ހަތް މަހުގައި ވިހެއި ޓުވިންސް ސަލާމަތްކޮށްދީ ކޭއާރުއެޗުން ހޯދި އިތުބާރު

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެއް ކުއްޖަކަށް ފަރުވާދެނީ: ދުވަސްނުފުރައި ވިހެއި ދެ ކުދިން ސަލާމަތްކުރެވުން ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ދެކޭ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އެއް ކުއްޖަކަށް ފަރުވާދެނީ: ދުވަސްނުފުރައި ވިހެއި ދެ ކުދިން ސަލާމަތްކުރެވުން ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ދެކޭ.

ދުވަސް ނުފުރައި އެންމެ 29 ހަފުތާ (ހަތް މަހުގައި)، ކުއްލިގޮތަކަށް ސިރޭރިއަނަކުން އެއްމާބަނޑު ދެ ކުދިން ނަގަން ޖެހުމުން ކަންބޮޑުވުން އޮތެވެ. އިމަޖެންސީ ހާލަތަށް ބަލައި ހޮސްޕިޓަލުން ބުނީ ދެ ކުދިން ސަލާމަތްވާނެ ކަމަށް އޮތީ "ފިފްޓީ، ފިފްޓީގެ ޗާންސެއް" ކަމަށެވެ. ދެމަފިރިންގެ ހިތުގެ ވިންދު ހުއްޓި ނާއުއްމީދު ވި އެވެ.

އެކަމަކު، ކުޅުދުއްފުށީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި މެނޭޖްމަންޓުން ދިނީ ވަރަށް ބޮޑު ޔަގީން ކަމެކެވެ. ގިނަ ބަޔަކަށް އިތުބާރު ބޮޑު، އައިޖީއެމްއެޗާ އެއް ފެންވަރެއްގައި އެ ހޮސްޕިޓަލުގައި އެ ދެމަފިރިންނަށް ފަރުވާގެ ކަންކަން ފުރިހަމަކޮށްދޭނެ ކަމެވެ.

އެކަން ގަބޫލުކުރުމުގައި އުނދަގޫތަކެއް ހުއްޓެވެ.

އެހެންވިޔަސް މިދިޔަ މެއި މަހުގެ 27 ގައި ހޮސްޕިޓަލުގައި އެޑްމިޓްވެ ފަރުވާ ހޯދަން ފެށުން އެއީ ނަސީބެއްގެ ގޮތުގައި އެ ދެމަފިރިން މިއަދު ދެކެ އެވެ. ހޮސްޕިޓަލުން ދިން ޔަގީންކަމަށް ބުރަވެވުނީތީ އެ ދެމަފިރިން މިއަދު އުފާ ވެސް ވެ އެވެ.

ސިޒޭރިއަނަކުން ނެގި ދެ ފިރިހެން ކުދިން ހޮސްޕިޓަލުގައި ހޭދަވި މަހަކަށް ވުރެން ގިނަ ދުވަހާ ގުޅޭ ވީޑިއޯއެއް ހޮސްޕިޓަލުން ވަނީ އާއްމުކޮށްފަ އެވެ.

އެ ވީޑިއޯގައި ވާހަކަ ދެއްކެވި ޑޮކްޓަރުން ވިދާޅުވީ ދުވަސްނުފުރައި އުފަންވި ދެ ކުދިންގެ ބަރުދަނުގައި ކިލޯއެއް ހަމަވީ ކިރިޔާ ކަމަށެވެ. އެހެންވެ، ދެ ކުދިން ގެންގުޅެން ޖެހުނީ މަންމައާ ވަކިން އެންއައިސީޔޫގަ އެވެ.

މަހަކަށް ވުރެން ގިނަ ދުވަސް ފަހުން މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. ދެ ފިރިހެން ކުދިންނާއި މަންމަގެ ހާލު ވެސް ރަނގަޅެވެ.

އަޑުތަކާއި ހިދުމަތުގެ ފެންވަރު ހާސްބައި ތަފާތު

އެ ދެމަފިރިން ވެސް އަބަދު އަޑުއަހަމުން އައީ އަތޮޅު ހޮސްޕިިޓަލްތަކުގައި ދޭ ފަރުވާގެ ހިދުމަތުގެ ފެންވަރު ދަށް ކަމެވެ. އެކަށީގެންވާ ފަރުވާ ނުދެވުމުގެ ކަންބޮޑުވުމެވެ. އެކަމަކު މިއީ ހަގީގަތެއް ނެތް ވާހަކައެއްކަން އެނގުނީ އަމިއްލައަށް ތަޖުރިބާކުރެވުމުންނެވެ.

ދެމަފިރިން ބުނިގޮތުގައި ހޮސްޕިޓަލާ މެދު އަޑުތައް ފެތުރިފައިވާ ގޮތާއި ފަރުވާ އާއި ހިދުމަތް ލިބުނު ގޮތުގައި ހާސްބައިގެ ތަފާތު ހުއްޓެވެ.

"ވަރަށް ރަނގަޅު ހިދުމަތް، ވަރަށް ހިތްހަމަޖެހޭ. އަޅުގަނޑުމެން ދޭންވީ ލޯބި އެހެން ބަޔަކު ދީގެން ބެލެހެއްޓީ ވަރަށް ރަނގަޅަށް،" ދެ ކުދިންގެ މަންމަ ބުންޏެވެ.

ޑޮކްޓަރުންނާއި ނަރުހުން ކަންތައްކޮށްދިން ގޮތަށް އޭނާ ވަރަށް ތައުރީފްކުރި އެވެ.

އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ހުސެއިން ވިދާޅުވީ ސިޒޭރިއަނަކުން ދެ ފިރިހެން ކުދިން ނެގިއިރު ވަރަށް ހާލު ދަށެވެ. ވިހެއިރު ކިލޯއެއް ހުރި ނަމަވެސް ހޮސްޕިޓަލުން ދޫކޮށްލި އިރު 1.8 އަށް ބަރުދަން އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ އުމުރުގައި، ފުއްޕާމޭ ފުއްޕާލުމަށް ބޭނުންވާ މާއްދާ އުފެދިފައި ނުހުންނާތީ ވެސް ގޮންޖެހުންތަކެއް ކުރިމަތިވި އެެވެ.

އެ ކުދިންނާ ވަރަށް ގާތުން ހުރިހާ ކަމެއް ބެއްލެވި ޑޮކްޓަރު ދެކެވަޑައިގަންވާ ގޮތުގައި ދެ ކުދިން ސަލާމަތްކުރުމުގައި އުނދގޫތަކެއް ކުރިމަތިވިޔަސް އެއީ ސަރަހައްދީ ހޮސްޕިޓަލަކުން ހޯދި ބޮޑު ކާމިޔާބީއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް: ސަރަހައްދީ ހޮސްޕިޓަލްތަކުގެ ތެރެއިން އެތަނުން އަންނަނީ ކާމިޔާބީތަކެއް ހޯދަމުން.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމެންޓާ ހަވާލުވެ ހުންނެވި ޑޮކްޓަރު މުހައްމަދު ފައިސަލް ވިދާޅުވީ ދެ ކުދިން ސަލާމަތްކޮށް، ދެމަފިރިންގެ އުފާވެރިކަން ދެމެހެއްޓުމަކީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި މެނޭޖްމަންޓަށް ލިބުނު "ވަރަށް ބޮޑު ހިތްވަރެއް، އަދި ކުރިއެރުމެއް" ކަމަށެވެ.

އެންމެ ބޮޑު ދަތިކަމަކަށް ދިމާވަނީ ކޮންމެ ފަހަރަކު ވެސް ބަލިމީހުންނަށް ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު އޮންނަ އިތުބާރާއި ޔަގީންކަން ކުޑަވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިޔައިދިނިން ހުރި ޕޮސިބިލިޓީސްތަކާއި ރިސްކް ފެކްޓާސްތައް ވެސް،" އޭނާ ވިދާޅުވި އެވެ.

އެއީ ކޮންމެ ތަނަކުން ހިދުމަތް ހޯދިއަސް ހުންނާނެ ކަންކަމަށް ވާތީ އެ ވަރު އެދެމަފިރިންނަށް ވިސްނައިދިނެވެ. އެހެންވެ އެހާ ޔަގީންކަމެއް ނުދެވުނަސް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އެއީ، ޖުމްލަ ގޮތެއްގައި ކުޅުދުއްފުއްޓާއި މުޅި ސަރަހައްދަށް ވެސް ލިބުނު ކާމިޔާބީއެކެވެ. މިއީ، ސިއްހީ ފަރުވާ ހޯދުމުގައިި މާލެއަށް ބަރޯސާވެގެން އުޅެން ޖެހުމުގެ ވިސްނުން ބަދަލުކުރަން ޖެހިފައިވާ ކަން ސާފުވެގެން ދިޔަ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ނިއޮނޭޓަލް ޑިޕާޓްމަންޓުން، ކުޑަކުދިންގެ ޑިޕާޓްމަންޓުން މާލެއަކަށް ކުދިންނެއް ނުފޮނުވާނެ. ވަރަށް މަދު ހާލަތެއްގައި ނޫނީ ނުފޮނުވާނެ،" ފައިސަލް ވިދާޅުވި އެވެ.

އެއްމާބަނޑު ދެބެއިން ސަލާމަތްކޮށް ކުޅުދުއްފުށީ ހޮސްޕިޓަލުން ސާބިތުކޮށްދިނީ، މާލެ އާއި އެއްފެންވަރެއް ނޫނަސް، އެތަނުން ރަނގަޅު ފަރުވާދެވެން އޮތް ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox