިޝަން ޓީމުތަކަށް ފުރުސަތު އެބައޮތް ކަމަށާއި ޓީމުތަކާ ގުޅިގެން އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.

"މި ވަގުތަށް ހުއްދަދީފައި މި އޮތީ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން. އެކަމަކު މުބާރާތް ބާއްވަން ހުއްދައެއް ނެތް. މިހާރު މި އޮތް ގޮތަށް ކުރިއަށްދާނަމަ އީދު ބަންދު ފަހުން މި މަހު ފަހުކޮޅު މުބާރާތް (ތިން ވަނަ ޑިވިޝަން) އަލުން ފެށޭނެ ކަމަށް މި ބަލަނީ،" ޖަވާ ވިދާޅުވި އެވެ.

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ޝެޑިއުލް ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެކަމަކު މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފަސްކުރަން ޖެހުނީ ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ އެޗްޕީއޭގެ އެންގުމަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ޖެހުމުންނެވެ. މުބާރާތް އަލުން ފެށުނީ މިދިޔަ އޭޕްރީލް މަހު 18 ވަނަ ދުވަހު އެވެ. ސާދަ ޓީމާ އެކު ކުރިއަށްދާ މި މުބާރާތް މެއި މަހު ހުއްޓާލިއިރު، 12 މެޗެއް ވަނީ ކުޅެ ނިމިފަ އެވެ.

ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހު ގޯސްވެގެން ފުޓްބޯޅަ ކަލަންޑަރަށް ގެނައި ބަދަލުތަކުގެ ތެރޭގައި ސީޒަން އަވަހަށް ވަނީ ނިންމާލައިފަ އެވެ. އެ ގޮތުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރާ ހަމައިން ލީގު ނިންމާލައި އެއް ވަނައިގައި އޮތް މާޒިޔާ އަށް ޗެމްޕިއަންކަން ދީފަ އެވެ. އަދި އެ ގޮތަށް ނިންމީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވާ ގޮތަށެވެ.

މިދިޔަ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިހާރު ވަރަށް ގިނަ މެޗު ކުޅެފައިވާއިރު، ވިސްނުމަކީ ކޮވިޑްގެ ހާލަތު ރަނގަޅުވެ، ފުރުސަތު ލިބުނުހާ އަވަހަކަށް ތިން ވަނަ ޑިވިޝަން ފުރިހަަމަ ކުރުމަށް ކަމަށެވެ. އެއީ ދެ ވަަނަ ޑިވިޝަން ކުޅެވެން އޮތީ ތިން ވަނަ ޑިވިޝަނުން ޓީމުތަކެއް ޕްރޮމޯޓްވެގެން ކަމަށްވާތީކަން ބައްސާމް ފާހަގަކުރެއްވި އެެވެ.

ތިން ވަނަ ޑިވިޝަން މެދުކަނޑާލާފައި މި އޮތް މުއްދަތުގައި ވެސް އެ މުބާރާތުގައި ކުޅޭ ޓީމުތަކުގެ ބިދޭސީ ކުޅުންތެރިން ވަނީ މާލޭގައި ބަހައްޓައިފަ އެވެ. އެއީ މުބާރާތް ކުރިއަށްދާނެ ކަމުގެ އުއްމީދުގަ އެވެ.

އާންމު ގޮތެއްގައި ދެ މަހެއްހާ ދުވަސްތެރޭ ނިމޭ ގޮތަށް ރޭވިގެންދާ ތިން ވަނަ ޑިވިޝަން މުބާރާތް މި ފަހަރު މި އޮތީ ވަރަށް ބޮޑަށް ދިގުލައި ގޮސްފަ އެވެ. މިހާރު މި އޮތް ގޮތުން ބައެއް ޓީމުތަކަށް އެންމެ އަވަހަށް ވެސް ތިން ވަނަ ޑިވިޝަން ފުރިހަމަކުރެވޭނީ ނުވަ މަހުންނެވެ. މިހެންވެ، މި ފަހަރުގެ ތިން ވަނަ ޑިވިޝަންގެ ކްލަބްތަކަށް މާލީގޮތުން ވަރަށް ބޮޑު ބުރައެއް ވަނީ އުފުލަން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox