ތުޅާދޫގައި ގެއެއްގައި ރޯވެ އާއިލާއެއްގެ ދިރިއުޅުން އަޅިއަށް

ގުލްޝަނީ ގޭގައި ރޯވެ އަނދާފައި: އެގޭގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ވަނީ އަނދަފައި-- ފޮޓޯ: މުމްތާޒް

ގުލްޝަނީ ގޭގައި ރޯވެ އަނދާފައި: އެގޭގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނެއް ވަނީ އަނދަފައި-- ފޮޓޯ: މުމްތާޒް

ބ. ތުޅާދޫގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގޭގެ ހިފާގެންގުޅޭ ހުރިހާ އެއްޗަކާއި އެ އާއިލާއިން ރައްކާކޮށްފައި ހުރި ފައިސާތައް އަނދައި ހުލިވެ، ބޮޑު ގެއްލުމެއް ލިބިއްޖެ އެވެ.

މިއަދު ހެނދުނު 11:30 ހާއިރު އެ ހާދިސާ ހިނގީ ތުޅާދޫ ހިއްކި ބިމުގައި ހުންނަ ގުލްޝަނީ ހިޔާ ގޭގަ އެވެ. އެގެއަކީ އަބްދުލްބާރީ އާއި ފާތިމަތު ނުޒުހާގެ އިތުރުން އެ މީހުންގެ ކުޑަ ދެ ފިރިހެން ކުދިން ދިރިއުޅޭ ގެ އެވެ. އެއްކޮޓަރި ސިޓިން ރޫމެއް ހުންނަ އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގި ވަގުތު ގޭގައި މީހަކު ނެތެވެ. އެ ގެއަކީ އެ މީހުންގެ ތިމާގެ މީހެއްގެ ގެ އެކެވެ.

ނުޒުހާގެ ބޭބެ މުހައްމަދު މުމްތާޒް، "އަދަދު" އަށް ބުނީ އައިސް އަލަމާރީގައި ކަރަންޓް ޝޯޓެއް ވެގެން ހިނގި ކަމަށް ބެލެވޭ އެ ހާދިސާގައި އެ ގޭގައި ހިފާ ގެންގުޅޭ ހުރިހާ ސާމާނަކާއި އަންނައުނުގެ އިތުރު ގިނަ އަދަދެއްގެ ފައިސާ އަނދާފައިވާ ކަމަށެވެ.

ތުޅާދޫގައި ހިނގި އަލިފާންގެ ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދައިފައި-- ފޮޓޯ: މުމްތާޒް
ތުޅާދޫގައި ހިނގި އަލިފާންގެ ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދައިފައި-- ފޮޓޯ: މުމްތާޒް

ތުޅާދޫގައި ހިނގި އަލިފާންގެ ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި: ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދައިފައި-- ފޮޓޯ: މުމްތާޒް

"ސިޓިން ރޫމްގައި ހުރި ހުރިހާ އެއްޗެއް އަނދާފައި ވަނީ. އޭގެ ތެރޭގައި ޑަބަލް ބެޑަކާއި އަލަމާރިއަކާއި ބަދިގޭގައި ގެންގުޅޭ ހުރިހާ ސާމާނެއް. އަންނައުނު ވެސް ހުރީ ސިޓިން ރޫމްގެ ހުރި އަލަމާރިއެއްގައި. އެ ހުރިހާ އެއްޗެއް ވެސް އަނދާފައި ވަނީ،" މުމްތާޒް ބުންޏެވެ.

"ދިރިއުޅުމަށް ބޭނުންވާ އެއްޗަކަށް ލިބިފައި ހުންނާނީ ކޮޓަރިތެރޭ ހުރި ފޮތްތައް. ދެން ސްކޫލުން ދީފައި އޮތް ޓެބްލެޓް."

އެ ގޭގައި ދިރިއުޅޭ ދެމަފިރިންނަށް ވަރަށް ފަހުން ތުޅާދޫން ގެއެއް ލިބުމުން އެ މީހުން ތައްޔާރު ވަމުން ދިޔައީ އެ ބިމުގައި ގެއެއް އެޅުމަށެވެ. އެކަމަށް ރައްކާކޮށްފައި ހުރި ފައިސާ ކޮޓަރީގައި ހުރި ގޮދަޑިއެއްގެ ދަށުގައި ބަހައްޓާފައި ހުރިއިރު އެ ހުރިހާ ފައިސާއެއްވެސް ވަނީ އަނދައިފަ އެވެ.

"އެ ފައިސާ އެނދިކަން އެނގުނީމަ އޭނާ [އެގޭ ފިރިހެން މީ] ބޮލުގަ އަތްއަޅާފައި ރޯން ފެށީ. އޭނާ ޝޮކެއްގައި ހުރީމަ އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާއަށް ވެސް ބުނެދޭން އަދި ނޭނގެ،" މުމްތާޒް ބުންޏެވެ.

އެ ގޭ ފިރިހެން މީހާއަކީ އެ ރަށު ސްކޫލްގެ މަސައްކަތު މީހާ އެވެ. އެ އާއިލާއަކީ އެހާ ތަނަވަސް ބައެއް ނޫންކަމުން މިއީ އެ މީހުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އާއިލާއިން ބުނެ އެވެ.

އެ ދެމަފިރިންނާއި ދެ ކުދިން މިވަގުތު ތިބީ އަންހެން މީހާގެ މަންމަ ގޭގަ އެވެ. އެމީހުންނަށް މާލީ އެހީތެރިކަމެއް ދޭން އެރަށު ކައުންސިލުން ވެސް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox