ނަފުރަތުގެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ނުލިބެނީސް އިލްމުވެރިންގެ ފަރާތުން އަނެއްކާ ވެސް ސިޓީއެއް

ނަފްރަތުގެ ބިލް ދައްކުވައިދޭ ކުރެހުމެއް: އިލްމުވެރިންގެ ޕެޓިޝަނުގައި 101 މީހުން ނަން ހިމެނި ނަމަވެސް ސޮއި ކުރެއްވާފައި ވަނީ އެންމެ ފަސް އިލްމުވެރިއަކު -- އިލުސްޓްރޭޝަން: އަބްދުﷲ ޝަފީއު

ނަފްރަތުގެ ބިލް ދައްކުވައިދޭ ކުރެހުމެއް: އިލްމުވެރިންގެ ޕެޓިޝަނުގައި 101 މީހުން ނަން ހިމެނި ނަމަވެސް ސޮއި ކުރެއްވާފައި ވަނީ އެންމެ ފަސް އިލްމުވެރިއަކު -- އިލުސްޓްރޭޝަން: އަބްދުﷲ ޝަފީއު

ނަފުރަތުގެ ބިލު އަނބުރާ ގެންދިއުމަށް ދީނީ އިލްމުވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ނުދެއްވާ އޮއްވާ، އެ ބިލަށް ވޯޓު ނުދިނުމަށް ބާރުއަޅުއްވައިދެއްވުމަށް އެމަނިކުފާނުގެ އަރިހުން އިލްމުވެރިން އަނެއްކާ ވެސް އެދެފި އެވެ.

މުސްލިމަކީ ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ ދީނާ ދެކޮޅު ކަމަށް ބުނުން އެއީ ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދިއުމަށް ގޮވާލާ ދީނީ 101 އިލްމުވެރިއެއްގެ ނަމާއެކު ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން 17، ގަ އެވެ.

އެ ޕެޓިޝަނަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން ޖަވާބެއް ނުދެއްވާ އޮއްވާ އިލްމުވެރިންގެ ފަރާތުން މިއަދު ހުށަހެޅި ސިޓީއެއްގައި އެދިފައި ވަނީ އެ ބިލަށް ވޯޓު ނުދިނުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ "މެންބަރުންނަށް ދަންނަވައި ބާރުއަޅުއްވައި" ދެއްވުމަށެވެ.

"މަނިކުފާނުގެ ޕާޓީގެ ޕާލިމެންޓަރީ މެންބަރުންގެ އަގުލަބިއްޔަތަކީ މަނިކުފާނުގެ ލަފާފުޅު ފުރިހަމައަށް ގަބޫލު ކުރައްވާނެ މެންބަރުންތަކެއް ކަމުގައި މިހާތަނަށް ނުހަނު ސާފުކޮށް ފެންނަން އޮތަތީވެ، ރައްޔިތުންގެ މަޖިލީހުގައި އޮތް 'ނަފުރަތުގެ ޢަމަލު ހުއްޓުވުމުގެ' ބިލު މިހާރު އެ އޮތް ގޮތަށް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަނިކުފާނުގެ ޕާޓީގެ މެންބަރުންނަށް ދަންނަވައި ބާރުއަޅުއްވައި ދެއްވުން އެދި އަދަބުވެރިކަމާ އެކީ ދެންނެވިން،" އެ ސިޓީގައިވެ އެވެ.

އިލްމުވެރިންގެ ފަރާތުން ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުއްވި ޝެއިހު ޒަމްޒަމް ފާރިޝް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ޕެޓިޝަނާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރައީސް އޮފީހުން ބުނެފައި ނުވާ ކަމަށެވެ. އަދި މިހާތަނަށް ޖަވާބެއް ނުދެއްވާއިރު ޕެޓިޝަން މިހާރު އޮތް ހިސާބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕެޓިޝަނައް އަދި ހަމަ އެއްވެސް ޖަވާބެއް ނުލިބޭ. އެއްވެސް ކަހަލަ މައްސަލައެއް ވެސް ރެއިސްކޮށްފައެއް ނެތް،" ޒަމްޒަމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒްއާ ގުޅުމުން ވިދާޅުވީ އިލްމުވެރިންގެ ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރައީސް ބައްލަވާނެ ކަމަށެވެ. ނަމަވެސް ޕެޓިޝަނާ ގުޅޭ އިތުރު އެއްވެސް އެއްޗެއް ވިދާޅެއްނުވި އެވެ.

"ބިލާ ގުޅޭ ގޮތުން އިލްމުވެރިން އަދި ރައްޔިތުން ނަންގަވާފައިވާ މައްސަލަތަކަށް ރައީސް އެޑްރެސް ކުރައްވާނެ،" މަބްރޫކް ވިދާޅުވި އެވެ.

އިލްމުވެރިން ހުށަހެޅި ޕެޓިޝަނުގައި ސޮއި ކުރައްވާފައި ވަނީ ޝެހިއު ނިމާލް މުހައްމަދާއި ހުސެއިން އަންސާރާއި ޒަމްޒަމް ފާރިޝް އާއި މުހައްމަދު ޒާހިދާއި ޝުއައިބު ނާޒިމެވެ. ނަމަވެސް އިތުރު 101 އިލްމުވެރިއެއްގެ ނަން އެ ޕެޓިޝަނުގައި ހިމަނާފައިވެ އެވެ.

އިލްމުވެރިންގެ ފަރާތުން ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު އޭގައި ސަލަފް ޖަމިއްޔާގެ ބައެއް އިސް ބޭފުޅުން ސޮއި ކުރައްވާފައެއް ނުވެ އެވެ. އެގޮތުން އެ ޖަމިއްޔާގެ ރައީސް ޝެއިހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް އާއި އިލްމުވެރިންގެ މަޖިލިހުގެ ރައީސް ޝެއިހު އަހުމަދު ސަމީރު އެ ޕެޓިޝަނުގައި ސޮއި ކުރައްވާފައެއް ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ޝެއިހު ސަމީރު ވިދާޅުވެފައި ވަނީ ޕެޓިޝަނުގައި ސޮއި ނުކުރެއްވީ ނަފްރަތުގެ ބިލާ ގުޅޭ ގޮތުން އެ ޕެޓިޝަނުގައި ސޮއި ކުރައްވާފައިވާ ބައެއް އިލްމުވެރިންގެ ވިސްނުން އެއްކޮށް ސާފުނުވާތީ ކަމަށެވެ.

"ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުން މީގައި އެބަ ސޮއި ކުރައްވާ. އެބޭފުޅުންގެ ވިސްނުންފުޅު އަޅުގަނޑަކަށް ސާފެއް ނޫން ބިލާމެދުގައި. އެބޭފުޅުންނަކީ ސަރުކާރުން ބިލާމެދުގައި ލަފާ އެންމެ ފުރަތަމައިނުން އަހާނެ ބޭފުޅުން އަނެއްހެން ބަލައިފިއްޔާ،" ސަމީރު ވިދާޅުވެފައިވެ އެވެ.

މީހުން ކާފަރު ކުރުމާއި އަގީދާއާ ގުޅުވައިގެން އެކި ތުހުމަތުތައް ކުރުން މަނާ ކުރުމުގެ މަސައްކަތް ސަރުކާރުން މި ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު މިދިޔަ މެއި، 6، ގައި ބޮމެއް ގޮއްވާލި ފަހުންނެވެ.

ނަފްރުގެ ބިލު ހުށަހެޅުމާއެކު ކުރިމަތިވި ޕްރެޝަރުތަކަށްފަހު، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ވެސް ކުށެއް ކަމަށް ހަދައި އެކަން ތަފްސީލުކޮށް ބިލެއް ތައްޔާރު ކުރައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އޮތީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox